ހަމަނުޖެހުން ހިންގީ މުސާރަނުދީގެންނެއް ނޫން: އައިލެންޑް އެކްސްޕާޓު

ޙުސައިން އަފްޝަން 13 ޖުލައި 2020 15:54
Flowers
މިއަދު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން/ ފޮޓޯ: މިހާރު

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް އަޅާ ފުލެޓުތައް ބިނާކުރުމުގެ މަސައްކަތްކުރާ ބިދޭސީން އިހުތިޖާޖުކޮށް ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގާފައިވަނީ މުސާރަ ނުދީގެން ކަމުގައި ޤަބޫލުނުކުރާ ކަމުގައި އައިލެންޑް އެކްސްޕާޓު ކުންފުނިން މިއަދު ބުނެފިއެެވެ. 

އެގޮތުން އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މުވައްޒަފުންނަށް ގިނަ މަސްތަކެއްގެ މުސާރަނުދެވި އޮތް މައްސަލައާ ގުޅޭ ގޮތުން މުވައްޒަފުންނާ ވާހަކަދައްކައިގެން ޙައްލެއް ހޯދާފައިވާ ކަމުގައެވެ. އެގޮތުން އެއް މަސްދުވަހުގެ މުސާރައަށްވާ ފައިސާ މިހާރު ހަމަޖައްސާފައިވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް ދޭން ހުރި ފައިސާ ދޭނެ ގޮތަކާމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އަދި ވަޒީފާ ދޫކޮށްލުމަށްފަހު އަނބުރައި ޤައުމަށް ދާން ބޭނުންވާ މީހުންނަށް ޤައުމަށް ދެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުންދާ ކަމުގައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް އެއް މަހުގެ މުސާރަ ދިނުމުން އެފަރާތްތަކުގެ ޝަކުވާއަކަށްވީ ޑޮލަރުގެ އަގުބޮޑުވުން ކަމުގައެވެ. އެހެންކަމުން 16 ރުފިޔާއަށްވުރެ އަގުބޮޑު ނުވާ ގޮތުގައި ޑޮލަރު ހޯދައިދޭނެ ކަމަށް އެކުންފުނިން ބުނެފައިވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އަދި މުވައްޒަފުން އިތުރަށް ހަމަނުޖެހުން ނުހިންގާނެ ކަމުގެ ޔަޤީންކަން ދިނުމަށްފަހު މިއަދު ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލައި އާންމުންގެ މުދަލަށާއި ފުލުހުންގެ އުޅަނދުފަރަށް ގެއްލުން ދިނުމަކީ ހިންގި ޖަރީމާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މުސާރަ ހަމަޖައްސައި މުވައްޒަފުން ބޭނުންވާ ކަންކަން ހަމަޖައްސާނެ ކަމުގެ ޔަޤީންކަން ދީފައިވަނިކޮށް މުވައްޒަފުން ހަމަނުޖެހުން ހިންގުމުން އެކަމުގެ ޒިންމާ އެކުންފުނިން އުފުލަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
Źź ރސްކ
މިހާރު ބިދޭސިން ހިންގަމުން ދާ ހަމަ ނުޖެހުން ތަކުގެ އަޑީގައި ތިބީ އިންޑިއާ މީހުން. ވަރަށް ފާލުކޮއް މިބުނަނީ މިހަމަ ނުޖެހުން ތަކަކީ އިންޑިއާ އަޑީގައި އޮވެގެން އިންޑިއާ މީހުން
އަހުމަދު އަޝްރަފް
ބަރާބަރު ވާހަކައެއް
ކިނބޫ
އިންޑިއާގެ އަޑީގައި ތިބީ މިބަލާވެރިކަން ސަރުކާރު. ދެން ބަންގްލާ ބޭފުޅުންގެ ކަންތައް ހައްލު ކުރަން ކަމަށް ބުނެ ގެރިމޯދީގެ ގެރިބައިގަނޑެއް ހަތިޔާރާއެކު އަރާނީ. ބަލަން ތިބޭތި.
ގގައ
އިންޑިޔާއިން އަޑީގައި އޮތީ ރާއްޖޭގެ މަތިފަޑީގެ ވަޔަކު ބައިވެރިވެގެން މީ ހަގީގަތަކީ