އަލީ ވަހީދަށް ކުރެވެނީ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު!

މަރިޔަމް ލީނާ 8 ޖުލައި 2020 21:50
Flowers
މިނިސްޓަރު އަލީ ވަހީދު އަދި ރައީސް ސޯލިހް. ފޮޓޯ:ވަން

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަމަލެއް ހިންގާފައިވާތީ އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވާފައިވާ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރެވެނީ ޖިންސީ ގޯނާގެ ތުހުމަތުކަމަށް އިތުބާރު ހުރި ފަރާތަކުން "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

މިގޮތުން މިނިސްޓަރު އަލީ ވަހީދު ވަނީ 8 މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައި ކަމަށް މައުލޫމާތު ލިބެއެެވެ. މިކަމާއި ގުޅިގެން ކޮމެންޓަކަށް އެދުމުން ރައީސް އޮފީހުގެ ތަރުޖަމާނު އަދި ޖަވާބެއް ދެއްވާފައި ނުވެއެވެ. 

އަލީ ވަހީދު މި އަމަލުތައް ހިންގާފައިވަނީ ކޮވިޑު-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ތަރުޖަމާނު ހޫދު ވިދާޅުވި ގޮތުގައި މުވައްޒަފުންތަކެއް ވަނީ ޖެންޑާ މިނިސްޓްރީ އަދި ރައީސް އޮފީހަށް މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އޭގެ ތަފްސީލު ހާމަކޮށްފައި ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ހަސަންފުޅު
ޖިންސީ ގޯނާއެއް ނޫން! މަޤާމުގެ ނުފޫޒު ބޭނުންކޮއްގެން ޢިއްފަތް ފޭރުނީ! ރޭޕްކުރީ! ވަކި މަޤާމެއްގަ ތިބޭމީހުން އެކަނިތަ ރޭޕް ކުރެވެނީ!! މިނިސްޓަރ ނަހުލާއަށް ހެރެސްކުރީމަވެސް ހިއްވަރުދީފަ އަލީ ވަހީދު ބެހެއްޓީ ވިއްޔާ!
ވަރަބިދުނުކޮތަރު
ރޯޔަލް ބޭފުޅުންގެ މައްސަލަ ނުބަލާ ހޯރައިބްރާހީމް މިނިވަންކުރިސަރުކާރެއް ރައްޔިތުމީހާގެ ދަރިންގެއަޑު އަހާނެހެންހީވޭތަ . ޑުރާމާބޮޑު ކަމުން ވެސް ރައްޔިތުން ވާނުވާގަ.
ކިނބޫ
ސަފާރީ ރޭޕް މަތިއަޅަން ނަމުން ސޯލިހު އުޅޭނެ ކަމެއް ނެތް. ސަފާރީ ރޭޕަކީ ހިނގި ކަމެއް.