މާގިރި ހޮޓަލުގެ ސީސީޓީވީ ކެމެރާތަކުން ފެންނަ މަންޒަރުތައް!

އެޑިޓަރު 9 ޖުލައި 2020 19:39
Flowers
މާގިރި ހޮޓެލް.

ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މަޤާމުން ވަކިކުރެވިފައވެ. އަލީ ވަހީދު މަޤާމުން ވަކިކުރެވުނު އިރު ތުންތުންމަތިން ދެކެވޭ ވާހަކައަކީ މާގިރި ހޮޓަލުގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ކޮވިޑު-19 ގެ ފުރަބަންދުގެ ތެރޭގައި ޤާއިމް ވެގެން ތިބި އިރު އުޅުނު ގޮތުގެ ވާހަކައެވެ. "ދިޔަރެސް" އަށް ވަނީ އެ މިނިސްޓްރީގެ މުވައްޒަފުން އެތަނުގައި އުޅުނު ގޮތުގެ ބައެއް މަންޒަރު މާގިރި ހޮޓަލުގެ ސީސީޓީވީ ފޫޓްއޭޖުން ފެނިފައެވެ.

ސަރުކާރުގެ ބޭނުމަށް މާގިރި ހޮޓަލުން ނަގާފައިވަނީ އެ ހޮޓަލުގެ 6 އަދި 7 ވަނަ ފްލޯއެވެ. 6 ވަނަ ފްލޯގައި ތިއްބެވީ އެޗްޕީއޭގެ ބައެއް ޑޮކްޓަރުންނާއި، ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ބައެއް ސަރުކާރުން ކުންފުނިތަކުގެ އިސްވެރިންނެވެ. ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލުން ތިއްބެވީ 7 ވަނަ ފްލޯގައެވެ. ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ހުންނެވީ މި ފްލޯގައެވެ. ރޯދަމަހުގެ މެދުތެރެއިން ފަށައިގެން މި ބޭފުޅުން ދިރިއުޅުއްވަމުން ގެންދިޔައީ މި ހޮޓަލުގައެވެ. 

7 ވަނަ ފްލޯގެ ކޮޓަރިތަކުގައި ތިބި މީހުންގެ މައުލޫމާތު ތިރީގައި އެވަނީއެވެ.

701: އަލީ ވަހީދު

702: އަލީ ވަހީދުގެ ބޮޑީ ގާޑު

703: ފާތިމަތު ޝަރުމާ- މިނިސްޓަރު ބިއުރޯގެ މުވައްޒަފެއް

704: މިލްނާ މުހުސިން، ފާތިމަތު ދިޔާމާ އިބްރާހިމް

705: އިބްރާހިމް ފަރްހާދު، ތައްޔިބު ޝަހީމު

706: މުހައްމަދު ހުއްސާން، އަލީ ރައްޒާން

707: އަލީ ހާޝިމް (ސްމިތު). ހަސަން ސަޢީދު،

708: ބޭނުން ކުރީ އޮފީހެއްގެ ގޮތުގައި

ކެމެރާ އިން ފެންނަ މަންޒަރުތަކުން ވަރަށް ގިނަ ރޭރޭ ދަންވަންދެން މަޖާ ކުރުމުގައި މިނިސްޓްރީގެ މުވައްޒަފުން އުޅުނު މަންޒަރު ފެނެއެވެ. މިގޮތުން ބައެއް އަންހެން މުވައްޒަފުން، ރޭގަނޑުވުމުން ފިރިހެން މުވައްޒަފެއްގެ ކޮޓަރިއަށް ބަދަލުވެ، ހެނދުނު އަލުން އަމިއްލަ ކޮޓަރިއަށް އަންނަތަންވެސް ފެނެއެވެ. 

މީގެ އިތުރުން މިނިސްޓްރީގެ އެގްޒެކިޓިވް ޑިރެކްޓަރު އަލީ ހާޝިމް ސްމިތު، މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ އިތުރު އަންހެނުންތަކެއް ތަފާތު އެކި ފަހަރު މަތިން 7 ވަނަ ފްލޯއަށް ގެންގޮސް އޭނާގެ ކޮޓަރިއަށް ވައްދާ މަންޒަރު ފެނެއެވެ. އަލީ ހާޝިމް މާގިރި ހޮޓަލަށް އެމީހުން ގެންދަނީ ވިސްޓާ ބީޗް ގެސްޓް ހައުސް ނަަމަކަށް ކިޔާ ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސް އެއްގެ ވޭނަކުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވޭނު ވަނީ ޓުއަރިޒަމް މިނިސްޓްރީގެ ބޭނުމަށް ނަގާފައެވެ. ކަޅު ކުލައިގެ މިވޭނުން އަލީ ހާޝިމް މާގިރި ހޮޓަލަށް އަންހެން ކުދިން ގެންނަތަން އެ ހޮޓަލުގެ ކެމެރާތަކަށް އަރާފައި އެބަހުއްޓެވެ. 

ދެން ފެންނަ އިތުރު މަންޒަރުތަކަށް ބަލާއިރު. އެ ފްލޯގެ ކޮރިޑޯތަކުގެ ތެެރޭގައި ބައެއް ފިރިހެން މުވައްޒަފުން ހުސް ގަޔާ ދެކޮޅަށް ދުވާތަންފެނެއެވެ. އަދި އަންހެން ބައެއް މުވައްޒަފުން ބާތުރޯބުގަ ދެކޮޅަށް ދުވާ މަންޒަރުވެސް ފެނެއެވެ. އަދި އެއް ރެއަކު ޕާޓީއެއް ބާއްވާ އެކަމުގެ ތައްޔާރީތަކުގައި އުޅުނު މަންޒަރުވެސް ފެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެގްޒެކިޓިވް ޑިރެކްޓަރު ތައްޔިބު ޝަހީމްގެ އުފަންދުވަހު މުނާސަބަތުގައި ބޭއްވި ޕާޓީއެެކެވެ. 

މިނިސްޓްރީގެ މުވައްޒަފުން، މިނިސްޓަރުވެސް ހިމެނޭ ގޮތަށް އެތާ ތެރޭގައި އުޅޭ މަންޒަރުތަކުން، ޤައުމު ބަލިމަޑުކަމެއްގެ ތެރޭގައި އޮތްކަން އެ ފަރާތްތަކަށް އިހުސާސްވާހެން ހިޔެއްނުވެއެވެ. ގިނަ ވަގުތު ފެންނަނީ ކޮންމެވެސް މަޖަލެއްގައި އުޅޭ މަންޒަރެވެ. މުޅި ޤައުމުގެ އިޤްތިސާދު އެ ސިނާއަތަކަށް ނިސްބަތްވާ ފަތުރުވެިރކަމުގެ ސިނާއަތު ހިންގަން އެންމެ ކުރީސަފުގައި ތިބެންޖެހޭ މީހުން ކުރި މަސައްކަތެއް ކުރީ މާގިރި ހޮޓަލުގެ ކޮޓަރިތަކުގެ ތެރޭގައެވެ. ކެމެރާތަކަށް ފެންނަނީ ކޮރިޑޯތައް އެކަނި ކަމުން ކޮޓަރިތަކުގެ ތެރޭގައި ހިނގި ކަމެއް ނޭނގެއެވެ. ނަމަވެސް އެނގޭ ކަމަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ މަސައްކަތެއް ރޭގަނޑު ދަންވަރު ބާތްރޯބު ލައިގެން ގޮސް އަންހެން މުވައްޒަފަކު ފިރިހެން މުވައްޒަފެއްގެ ކޮޓަރިތެރެއަށް ވަދެ ނުކުރެވޭނެކަމެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަގައިގެން ކުރި މަސައްކަތަކީ މަޖާކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު
އެމްޑީސޯޖިިިްބުމީއާ
ދެން ހަރެން މުޒުހަރާކުރަނީމަކޮ ންމައްސަލާ
ބިސް
ބިތުފަންގި ނަގާވަރަކަށް ކެޔޮ ކޭވަރު އިނގޭނެ
މަންޒަރު
މަންޒަރެއް ނެތެއްނު. ހުސްވާހަކައެއްނު މީ
ހީބަލަ
ވޯޓުގެ ނަތީޖާގެވެސް މަންޒަރެއް ނުފެނޭތާ
ރާބޮނދި
ބަލަގަ މިސަރުކާރު ގެންނަން ބޭނުންވީ ޕާޓީކޮއް މަޖާކޮއް ބޯންބޭނުން އެއްޗެއް ބޮއޭ ހަމައިގަ ހުންނަން ބޭނުން ނޫންމީހުން ހަމައިގަ ނުތިބުމައްށޭ އެހެން ވީމަ މީގަ އަހަރެން މައްސަލަ ނެތީ ދެން ކަލޭ ކޮން މައްސަލަ ހުންނަނީ މީޒީރޯ ޓޮލަރެންސްގެ ދަށުން ގައިމު ބަނޑު އަޅާލާ ސަރުކާރު ދީނާ ގައުމާ ވިއްކާލާ ސަރުކާރު.
ޢަހުމަދު
މިވެސް ގޯސް އަދި ޔާމީނު ކުރި ވައްކަންވެސް ހަމަ ވަރަށް ކަޑަ...
ށސ
މި ސަރުކާރުގައި އެކަނި ތަ ރާބޯއެ ޕާޓީ ކުރީ
ހެޔޮނުވާނެ
ތިތާ ގިނަވާނީ މީހުންގެ އަނބިން ، ތިގޮތައް ހިލޭފިރިހެނުންކާރިއައްވަން މީހުންގެ އަނބިން ގެ ފިރިންނައް އެކަން އިނގެންޖެހޭއެބަ ، ތިވީޑިއޯ އާންމުކުރަން ފެންނަނީ
ޚެޚެe
ފިރިންގެ އަނބިންނޯ . އަބަދުވެސް ބަލާތި ހަމައެކަނި އަންހެނުންކުއްވެރިކުރެވޭތޯ
އއމނ
ދެން ތިބީ މީހުންގެ ފިރިންނެއް ނޫންތަ؟ އެމީހުންގެ އަނބިންނަށް އިނގޭކަށް ނުޖެހޭތަ؟ ދެފަރާތްވެސް ކުށްވެރިވޭ. ދެފަރާތަށްވެސް އަޒާބު ލިބޭނީ އެއްވަރަކަށް.
ސުރޭސް
މުސާރަދޭންބޭނުން ވަނީ. އަހަރެން މިތާ ކުކުޅު ކޮށީގަ ނިދަނީ. މިނިސްޓަރު މާގިރި ލޭޑީކުދިންނާއެކު ނިދަނީ. ލާރި ހުންނަނީމަވެސް ނުދެނީ. މީކޮންވައްތަރު މުސްލިމް
އިލްޔާސް
ތެދެއް
އައްޔަ
އެކަމަކު ނަން މިވީ އަލީވަހީދު
ޔަހުޔާބެ
މިވާހަކަވެސް ރޯޔަލް ކޭސް އަށް ވީގޮތް ވާނެއަދި ބަލަންތިބޭތި
ޕިސް ޕިސް
ލަދުން ބޯހަލާކު. ކިހިނެއްތަ ތިއުޅެނީ.
ކަދުރޭ2
ހެލްތްމިނިސްޓްރީގެ މުއައްޒަފުންވެސް ހަމަތިވަރަށް މަސައްކަތްކުރި ކޮންޓެކްޓް ޓްރޭސިން ހެދީ ކޮޓަރީގައި އެކަހެރިކޮށްގެން ސިކްސްއިންވަން ކިޔާ ގެސްޓްހައުސް އެއްގައި. އަދިވެސް އެތަންހުރީ ހިފާފަ. މަޖާނެގިވަރަކަށް ކޮވިޑުން ދުރަށް ދެވޭނެ ކަމަށް ެ
ކިނބޫ
ހުރިހާ ކަމެއް ފަހުން އެނގޭނޭ ކަރާ ބުންޏެއްނު. ތިހިރަ ދަނީ އެނގެމުން.
ށިނު
ކޮބާތަ ވީޑިއޯ
ދިދަ
ކޮބާ ފުޓޭޖް؟؟؟ ފުޓޭޖް ނުލަންޏާ ސުރުހީގަ އެވާހަކަ ނުޖަހާ
މުޙައްމަދު ޙުސައިން
ގައުމު މިފަދަ ނާޒުކު ފައްތަރެއްގަ އޮއްވާ ރައްޔިތުންގރ ޓެކްސް ފައިސާ މި ޚަރަދު ކުރީ ކޮންފަދަ ވިޔާނުދާ ކާފަރު އޮރިޔާންކާޑު ކުޅިވަރެއް ކުރެން.. އެތައްރައްޔިތުންނަށް ވަޒީފާ ގެއްލި އުޅޭނެ ތަނެއް ނުލިބި ނުކައި ނުބޮއި.. ކޮންފަދަ ގޮތްކުޑަ މުޑުދާރު ބައެއްމީ.. މި ގަނޑު ގަނެފަ ދެން ގޮސް މިކިޔަނީ މުސްތަގުބަލް ވަރަށް ސަޅިއޭ ޓޫރިސްޓުން އައިސް ފުރާލާނެއޭ.. ކުރާނެ ކަމެއް ނެތް.. ރައްޔިތުން މިއޮތީ އެމްޑީޕީގެ އަވާމެންދުރުގަ ޖެހި ބޮނޑި ބިވިފަ ދެން ހެދިހާ ގޮތެއް ހެދިގެން ތިބުން ނޫންގޮތެއް ހަމަ ނެތީބާ؟؟
ޝ
ތިކަހަލަ ކިތަންމެ މަންޒަރެއް އަދި ތިލަވާނެ.
ކަދުރޭ22
ހެލްތުމިނިސްޓްރީ ކުދިން ސިކްސްއިންވަން ކިޔާ ގެސްޓްހައުސްއެއްގައި ކޮންމެ ރެއަކު ކޮންޓެކްޓް ޓްރޭސިން އެބަހަދާ ހެސްކިޔާފަ.
އަންތަރީސް
އަންހެނުންނަށް ދީނުގައި ދެއްވާފައިވާ މަތިވެރި ޝަރަފް އަމިއްލައަށް ނަގާލާ ޙައްޤުތައް މަތިމައްޗަށް ތިރިކޮށް ދެއްކީމަ ޙައްޤު ހޯދަން މިއުޅެނީ.
ކޮބާފިރިހެނުން
ތިބޯދާ ވިސްނުން ދޫކުރޭ. ކޮބާތަ ދަރީންގެ ބައްޕައިންގެ މަތިވެރި ޝަރަފު، ބޯހަލާކު!
ށިރު
ޥަކިކުރަންޏާ ތިތާތިބި އެންމެއްވެސް ވަކިކުރަންޖެހެއެވެ.
ހުސޭނު
އޭ މަބުނީ ކޮންތާކުން ހޯދި ފޮޓޮއެއްތަ މި އިނީ ހެޑްލައިން ގަ؟ ކީއްވެ ސީސީޓީވީ ވީޑީއޯ ނޫނި އޭގެ ސްކްރީންގްރެބް އެއްގެ މިންވަރު ވެސް މި ހަބަރުގަ ނެތީ؟ މާގިރި ސީސީޓީވީ ހޯދީ ކޮން ގޮތަކަށް ކޮން ހައިސިއްޔަތަކުން؟ މީ ޅަފުރާ ވަރެއްގެ ކުއްޖެއް ލިޔެފަ އޮތް ހިޔާލީ ވާހަކައެއްތަ؟
އަެިސަ
ޒިންމާދާރު ލިޔުންތަކުން ހެއްކާ ގަރީނާ ފެންނަން ހުންނާންވާނެ. ވަރުގަދަ ސުރުޚީއެއް ލިޔުނަސް ކަމަކު ނުދާނެ.
ޞލޮ
ސްމިތު ތައް ފަޑައި
ރިއަލިޓީ
ފުރަބަންދުގައި އަލީވަހީދު މިނިސްޓްރީގެ ކުދިންތަކަކާއެކު ކަންޑިމަ މޯލްޑިވްސްއަށް އައިސް ޕާޓީ ކުރިވާހަކަވެސް އަޑުއެހިން.
ޕާންޑޭ
އަހަރެން ބީ ހަލާކު ތިބޭ!! މީކޮންވައްތަރު ޖަނއގަލީ ސިސްޓަމް ހުންނަ ގައުމު ދޯ
ެެލޕފކސދ
ޝަރޫ ވެސް؟؟
ހަސަން ޒަރީރު
އިސްލާމް ދީނަށްހަޖޫޖަހާ ކީރިތިބރަސޫލާ ސއވ އަށް ފުރައްސާރަ ކޮށްބަޔާން ނެރުނުމީހުން އެތިބީ ރައީސްއަރިހުގަ އެކަންމައްސަލައަކަށްނުވީ ކީއްވެކަން ބުނެދެވިދާނެތަ؟
އުސްތާޛު
ކޮންކަހަލަ ބަލިމަޑުކަމެއްގެ އަލާމަތެއް ހެ މިފެންނަނީ؟
ސީސީ.
ސީސީ ކެމަރާގެ ވީޑިޔޯ ތި ޚަބަރުގައި އެޓޭޗު ކޮށްލިނަމަ ފުރިހަމަވީސް. ޢެހެން ނުނީ ލިޔަލާފައިވާ ސްކުރިޕްޓެއް
ދިވެއްސެއް
ކަސްޓަމަރުންގެ ޕުރައިވެސީ އައް ހޮޓެލް އިން އަރައިގަނެފަ މިވަނީ. މި ވަރައް ދެރަ ކޮއް ހިނގާފަ އޮތް ކަމެއް. ހާއްސަ ކޮއް މާގިރި ފެންވަރުގެ ހޮޓެލް އަކުން މިކަހަލަ ކަމެއް ކުރީމަ ވަރައް ދެރަ. މިކަމުގެ ސަބަބުން ހޮޓެލްގެ އެތައް ކަސްޓަމަރުންނެއް ގެއްލިގެން ދާނެ. ކެމެރާ ހަރުކުރުމުގެ މަގްސަދު އޮޅުވާލާފަ މިއޮތީ.
ރިއަލިޓީ
ކަސްޓަމަރުންނަށް ދީކުރަނީ ރޫމް. ކޮރިޑޯގަ އޮރިޔާމުން ދުވުންޏާމުން އެހެން ކަސްޓަމަރުންނަށް އޮތް ބިރެއް އެއީ. #ނޯ މީންސް ނޫނެކޭ#ޖިންސީ ފެރައްސާރައާއި ރޭޕްއަށް މަގުފަހިކުރުވާ ދޮރުތައް ބަންދުކުރޭ
ކޮރޯނާ
ޢެމީހުން ތިބީ މާސްކް ޢަޅައިގެން ހޯ މަބްރޫކު އެބައަހާ. ޢެހެންނަމަ ގައި ދުރު ނުވިޔަސް އެންމެ ރަނގަޅު ވާނެޔޯ
ވާލު
ސުލައިމާނު އިލެޝަންގައި އުޅުނު އިރުގައި ތިބި ބައެއް މެންބަރުން އަދި އޭރުގެ އެސްޖީވެސް އުޅުއްވީ ބައެއް މުވައްޒަފުންނާއި އެކު ތިހެން..... އެހެންވެ ނާސިގެއެކޭ އޭރު ސިފަކުރީ މީހުން... ނަމަވެސް ޢޭރުގެ ބައެއްމީހުން އެތިބީ މިސަރުކާރުން ބޮޑު މަޤާމުތަކުގައި،،،، ފަތިފުއްނުބަލައި ތަންތަނަށްލާފައި
ހާނު
އަލިބެގެ ވާހަކައެއް މީގަ ނެތެއްނު. އެކަމަކު އަތްފޮޅާލާފައި ދާންމިޖެހުނީ އެފަކީރަށް
ޟަރެސް
އެކަމަކު ބަދުނާމުވީ ހަމައެކަނި ފިރިހެން މުވައްޒަފުން ދޯ
އަސްލު
ލާދީނީ ފެމިނިސްޓް ލޮޖިކް ވައުގަ ހިފާފައޮތީ
ނާސިގެ
