އަނބިދަރިންގެ މާލީ ބަޔާން ހާމަ ކުރަން ނަޝީދު ބޭނުން ނުވާ ސަބަބު މިއޮތީ!

އަހްމަދު އަޒާން 8 ޖުލައި 2020 10:21
Flowers
ރައީސް ނަޝީދު އަދި އަނބިކަނބަލުން ލައިލާ

މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ވަަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރާގޮތަށް މަޖިލީހުގެ އާންމު ޤަވާއިދު އިސްލާހު ކުރަން ފާސްކޮށްފައެވެ.

މަޖިލީހުގެ ޤަވާއިދަށް މި އިސްލާހު ގެނައުމަށް ހުށަހެޅީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީން އެކުލަވާލި ރިޕޯޓާއި އެއްގޮތަށް މި އިސްލާހު ފާސްކުރީ 62 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާއި އެކު މަޖިލިސް މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމު ކުރާކަށް ނުޖެހޭނެއެވެ.

އެމްޑީޕީ އަކީ އަބަދުވެސް ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތު ކުރަމުން އައި ޕާޓީއެކެވެ. އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރާނެ ކަމަށާއި ރައްޔިތުންނަށް ނަޒާހާތްތެރި ވެރިކަމެއް ކޮށްދޭނެ ކަމަށް އެމްޑީޕީން ވައުދުވިއެވެ. އަލަށް މި ގެނައި އިސްލާހާއި އެކު ކޮރަޕްޝަނަށް އިތުރަށް މަގުފަހި ވާނެކަމަށް ގިނަ ބަޔަކުދެކެއެވެ. މިގޮތުން ނާޖާއިޒު ގޮތުގައި ހޯދާ މުއްސަނދިކަން އަނބިން/ފިރިން ނޫނީ ދަރިންގެ ނަން މައްޗަށް ބަދަލުކޮށް އެފަދަ މުދާވެރިކަން އާންމުންނަށް ފޮރުވޭނެ މަގު މިއޮތީ ތަނަވަސްވެފައެވެ. 

މިގޮތަށް ޤަވާއިދަށް އިސްލާހުގެ ގެންނަން ހުށަހެޅުއްވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު މިފަދަ އިސްލާހެއް ހުށަހަޅަން ބޭނުންވީ އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ހަމަ އެންމެ ސަބަބެއް އޮވެގެންނެވެ. އެއީ އެމަނިކުފާނު އަބަދުވެސް އާންމުންނަށް ދައްކާ "މެދު ފަންތީގެ ރައްޔިތުމީހާ" ތަސްވީރަށް ކިލަނބުކަމެއް އައިސްދާނެތީއެވެ.

ރައީސް ނަޝީދުގެ ސިޔާސީ ހަރަކާތްތައް ފެއްޓެވި ދުވަހުން ފެށިގެންވެސް ރައީސް ނަޝީދު ވިއްކަވާ "އިމޭޖަކީ" އެއީއެވެ. އެމަނިކުފާނަކީ ވަރަށް އާދައިގެ މީހެއްގެ ތަސްވީރެވެ. އަދި ރައްޔިތުންގެ އިހުސާސްތައް އެންމެ ރަނގަަޅަށް އެނގިވަޑައިގަންނަވާނީވެސް އެމަނިކުފާނަށް ކަމަށް އަބަދުވެސް ދައުވާ ކުރައްވައެވެ. "މަހުޖަނުން" ގެ ކިބައިން ޤައުމު މިނިވަން ކުރައްވާ ވާހަކަވެސް ތަކުރާރުކޮށް ވިދާޅުވެއެވެ. މިދެންނެވި މަހުޖަންުނަށް ރައްޔިތުންގެ ވިންދު ނޭނގޭނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތް އެނގޭނީ އެމަނިކުފާނު ކަހަލަ ހިތްތިރި، ނިކަމެތި، އަތުގައި ފައިސާ ފޮއްޗެއް ނެތް މީހަކަށް ކަމަށްވެސް ވިދާޅުވެއެވެ. ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިއީ ހަގީގަތެއް ހެންނެވެ. ރައީސް ނަޝީދަކީ ކިހާ ތަނަވަސް، ބޭފުޅެއްކަން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ތަސައްވުރުވެސް ކޮށްނުލެވެއެވެ. 

މެދުފަންތީގެ މީހެއް ކަމަށް އަމިއްލަފުޅަށް ދައުވާކޮށް އެ ތަސްވީރު ދަމަހައްޓަން ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވައެވެ. މިސާލަކަށް ނަޝީދުގެ ވިކިޕީޑިއާޕޭޖު ބައްލަވާށެވެ. އެ ޕޭޖުގައި ބުނާގޮތުން ނަޝީދަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި 1981 ވަނަ އަހަރު ސިލޯނުން ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވުމަށްފަހު 1982 ވަނަ އަހަރު މަތީ ސާނަވީ ތައުލީމަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ކަމަށް ލިޔެފައި އޮވެއެވެ. އެއަށްފަހު 1989 ވަނަ އަހަރު ކޮލެޖު ނިމެންދެން ނަޝީދު އުޅުއްވީ އިނގިރޭސިވިލާތުގައެވެ. ވިކިޕީޑިއާ ޕޭޖު ލިޔެފައި ވަނީ ނަޝީދު އެކި ދުވަސްވަރު ދެއްވާފައިވާ ބަސްދީގަތުންތަކުގެ މައްޗަށް ބިނާކޮށެވެ. ވިސްނާށެވެ. 1980 ގެ އަހަރު ތަކުގެ ތެރޭގައި މަތީ ސާނަވީ ތައުލީމު ހޯދަން އިނގިރޭސިވިލާތަށް ދެވޭނީ ކިތައް ދިވެހިންނަށް ހެއްޔެވެ؟ މިއީ އޭގެ 40 އަހަރު ފަހެވެ. އަދިވެސް ދިވެހިރާއްޖޭގެ މެދު ފަންތީގެ މީހަކަށް އަމިއްލަ ހަރަދުގައި އިނގިރޭސވިލާތަށް ކިޔަވަން ނުދެވެއެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުގައިވެސް އަދި ރާއްޖޭގައިވެސް ނަޝީދު އަބަދުވެސް ވިއްކާ ތަސްވީރަކީ މިއެވެ. އެމަނިކުފާނަކީ މެދުފަންތީގެ މީހެއް ކަމެވެ. ސިޔާސީ ގޮތުން މޮޅު އުކުޅެކެވެ. 

އަނބިދަރިންގެ މާލީ ބަޔާން ހާމަ ކުރުމާއި ދެކޮޅަށް އެހާބޮޑަށް ނަޝީދު އުޅުއްވީވެސް އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ހަމަ މި ސަބަބަށްޓަކައެވެ. ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އަކީ ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ އެލިއާގެ ހިއްސާދާރެކެވެ. މިލިއަނަރެކެވެ. ނޫނީ ނަޝީދުގެ ބަހުރުވައިން ނަމަ "މަހުޖަނެކެވެ". މާލެ އާއި އިނގިރޭސިވިލާތުގައި ގެދޮރު އެބަހުއްޓެވެ. އެއްގޮތަކަށްވެސް ނަޝީދު އެ ވިދާޅުވާ "މެދުފަންތި" އެއް ނޫނެވެ. މިއީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ހާއްސަކޮށް ރައީސް ނަޝީދުގެ ދެކެ ކަނު ލޯބިވެގެން އުޅޭ ވަރަށް ގިނަ މީހުންނަށް ނޭނގޭކަމެކެވެ.

