ތަފާސްހިސާބުގެ ބިލަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވައިލައިފި

މުޙައްމަދު ޒައިދު 9 ޖުލައި 2020 20:42
Flowers

ރައްޔިތުން މަޖިލީހުގައި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން ދިރާސާކުރައްވަމުން ގެންދަވާ ތަފާސްހިސާބުގެ ބިލަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިބިލަށް ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލިއިރު މި ބިލަކީ ތަފާސްހިސާބު އެއްކުރުމާއި، ބޭނުންކުރުމާއި އަދި އެކަންކަން ހިންގައި ބެލެހެއްޓުމުގެ އުސޫލެއް ކަނޑައެޅުމަށް ހުށައަޅައިފައިވާ ބިލެކެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅައިފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަންއެވެ. 

މި ބިލުގައި ތަފާސްހިސާބު ބެލެހެއްޓުމަށް މިނިވަން މުއައްސަސާއެއް އުފެއްދުމަށްވަނީ ހުށައަޅައިފައެވެ. އެގޮތުން ނުފޫޒުން އެއްކިބާ ވެފައިވާ، މިނިވަން މުއްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފައްދަން ވަނީ ހުށައަޅައިފައެވެ. 

މިގޮތުން މިބިލަށް ޚިޔާލެއް ހުށައަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަޖިލީހުގެ ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ޚިޔާލު ހުށައެޅުމަށްވަނީ އަންގާފައެވެ. 

ކިޔުންތެރިންގެ ހިޔާލު