މިއޮތީ ދިމޮކުރަސީގެ ރީތި މަންޒަރުތައް ފެންނަން ފަށާފަ، މިގައުމުގާ އޮތް ރިވެތި އަޚުލާގާ އަދަބު ތައް ފެނަށް ހަދާލާ ލަދު ހަޔާތް ކަޑުވާލީ އެ ބުނާ ޑިމޮކުރަސީއެއް ހިފަިގެނ އައި ބޔަކު މިހާރު އެއްމެ ރަނގަޅު ވާނީ ލަދެއް ހަޔާތެއް ނެތި ދީނާ ޚިލާފު ކަންތައް ކުރި ވަރެއް.
ާއަހުމަދު
ތިކަމުގަ ކުށްވެރިވާނީ މާގިރި ހޮޓާ
ރިޔަލިޓީ އިލްހާމް
ހދ ނާގޯށި ސިންގަޕޫރުބަޔަކަށް ވިއްކާލާފައި ލިބުނު 3 މިލިއަން ޑޮލަރު ނުދީގެން ބޭރުކުރީއޭ މަމެން މިއަޑުއަހަނީ ... މިއުޅެނީ އަހަރެއް ނުވެގެން .... އަވަހީއާ އަވަސް ،،،
މީހާ
ތިޔަބުނާ ފުޓޭޖެއް އޮތީޔާ ނިކަން ދައްކާލަބަލަ. ޙުސްދޮގު. އެތާގެ ސީސީޓީވީ ފުޓޭޖް ކަލޭމެންނައް ލިބެންވީ ކީއްވެތަ؟
ހެކަރ
ހޯދަން އުޅޭ ބަޔަށް ކަންކަން ފެންނާނެ އެތައް ގޮތެއް އެބަހުރި ކޮޔާ
ޓަކިބެ
އެހެންވީމަ ކޮވިޑްގެ ޚަރަދުތަކަށް 1 ބިލިއަން ރުފިޔާ މާ މަދު. "ޙަސަން ބިން ސޮބާޙު ގެ ސުވަރުގެ" ވާހަކައަށް ފިލްމެއް ހަދަން މިފަހަރު މި ލިބުނީ ޢަލީ ވަހީދުގެ ޓީމްއަށްތާ؟
އަދި ކިރިޔާ
އެޗް އައި އެޗް ގަ ވެސް ތި ކަމެއް ކުރީ
ސިމާދު
އަހަރެން ހަނދާންވަނީ އަލީވަހީދު ރީކޯމޫސަ އާއި ނަށީދާއި ދިމާލަށް ކީ އެއްޗިސް.. ކޮންފަދަ މުޑުދާރު އަމަލުތަށް ހިންގާބައެއްތަ މިތިބީ.. ހުސް ޝައިތާނާގެ ބައިވެރިން މިވެރިން ހިތުގައި ހެއްދެވި ފަރާތް މަތިން ހަނދުމަ ނެތްކަން އެނގެނީ ޒިނޭ ކުރާވަގުތަކީ ﷲ ގެ ރަހުމަތުން ބޭރުވެފައިވާ ވަގުތެއް އަދި ޝައިތާނާ ވެސް އެމީހުންގެ ކިބައިން ބަރީއަވެގެންވާ ވަގުތެއް. އެހާލަތުގައި ފުރާނަ ގެންދަވައިފި ނަމަ މަހުޝަރުގައި އެމީހަކަށް ކޮށްފަދަ ހާލެއްތޯ ޖެހޭނީ..
ކަނބުލޮ
ވީޑިއޯ ކޮޅެއް ނެެއްތަ ވީޑިއޯ
ޣޯސް
އަހަރެމެންގެ ޓެކްސްފައިސާ ތަޅާ ބުރުވާލަނީ ލޮކްޑައުންނޭކިޔައިގެން.
ފުރިހަމަ ނަން
ކޮބާ މަންޒަރުތައް. އެހޮޓަލުގަ އުޅެމުން ދޯ އެއްކަލަ ޚަރަދު ކުޑަ ވީޑިޔޯ ހަދާލީވެސް. އެވަހީދު ހާދަ މޮޅޭ ދެން. ލޮލް. އޭނަޔާ ދޭތެރޭ ނަހުލާގެ ކޭސްގެ ތަހުގީގުވެސް ހިންގަން ޖެހޭ.
ބަނބުކެޔޮ
މިވަރުގެ ޚިޔާނާތްތެރިން ފައިސާއައް ޚިޔާނާތް ނުވެހުންނާނެތަ؟ ރައޔިތުންނައްޓަކައްޔޯ މިއުޅެޔީ އުތަ؟؟
ދުރުމީ
ތިޔަ ވިސްޓާ ގެސްޓް ހައުސްއާ އެތަނުގެ ދުއްވާ ވެހިކަލް ތަކުގަ އަބަދުވެސް ވަރަށް އާދަޔާ ޚިލާފު ކަންކަން ކުރޭ. އެއީ ވަރަށް އާދަޔާޚިލާފު ކަންކަން ކުރާބަޔެއް. ކާކުގެ ތަނެއްބާ އެއީ..