ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ނޫސްވެރިއެއް ގާތުން ޖިންސީ އަމަލެއް ހިންގަން އެދުނު މައްސަލަ ބަލަނީ

އިބްރާހިމް އާދަމް 9 ޖުލައި 2020 18:42
Flowers
ހަސަން އިސްމާއިލް

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން އިސްމާއިލް، ނޫސްވެރިއެއްގެ ގާތުން ޖިންސީ އަމަލެއް ހިންގަން އެދުނު މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެއީ މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ބަލަމުންދާ ތޯ "ދިޔަރެސް" ގެ ފަރާތުން ސުވާލު ކުރުމުން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއީލް އަށް މި ތުހުމަތުތައް ކުރަނީ "މިހާރު" ނޫހުގެ އިނގިރޭސި ވާޝަން "ދި އެޑިޝަން" ގައި މަސައްކަތް ކުރާ ނޫސްވެރިއެއްކަމަށްވާ ރާއީ މުނައްވަރެވެ.އޭނާ ވަނީ، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން އިސްމާއިލްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރައީސް އޮފީހާއި، ފުލުސް އޮފީސް އަދި އޭސީސީ އަށް ހުށަހެޅި ކަމަށްބުނެ ޓުވީޓުކޮށްފައެވެ.

އަދި އެ މައްސަލަ ހުށަހެޅީ 4 ފެބްރުއަރީ 2020 ގައި ކަމަށާއި މިއަދާއި ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، ފިޔަވަޅެއް ނޭޅިގެން އުޅެނީ ކީއްވެތޯ، ރައީސް ސޯލިހަށް އަމާޒުކޮށް އޭނާ ޓުވީޓުކޮށްފައިވެއެވެ.

ހަސަން އިސްމާއިލް އަކީ އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ގެ ބޭބެއެވެ. އަދި ލާދީނީ ރިޕޯޓެއް ލިޔުނު އެމްޑީއެންގެ ޑިރެކްޓަރު އަދި އެ ރިޕޯޓު ލިޔުމުގައި އިސް ދައުރެއް އަދާކުރި ޝަހިންދާ އިސްމާއިލްގެ ވެސް ބޭބެއެވެ.

ހަސަން އިސްމާއިލްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު މީގެ ކުރިންވެސް ކުރެވުނެވެ. ނަމަވެސް މިހާތަނަށް އެކަމާއި ގުޅޭ ގޮތުން ރާއީ އާންމުކޮށް އެއްޗެއް ބުނެފައިނުވެއެވެ. ރާއީ އަކީ ކުރިން އެޓާނީ ޖެނެރަލްކަން ކުރެއްވި އަދި އެމްޑީޕީގެ ރައީސްކަންވެސް ކުރެއްވި ޑރ.މުހައްމަދު މުނައްވަރުގެ ދަރިކަނބަލުންނެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލެއްގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިއަދުގެ ވަގުތެއްގައި މަޤާމުން ވަކިކޮށްފައެވެ. ގިނަ ބަޔަކު އަންނަނީ ސަރުކާރުން މިކަހަލަ މައްސަލަތަކުގައި ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު
އަލީ ރިސްވާން
ދިވެހި ޤައުމު ބޯގަންވިލާގަނޑެއްގެ ދަށުގައި
އިދުރީސް ޑެބީ
އަދި މުހިންމު ވާހަކައެއް މައުލޫމާތައްޓަކައި ކިއުންތެރިންނާއި ހިއްސާކޮށްލާނަމެވެ. ހަސަން އިސްމާއިލް އަކީ ގުރޭޝާ އިސްމާއިލް ގެ ކޮއްކޮއެވެ. މި ގުރޭޝާ އިސްމާއިލް އަކީ ރައީސް މައުމޫން ދައުރުގެ މެދުތެރޭގައި އޭއެމްޑީސީ ޑޮކްޓަރުންތަކަކާއި ގުޅިގެން ކްރިސްޓިއަން ދީން ފަތުރައިގެން ޖަލުގައި އަދަބު ލިބިފައިވާ މީހެކެވެ. މިހާޜު ސަރުކާރު ބޮޑު ކުންފުންޏެއްގެ ވަރަށް އަނިޔާވެރި ހިއުމަން ރިސޯސް މެނޭޖަރެކެވެ.
އިދުރީސް ޑެބީ
އަދި މުހިންމު ވާހަކައެއް މައުލޫމާތައްޓަކައި ކިއުންތެރިންނާއި ހިއްސާކޮށްލާނަމެވެ. ހަސަން އިސްމާއިލް އަކީ ގުރޭޝާ އިސްމާއިލް ގެ ކޮއްކޮއެވެ. މި ގުރޭޝާ އިސްމާއިލް އަކީ ރައީސް މައުމޫން ދައުރުގެ މެދުތެރޭގައި އޭއެމްޑީސީ ޑޮކްޓަރުންތަކަކާއި ގުޅިގެން ކްރިސްޓިއަން ދީން ފަތުރައިގެން ޖަލުގައި އަދަބު ލިބިފައިވާ މީހެކެވެ. މިހާޜު ސަރުކާރު ބޮޑު ކުންފުންޏެއްގެ ވަރަށް އަނިޔާވެރި ހިއުމަން ރިސޯސް މެނޭޖަރެކެވެ.