ހަފްތާ ބަންދުގައި ރައީސް ޔާމީން މ. އަދި ފ. އަތޮޅަށް

މަރިޔަމް ލީނާ 18 ސެޕްޓެމްބަރު 2019 15:07
Flowers
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މ.އަތޮޅާއި، ފ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފައްޓަވާނެކަން ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ އަމީންއާންމު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ ރައީސް ޔާމީން މި ދެ އަތޮޅުގެ ގިނަ ރަށްތަކަށް ޒިޔާރަތް ކުރައްވާނެކަމަށެވެ.

ރައީސް ޔާމީން ވަނީ މީގެ ދެ ހަފްތާ ކުރިން އދ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ޖަލްސާތައް ބާއްވާފައެވެ.

ޕީޕީއެމްން މައުލޫމާތު ދެއްވި ގޮތުގައި ރައީސް ޔާމީންގެ މިދަތުރުފުޅުތަކުގެ ބޭނުމަކީ ޕީޕީއެމް އަށް ތާއީދު އިތުރުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިތުރަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތްތާ ރާއްޖޭގެ އިތުރު އަތޮޅުތަކަށްވެސް ދަތުރު ކުރައްވާނެކަމަށް ޕީޕީއެމުން މައުލޫމާތު ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު