އަލީ ވަހީދުގެ ޖިންސީ ގޯނާ އިން ސަލާމަތްވުމަށް ފުންމާލީ މޫދަށް!

ހުސެން ޒަހީން 8 ޖުލައި 2020 23:43
Flowers
އަލީ ވަހީދު

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ގޯނާ އިން ސަލާމަތްވުމަށް އެމިނިސްޓްރީގެ މުވައްޒަފަކު މޫދަށް ފުންމާލި ކަމަށް "ސަން އޮންލައިން" އިން ރިޕޯޓުކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާއި ހަވާލާދީ "ސަން" އިން ބުނެފައިވާ ގޮތުގައި، ޓުއަރިޒަމް މިނިސްޓަރު އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާތާ އެތައް ދުވަހެއްވެއްޖެއެވެ. އަދި އެކަމާއި ގުޅިގެން އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ އެ ވާހަކަ ރައީސް ސޯލިހާއި ހިއްސާ ކޮށްފައިކަމަށްވެއެވެ.

އޮފީސްތެރޭގައި އަދި އޮފީސް ދަތުރުތަކުގައި ރިސޯޓުތަކަށް ގޮސްވެސް އަލީ ވަހީދު މިގޮތަށް އަމަލު ކުރާކަމަށްވެއެވެ. މިގޮތުން ވަރަށް ފަހުން ދިޔަ ދަތުރެއްގައި އަލީ ވަހީދު ޖިންސީ ގޯނާ ކުރަން އުޅުމުން މަރުވިޔަސް ހެޔޮ ކަމަށް ބަލާ މުވައްޒަފަކު ވަނީ ރިސޯޓެއްގެ ވޯޓާ ވިލާ އިން މޫދަށް ފުންމާލާފައި ކަމަށް މިނިސްޓްރީގެ މުވައްޒަފުންނަށް ހަވާލާދީ "ސަން" ގައި ބުނެފައިވެއެވެ.

އަދި މިފަހުން މާގިރި ހޮޓަލުގައި ބޭއްވި ހަފްލާއެއްގައިވެސް އަލީ ވަހީދު އެފަދަ އަމަލުތައް ހިންގާފައިވާ ކަމަށްވެއެވެ.

އަލީ ވަހީދަށް ކުރެވުނު ތުހުމަތު ތަކާއި އެކު އަލީ ވަހީދު މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް ވަނީ އަންގަވާފައެވެ. އަދި އަލީ ވަހީދު މިހާރު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މިރޭ ކުރެއްވި ޓުވީޓެއްގައި އަލީ ވަހީދު ވަނީ ހަގީގަތް ކޮންމެވެސް ދުވަހަކުން ހާމަވާނެ ކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ވަހީދުއްދީން
މައްސަލަ ނިމޭއިރު އޮންނާނީ، މޫދަށް ވެއްޓުނު އަންހެން މުއައްޒަފެއް ނަގަން ޢަލީ ވަޙީދު މޫދަށް ފުންމާލީ ކަމަށް.
ޝުޖާ
އަލީ ވަހީދު އެކަނި ގިނަ ކަންޏާ ހިންގި ކަންކަމެއް ނޫން ކަމަށް ވިކް ޓިމް ބުނާ ކަމަށް. އަލީ ވަހީދުއާއި އެކު ކެބިނެ ޓް ބައެއް މިނިސް ޓަރުންނާ މެންބަރުންނާ ކޮމިޝަނަރުންނާ ބައިވެރިވި ކަމެކޯ
އީތޭން
މި ސަރުކާރުގެ ވެރިންގެ އަނިޔާތަކުން ސަލާމަތް ވާން ޖެހޭ.. އިސްތިއުފާ ރޯޔަލް ރޭޕިސްޓުން
ގަންޖާ
ސަފާރީ ރޭޕްފުޅު، އެމްޑީއެން އާއި އުތެމަގެ ދީނީ ފުރައްސާރަ، ހޯރަ ބޭބެ ކުޑަކުއްޖަކާ ބެހުނު މައްސަލައަށް ހިނިފުޅު ވަޑުވަމުން ކިއްލި ގޯތީ ވަގުގެ ޖިންސީ ފުރައްސާރައަށް ކީރިތި ކުރެއްވީމަ އަންނަނީ ހިނި.
علي وحيد
ތޮއްޑޫ ބޮޑު ކަރަޔާއިމެދު ދައުވާކުރެވޭނެބާ ނުވަތަ ދަޢުވާ ކުރާނެ މުއަށްޒިފަކު ޓޫރިޒަމްމިނިޓީގައި ހުންނާނެބާ ދަޢުވާ ނުކޮށްފިނަމަ މުއަށްޒިފުން ޢަލީ ވަހީދު އާއިމެދު ހަދަނީ ދޮގުކަމަށް ބެލެވޭނީ
އިރޭ
ތިޔައި އޭނާ އުޅޭ ގޮތް ހަމަ އަބަދުވެސް. ދެން އާދައިގެ ރައްޓެހިން ވެސް ފެންނާނެ.
ާމޫ
ހޮޅި ވާހަކަ. ބޭޒާރު ކުރަނި. ދިޔަރެސް ދޮގު ހަބަރާއިގެން ކުރިއަށް......