ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަން މިރޭ ރާއްޖެއަށް ފެންނާނެ

ޖާއިޝް ތައުފީޤް 13 ޖުލައި 2020 16:16
Flowers
ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަން

ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަން (އައި.އެސް.އެސް) މިރޭ ރާއްޖެއަށް ފެންނާނެއެވެ.

މިރޭ 19:15 ގައި ޖައްވީ ސްޓޭޝަން ރާއްޖޭގައި ތިބޭއިރު ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޖައްވީ ސްޓޭޝަން ފެންނާނީ އަލިގަދަކޮށް ބާރަށް ދަތުރުކުރާ މަތިންދާ ބޯޓެއް ފަދައިންނެވެ.

ޖައްވީ ސްޓޭޝަން ޤާއިމް ކުރެވެން ފެށުނީ 1990 އަހަރުތަކުގެ ތެރޭގައެވެ. އެކި ޤައުމުތަކުގެ ސައިންޓިސްޓުން ޖައްވީ ސްޓޭޝަންގައި ތަފާތު ތަހުލީލުތަށް ކުރުމަގައި ހަރަކާތްތެރިވެއެވެ.

އާންމު ގޮތެއްގައި ޖައްވީ ސްޓޭޝަންގައި އެއްފަހަރާ 3 އާއި 6 އާއި ދެމެދު މީހުން ތިބެއެވެ. އަދި 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތަކަށް އެތާނގައި މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު