މީޑިއާތައް ޖޫރިމަނާ ކުރެވޭ ޤަވާއިދެއް ހަދަން މަޖިލިހުން މީޑިއާ ކައުންސިލަށް އަންގައިފި

މަރިޔަމް ލީނާ 9 ޖުލައި 2020 15:57
Flowers
މަޖިލިސް ރައީސް ނަޝީދު

ރާއްޖޭގައި ރެޖިސްޓްރީ ވެގެން ހިންގާ އޮންލައިން ނޫސް ތަކާއި، ޕްރިންޓް މީޑިއާ އަދި މެގަޒިން ހިމެނޭނެހެން ހުރިހާ މީޑިއާއެއް ޖޫރިމަނާ ކުރެވޭނެ ޤަވާއިދެއް ހަދަން މަޖިލިހުން މޯލްޑިވްސް މީޑިއާ ކައުންސިލަށް އަންގައިފިއެވެ.

މިގޮތުން 1 ޖުލައިގައި މީޑިއާ ކައުންސިލަށް މަޖިލިހުގެ އަމީން އާންމު ފޮނުއްވި ސިޓީއެއްގައި ވަނީ މީޑިއާތަކުގެ އަހުލާގީ މިންގަނޑާއި ހިލާފަށް އަމަލު ކުރާ މީޑިއާތައް ޖޫރިމަނާ ކުރެވޭ ޤަވާއިދެއް ހަދާ އެ ޤަވާއިދުގެ މަޖިލީހަށް ފޮނުވުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ ހުޅުމާލޭގެ ސަފާރީއެއްގައި ބިދޭސީއަކު ރޭޕް ކުރި ކަމަށް ބުނެ އެކި މީޑިއާތަކުން އެކި ގޮތްގޮތަށް ހަބަރު ފެތުރުމުން ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދޭކަމަށް ރައްޔތިުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާހަގަކުރާ ކަމަށްވެސް ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޢަލީ
ކަލޯ މެން ހިންގާ ޖަ ރީމާތަކުގެ ވާހަކަ ނުދައްކާނެ ގޮތެއް ނެތް. ރައްޔިތުން ވަ ރަށް ހޭލުންތެ ރި. ކަލޯމެންގެ ފެންވަ ރު އެނގިއްޖެ.
މޯޑް
ތި މީޑިއާ ކަމުންސިލަށްވެސް ގނައިން ލައްވާފަ ތިބީ ތިފިކުރަށް ތަބާވާ އަދި ސަޕޯޓްކުރާ މީހުން އެމީހުން ތިގަވައިދު ހަދަންވެސް ހަދާނރ.. ކިތައްމރ ޖުރިމަނާއެއް ކުރިއަސް ތިކުޅިވަރު ނުކުޅެވޭނެ. ރޯޔަލް މީހުންގެ ވާހަކަ ދެއްކުނު ގޮތަކަށް ރައްޔިތުން ދައްކާނެ.. ކޮބާއެއްކަލަ ދައުވާ ކުރި މިނިވަން ނޫސްވެރިކަން.. ކޮބާ ދެފަޔަށްހިނިއަރާތީވެ މިނިވަން ކަން ނުލިބިގެން މަގުމައްޗަށް ނުކުމެ ދުވުނު މީހުން