ލައިލާގެ އިތުރުން ހުދު ނަޝީދަކީވެސް ތަނަވަސް ބޭފުޅެކެވެ. ބައްޕާފުޅުގެ އެތައް ބިމެއް މާލޭގައި އެބަހުއްޓެވެ. ކުއްޔަށް އިމާރާތްތައް ދީގެން ގިނަ އަދަދަކަށް ފައިސާ ލިބެއެވެ. ލާމު އަތޮޅާއި ތުލުސްދޫގައި ބިން އެބަހުއްޓެވެ. އެ ނޫނަސް މިލްކިއްޔާތުގައި ގިނަ އަދަދެއްގެ ފައިސާ ހުންނަކަމަށް އަޑު އިވެއެވެ. އޭގެ ތެރެއިން ބޮޑު ބައި ހުންނަނީ އަނބިކަނބަލުންގެ ނަންމަތީގައި ކަމަށްވެއެވެ. 

މާލީ ބަޔާން އާންމުކޮށްފިނަމަ މިކަންކަން އާންމުންނަށް ވަރަށް ތިލަވާނެވެ. އޭރުން "މަހުޖަނުންނާއި" ދެކޮޅަށް ނަޝީދު ދައްކާ ވާހަކަތަކުގައި ބުރަދަނެއް ނުހުންނާނެއެވެ. ހިތްތިރި، މެދު ފަންތީގެ ރައްޔިތު މީހާ ހެދިގެން އާގު ބޯޓެއްގެ ތައްޓު މަތީ ކުނާ އަޅައިގެން ނިންދަވަން އޮންނަކަމަށް ހެދިގެން ނަގާ ފޮޓޯތައް މަސައްކަތެއް ނުކުރާނެއެވެ. އެހެން ކަމުން، މާލީ ބަޔާން އާންމު ކުރައްވަން ޖެހުމަކީ ރައީސް ނަޝީދުގެ ޒުވާން ދުވަސްވަރުން ފެށިގެން ބިނާ ކުރައްވަމުން އައި މި "އިމޭޖު" ވަރަށް ބޮޑަށް ހަޑިވެދާނެ ކަމެކެވެ. އެހާ ބޮޑަށް އެކަމާއި ދެކޮޅު ހެއްދެވީ މި ސަބަބާއި ހެދީ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙަމު
ސާބަހެ އާޒާން. ތީ މޭން އެއް.
علي وحيد
ލަފާކުރެވެނީކީނޫން ތިލެޔެފަ ތިއޮތީ ޙަގީގަތް ނަސީދު އަކީ މަކަރުވެރި ހީލަތްތެރި ޚިޔާނާތްތެރި ގައުމަށާއި ރަށްޔިތުންނަށާއި އިސްލާމް ދީނައް ޣައްދާރު މީހެއް ކޮންބޭފުޅެކޭ ތިކިޔަނީ ޖާހިލެކޭ ލިޔާބަލަ
ހަތާ
ސިކުވެފަ. ހަމަ ވެރިކަން ގެއްލުނީމަތަ؟
ޢަނީޤާ
މީނަ މިއީ ހިޔަޅަށްވުރެ މަކަރު މީހެއް.
ޒާހިރުބެ
ތިޔަނޫން މީހަކު ރާއްޖޭގެ ވެރިކަމަށް އަދި ނާދެ، ހަމަ އެއްގަލުން ފެހިކާ ބަގަ، ނަޝީދެކޭ ޔާމީނެކޭ މައުމޫނެކޭ ތިކަމުގަ ތަފާތެއް ނެތް، ކިޔާނަން ތަފާތީ
އަލީ
ޖާހިލު އަންނި
ފުރިހަމަ ނަން
ޖާހިލު ޣައްދާރު ނަސީދު
ޢައިޝާ
ޖާހިލުނޫން މީހެއް ދައްކަބަލަ.ތި ކޮމެންޓް ލިޔުނު މީހާގެ ޖާހިލުކަމުން މީހަކާއި ތިހާވަރަށް ގެޅިގެން ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ތިޔަ އުޅެނީ.ޓުބީ އެވެއަރ އިޒް ޓުބީ އެލައިވް.ކަލޭ ވެސް ވެއްޖެ އިސްލާމް ދީނުގައި މީހުންގެ އަބުރު ކަތިލައި އުޅުމަކީ ކޮންކަހަލަ ކަމެއްތޯ ބަލާ އަމިއްލަ މީހާގެ ޖާހިލު ކަމުން ސަލާމަށްވާން.
ނަށީދު
އެސޮރަށް ލިބޭ އާމްދަނީ ލިޔެލަބަ. ވަރަށް އިނގެން ބޭނުން. އިނާޔަތާ، މަޖްލީހުގެ ރައީސް ކަމާ އެއްކޮށް ދައުލަތުން ކިހާލާރިއެއް ނަގާތޯ ލިޔެލަބަ. ޕލޒ
ބިސް
އެތަނުންވެސް ގާތް ގަނޑަކަށް މިލިއަނެއް ދަމައިގަންނާނެ.
ރޯނުއެދުރުގެ ބަބުކެޔޮ
މިހާތަނަށް ޤައުމަށް ގައްދާރުވި އެންމެ ނުބައި މަކަރުވެރި ރައީސް.މިހާރުވެސް އޭނަ ހިތުން އޭނައަކީ މިޤައުމުގެ ވެސް ރައީސް، ރައީސުންގެވެސް ރައީސް..މިވަރަށް ތިމާއަށް ތިމާ ފެންނާނީ.މީނާގެ ނުބައި ކަމުގެ ސަބަބުން ދިވެހީން އަދަވަޅަކަށް ވެޓުމުގެ ކުރިން ނިދިން ހޭލަންވެއްޖެ..ދިވެހީން އަތުކުރި އޮޅައިގެން އެކައްޗެއްކިޔައިގެން މި ފިތުނައާ ވަބާއިން މިންޖުވާންވެއްޖެ
ގާދިރު ސޭޓު
އެއްގިތަކަށްވެސް އެހެން ނުހަދާ، މީނަ އުޅެނީ ޔާމީނަށްވުރެ ކުޑަ ތަންކޮޅެއް ފަހަތުގަ، މިބުނީ ރައްޔިތުންގެ ފައިސާ ދަވާލުގަ، އެކަމަށް ޔާމީނު ވަރަށް ކުޅަދާނަ،
ފުރިހަމަ ނަން
ހަގީގަތުގައި ނަސީދަކީ އަމިއްލަ އެތައް ވިޔަފާރިޔެއް އޮތް އިރުވެސް، ސަރުކާރުންވެސް މުސާރަ ނަގާ، އަދި އެވަރުން ނުވެގެން ކޮރަޕްޝަނާ ފަސާދަވެރި ގައުމެއް ހިންގާފަ، ފޭލުވެފަ އަދިވެސް އެކަމަށް ފޫގަޅާފަހުރި ޚާއިނެއް
ވާނުވާ
ގާދިރު ސޭޓު ބުނެބަލަ ކިހާވަރެއްތަ ޔަމީނު ކެއީ؟ ޔަމީނުގެ އެކއުންޓަށް މީހަކު ޖަމާކުރިއެއްޗެއް ސަރުކާރާ އޮތީ ވެރިކަމުގަ ހުރެގެން ހަވާލުކޮށްފަ. ޔާމިނުގެ މައްޗަށް ޙުކުމް ކުރީ ހަމައެކަނި ޖަމާކުރި ނޫޓު އަނބުރާ ނުދެޔޭ ކިޔާފަ. އެކައުންޓު ބަންދުކޮށްފަ އޭގަ ހުރި ފައިސާ އެއްކޮށް ޓްރާންސްފަރ ކުރިޔަސް ކަށަވަރެއްނުވާނެދޯ އެކަމެއް؟ ޢަދީބު އެފައިސާ ރ.