ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް!

އެޑިޓަރު 8 ޖުލައި 2020 23:24
Flowers
ހަސަން އިސްމާއިލް އަދި ރައީސް ސޯލިހް

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއިލް ގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ނޫސްވެރިއަކު ކޮށްފިއެވެ.

"މިހާރު" ނޫހުގެ އިނގިރޭސި ވާޝަން "ދި އެޑިޝަން" ގައި މަސައްކަތް ކުރާ ނޫސްވެރިއެއްކަމަށްވާ ރާއީ މުނައްވަރު ވަނީ، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން އިސްމާއިލްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރައީސް އޮފީހާއި، ފުލުސް އޮފީސް އަދި އޭސީސީ އަށް ހުށަހެޅި ކަމަށްބުނެ ޓުވީޓުކޮށްފައެވެ. އަދި އެ މައްސަލަ ހުށަހެޅީ 4 ފެބްރުއަރީ 2020 ގައި ކަމަށާއި މިއަދާއި ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، ފިޔަވަޅެއް ނޭޅިގެން އުޅެނީ ކީއްވެތޯ، ރައީސް ސޯލިހަށް އަމާޒުކޮށް އޭނާ ޓުވީޓުކޮށްފައިވެއެވެ.

ހަސަން އިސްމާއިލް އަކީ އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ގެ ބޭބެއެވެ. އަދި ލާދީނީ ރިޕޯޓެއް ލިޔުނު އެމްޑީއެންގެ ޑިރެކްޓަރު އަދި އެ ރިޕޯޓު ލިޔުމުގައި އިސް ދައުރެއް އަދާކުރި ޝަހިންދާ އިސްމާއިލްގެ ވެސް ބޭބެއެވެ.

ހަސަން އިސްމާއިލްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު މީގެ ކުރިންވެސް ކުރެވުނެވެ. ނަމަވެސް މިހާތަނަށް އެކަމާއި ގުޅޭ ގޮތުން ރާއީ އާންމުކޮށް އެއްޗެއް ބުނެފައިނުވެއެވެ. ރާއީ އަކީ ކުރިން އެޓާނީ ޖެނެރަލްކަން ކުރެއްވި އަދި އެމްޑީޕީގެ ރައީސްކަންވެސް ކުރެއްވި ޑރ.މުހައްމަދު މުނައްވަރުގެ ދަރިކަނބަލުންނެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލެއްގައި މިއަދުގެ ވަގުތެއްގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އިސްތިއުފާ ދެއްވާފައެވެ. ގިނަ ބަޔަކު އަންނަނީ ސަރުކާރުން މިކަހަލަ މައްސަލަތަކުގައި ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
ބެލެނިވެރިން
ޢަހުމަދު އިސްމާއިލް އާއި އިބްރާ ގެ ވެސް ކޮއްކޮ ، މިވަރުގެ މީހުން މިތިބެނީ ބާސްކެޓް ކުޅިވަރު ހަލާކުކުރަން ލާފަ ،
ކެކެކެ
ހެހެހެ މިމީހުންގެތެރޭ މިއުޅެނީ ހުސް ހޯރަ އިބްރާހީމުންނާއި ރޭޕިސްޓުން.
ވަހީދުއްދީން
މުޅި ސަރުކާރުގައި މިސަކަރާތެއްދޯ މިއޮތީ؟
އީތޭން
އެމްޑީޕީ ޝިފާޒް ވެސް ޖިންސީ ގޯނާ ކުރުމުގަ ހިމެނޭ
ޙައްގުބަސް
މިކަލަހަ މީހުން މުޅިން މިގެންގުޅެނީ!! ރާ ބުއިމާ ޕާޓީކުރުން!! ޒިނޭކުރުން!! ވައްކަން ކުރުން!! މަގާމުތަކުން މުވައްޒަފުން ވަކިކޮށް ބިކަ ކުރުން! މިއޮތީ އަނދިރި ދައުލަތެއް!! މިއީ ހަމަ ޙަގީގަތުގައިވެސް އަނދިރި ދައުލަތެއް! އިވޭ އަޑުތަކާއި ކުރާ ކަންކަމާއި ދައްކާ ވާހަކަތަކުން ހަމަ ފިއްކަނޑައިގެންދާ ވަރުވޭ!! ނިމުން ގެންނަންޖެހޭ މިކަމަށް!! ގައުމު ހަލާކުވެ ނިމެނީ!! އިގްތިސާދު އެއްކޮށް ފުނޑިއްޖެ!! ޑޮލަރެއް ނުލިބޭ ވިޔަފާރިވެރިންނަށް!! ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18 ރުފިޔާއަށް އުފުލިއްޖެ!! ދައުލަތުގެ މާލިއްޔާ ކައި ހުސްކޮށްފި!! އަންނަ ޑިސެމްބަރު މަހުގައި ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތެރިންނަށް މުސާރަ ދެވޭނެކަމުގެ ޔަގީންކަމެއް ނެތް!!