Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަސްވެރިންނަށް ވީ ވައުދު ފުއްދުމުގައި އެމްޑީޕީ ފެއިލް ވެއްޖެ: ސަނީފް

ވެރިކަމަށް އަންނަ ވެގެން އެެމްޑީޕީންއިން މަސްވެރިން ގާތުގައި ވި ވައުދު ފުއްދުމަށް ބޮޑުތަނުން ރައްޔިތުންގެ މަޖިލީހުން ފެއިލްވެފައިވާ ކަމަށް އެ ޕާޓީގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.
ރޭ ޖަމާލުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ސަނީފް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ނުވެ މަސްވެރިންނަށް ގެއްލުން ވަމުންދާ ކަމަށެވެ. ސަނީފް ވިދާޅުވީ،ހުވަދު އަތޮޅުގެ މަސްވެރިން މަސް ކިރުވި ބިލްތަކަށް މިދިޔަ މަހުގެ ހަތަރަކުން ފެށިގެން އެއްވެސް ފައިސާއެއް އަދި ލިބިފައި ނުވާ ކަމަށެވެ.
މަސްވެރިން ބާނާ މަހަަށް ފައިސާ ލިބުން ލަސްވުމަކީ ތަކުރާރުކޮށް ހިނގާ ކަމަކަށްވުމުން މަސްވެރިން ތިބީ ސަރުކާރު ދެކެ އިންތިހާއަށް ރުޅި އައިސްފައި ކަމަށް ސަނީފް ވިދާޅުވި އެވެ.
"މަސްވެރިކަމުގެ ވައުދުގައި އަޅުގަނޑުމެން ވަރަަށް ބޮޑުތަނުން ފެއިލް ވެއްޖެ. އަޅުގަނޑުމެންގެ ސަރުކާރު އައި ފަހުން ހަމަ އަގެއް އެއްވެސް ފަހަރެއްގައި ނުދެވޭ" ސަނީފް ވިދާޅުވި އެވެ.
ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ، ސަރުކާރުން އެޅި ފިޔަވަޅެއްގެ ސަބަބުން ފެށުނީއްސުރެ އެމްޑީޕީއާއެކު ތިއްބެވި ޓެކްސީ ޑްރައިވަރުންނަށް ނިކަމެތިވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ދިމާވީ، އެޕްލިކޭޝަންތައް ބޭނުން ކޮށްގެން ޕްރައިވެޓް ކާރުތަކުގައި ޓެކްސީ ކުރެވޭ ގޮތަށް ގަވައިދަށް ގެނައި ބަދަލަކުން ކަމަށް ސަނީފް ވިދާޅުވި އެވެ.
ސަނީފް ވަނީ ރޭގެ ޖަލްސާގައި އެމްޑީޕީއާއި އަދި ސަރުކާރާއި މެދު ހިތްހަމަ ނުޖެހިފައިވާ މިންވަރު ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފަ އެވެ. ސަނީހު ވިދާޅުވި ގޮތުންނަމަ އެމްޑީޕީ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިފައި ނުވާތީ ވެސް އެމްޑީޕީއަށް ނިކަމެތިކަން އިންތިހާށް ލިބެމުންދެ އެވެ.
އަދި ލޯކަލް ކައުންސިލް އިންތިހާބް ކާމިޔާބު ކުރެވޭނީ މިހާރަށް ވުރެ ވަރުގަދައަށް އެމްޑީޕީގެ އެތެރޭގެ ގުޅުންތަށް ބަދަހިކޮށްގެން ކަމަށް ވެސް ސަނީފް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