"މިތަނަށް ފަންޑު ހޯދީ ކިހިނަކުން ބާ؟"

ހަޔާ ޔޫސުފް 10 ޖުލައި 2020 20:14
Flowers
ރައީސް ނަޝީދު

ރާޅުގަނޑު ކައިރީ ސިނަމާލެ ބްރިޖަށް ބައްލަވައިގެން ހުންނަވާ ރައީސް ނަޝީދު ނަންގަވާފައިވާ ފޮޓޯއަކާއި މެދު ގިނަ ބަޔަކު ހިޔާލު ފާޅުކުރަމުން އެބަގެންދެއެވެ.

މިގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވަނީ އެ ފޮޓޯ ޓުވިޓަރގައި ހިއްސާ ކުރައްވާ، ރައީސް ނަޝީދު މިހާރު އެ ވިސްނަވަނީ ބްރިޖު އެޅުނީ ކިހިނަކުން ކަމާއި މެދު ކަމަށް ވިދާޅުވެފައެވެ. އަދި އެ ތަނަށް ފަންޑު ހޯދީ ކިހިނަކުންކަމާއި، އެތަނުގެ އިންޖިނިއަރިން ހެދީ ހާދަ މޮޅު މީހެކޭ ބާއޭ ވިސްނަވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަނީ އެ ފޮޓޯ ހިއްސާ ކުރައްވާ، މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމޭނެ ކަމަށް ވިދާޅުވެފައެވެ.

ބްރިޖާއި ގުޅިގެން މީގެ ކުރިން ރައީސް ނަޝީދު ވަނީ ތަފާތު ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. މިގޮތުން އެފަދަ ބްރިޖަކަށް ފައިސާ ހޯދާނީ ކިހިނަކުންތޯ އަދި އޭގެ އިންޖިނިއަރިން އަކީ ކޮބައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައި ވެއެވެ. އަދި އެއީ ނުވާނެ ކަމެއް ކަމުގައި ވަރަށް ގިނައިން ވިދާޅުވިއެވެ. ބްރިޖު އަޅަން ފެށުމުން، ބްރިޖަކީ ބޭނުމެއް ނެތް އެއްޗެއް ކަމާއި، ތިމާވެއްޓައް ގެއްލުން ވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބްރިޖެއް ނޭޅޭނެ" ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޔާމީން
ކަލޯ އެސޮރު ކަޑަވާނެ 😂