ފާޑުކިޔުން އަމާޒުވުމުން ދުންފަތާއި ބެހޭ ބިލް އަލުން އިސްލާހު ކުރަނީ

މުޙައްމަދު ޒައިދު 9 ޖުލައި 2020 20:09
Flowers

ދުންފަތާއި ރަލުން ޑިއުޓީ ކުޑަ ކުރުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ހުށަހެޅި އިސްލާހު މީހުންގެ ފާޑުކިޔުން އަމާޒުވުމުން އަލުން އިސްލާހު ކުރަން ނިންމައިފިއެވެ. 

އައްޑުއާއި ކުޅުދުށްފުށީގެ ޕޯޓުތަކުން އެތެރެކުރާ ތަކެތީގެ ތެރެއިން 50 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ދުންފަތާއި ރާ ހިމެނޭ ގޮތަށް މިގެނައި އިސްލާހު ފާސްކުރުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން މަޖިލީހަށް އަމާޒުވެގެން ދިޔައެވެ. 

އެގޮތުން އެއިސްލާހުގެ ގެނެވުނީ ވަކި ބައެއްގެ ވިޔަފާރިއަށް ލުއިތަކެއް ހޯދައިދުނުމަށްކަމަށް ބުނެ އެމް.ޑީ.ޕީ.ގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވިއެވެ. 

މި ފާޑުކިޔުނަތަކާއެކު މިދިޔަ އަނގާރަ ދުވަހު ގެނެވުނު އިސްލާހު އަލުން އިސްލާހު ކުރުމަށް ހުށައަޅައިފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިޘަމްއެވެ. އެގޮތުން ދުންފަތާއި ދުންފަތުން އުފައްދާފައިވާ ބާވަތްތަކުން ޑިއުޓީ ކުޑަ ނުކުރުމަށް ވަނީ ހުށައަޅައިފައެވެ. 

އައްޑޫ އަދި ކުޅުދުށްފުށީގެ ޕޯޓުން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން 50 އިންސައްތަ އުނިކުރުމަށް ކުރިން ހުށައަޅައިފައިވަނީ ހިތަދޫ މެދު ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު އަހުމަދު ރަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު