Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބިދޭސީންނަށް ރާއްޖޭގެ ރެޒިޑެންޓް ވިސާ ދިނުން ހުއްޓުވަން ކުރެވުނު ކަމެއް ކުރާނަން: އިދިކޮޅު

ބިދޭސީންނަށް ދިވެހިރާއްޖޭގައި ދާއިމްަށް ތިބެވޭގޮތަށް ވިސާ ދިނުން ހުއްޓުވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހާމަކޮށްފިއެވެ.
މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެ އެގޮތަށް ދިވެހިރާއްޖޭގައި ދާއިމަށް ބިދޭސީންނަށް ތިބެވޭ ގޮތަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވަން ކުރެވުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށެވެ.
އެ އިސްލާހާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ އެ އިސްލާހަކީ ދިވެހިރާއްޖޭގެ ރައްޔިތުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހަދާ ދިވެހި ރާއްޖޭގެ ކަންކަން ބޭރު ބަޔަކަށް ނިންމުމުގެ ފުރުސަތު ދިނުމަށް ކުރެވޭ ކަމެއް ކަމަށެވެ.
މުންދު ވިދާޅުވީ 5 ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްލުމުން، ދިވެހިރާއްޖޭގެ އާބާދީގަ ތިބި ދިވެހި ރައްޔިތުންނަށް ވުރެ ގިނަ ބިދޭސީންނަށް ދިވެހިރާއްޖޭގަ ޤާއިމްވެފައި ތިބުމުމުގެ ފުރުސަތު ލިބޭކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީގެ ރޫހާއިވެސް ހިލާފުކަމެއް ކަން މުންދު ފާހަގަކުރެއްވިއެވެ.
އަދި ވަރަށް ގިނަ ޤައުމުތަކުން ދަނީ އަބަދުވެސް ރާއްޖެއަށް ކަޅި އަޅަމުން ކަމަށާއި، ކައިރި ޤައުމެއްގެ އިސްވެރިއަކު މިއަދު ކުރެއްވި ޓުވީޓަކުންވެސް އެކަން އެނގޭކަމަށް މުންދުވިދާޅުވިއެވެ.
އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި 10 އަހަރަށް ރާއްޖެއިން ގެ އެއް ކުއްޔަށް ހިފާ މީހަކަށް ރެޒިޑެންސް ޕާމިޓު ދިނުމަށް ހުށަހަޅާފައިވެއެވެ. އަދި ހަމައެހެންމެ 1 ލައްކަ ރުފިޔާގެ ވިޔަފާރިއެއް ފަށާ މީހަކަށްވެސް އެގޮތަށް ރެޒިޑެންސް ޕާމިޓު ދިނުމަށް ހުށަހަޅާފައިވެއެވެ.
ގިނަ ބަޔަކު އަންނަނީ މިކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިއުމާއި ގުޅޭ