ޔަމީނުގެ އެކައުންޓަށް ޖަމާކޮށްފައި ހުރީ އަދީބުގާތު އަދީބު ކެއި ފައިސާތަށް ދޭށޭ ބުނި ހިސާބުން. ޢަންނި އަމިއްލައަށް ބުނީ އެހުރިހައި ލާރިއެއްކެއި މީހާ އެއީ ސީދާ ނަޝީދު ސަރުކާރުގައި އެޅުވި ފަންޏެކޭ. އެވަރު ޔަހޫދީކަންބޮޑު މީހަކާ އެހެން މީހަކު ހަމަކުރާނެ ގޮތެއްވެސް ބުނެދީބަލ! ރަނގަޅަށް ބަލާލީމަ އެނގޭނެ އަދީބު ނެގި ލާރިތަށް ދީފަ ހުރީ އެމް.ޑީ.ޕީ އަށްކަން..
ލަމީ
މެދުފަންތި އެކިޔަނީ ބިލް ގޭޓްސްއާއަޅާކިޔާއިރު
ލައި
100% ގެ ވާހަކަ އެއް
ރަސް
ދިޔަރެސް އިން ތި ކުރީ ހާދަހާ ދެރަ ކަމެކޭ. ނަޝީދުގެ މުއްސަނދިކަން ހާމަކޮށް އެއްކޮށް "އޮރިޔާން" ކޮށްލައި ނަޝީދު ދެކެ ލޯބިވާ ކުދިންކޮޅު ނަޝީދު ދެކެ ނަފްރަތު ކުރާ ވަރު ކޮށްލައިފި. ތިއޮށް ނޫސްވެރިކަމެއްދޯ.
ސަޢީދު
ބަޔަކު ލިޔާއެއްޗަކަށް މީހަކު ގެތާއީދުނުގެއްލޭނެ
ބޏގ
ދެ ފިރިހެނުންބާ!
ހަތާ
ދެން ހިތަށް އަރާހަަ އެއްޗެއް ހެެވަަހަަ ގިތަކަށް ޖެހޭތަ ކިޔަން
ޙަސާ
ނަޝީދަކީ ވަރަށް މަކަރުވެރި މީހެއް، ރާއްޖޭގައި ތިބި ތަންދޮރު ނުފިލާ މީހުންނާއި ސިޔާސީ މަކަރުވެރިވެރިންނާއި ޚިޔާނާތްތެރިން އޭނާގެ ބަހަށް ހެއްލިފައިވަނީ
ކޮމެންޓް ކުރާ މީހާ
މި ކޮމެންޓް ޖަހަން ކެރިއްޖެެއްޔާ ސާބަސް މިނޫހަށް، ސަބަބަކީ އުމުރުން ވިހިއަހަރު ނުވެ، ދުނިޔެ ނުފެނި ގަލަމަކާ ފޮތެއް ހިފައިގެން ނޫސްވެރިކަން ކުރަން ނުކުތުން، ކިހާވަރަކަށް ނަޝީދު އެނގޭބާ މި ލިޔުނު މީހާއަށް، އާދައިގެ މެދުފަންތީގެ އާއިލާ އަކައް ޔޫކޭ އަށް ކިޔަވަން ނުދެވިދާނެ، އެކަމަކު މި ކިޔާ އައްނި އަކީ ކާކުތޯ ބަލާލުން ރަނގަޅު، މަގުމަތީ އުޅޭ އެންމެނަކީ ތި ހީކިރަ ކަހަލަ މިހުނެެްނުން، އަދި ލައިލާ ގެ ސަބަބުންނެއް ވެސް ނުން އައްނި މުއްސަދިވި، ދެމީހުން ނަކީވެސް އޭގެބޒާތުގަ ރާއްޖޭގެ މުއްސަނދި ރިސޯޓް އޯނަރުން، އައްނި އައް އުޅެވޭނެ ބޭނުންނަމަ އެއްވެސް ލާރިއެއް ސަރުކާރުން ނުދިނަސް، ދުނިޔެއްއް ލޯހުޅުވިގެން ހަބަރު ލިޔުންވބުއްދިވެރި
ކޮމެންޓް ކީ މީހާ
މީ އެހާ މޮޅު ކޮމެންޓެއްތަ؟
އިބްރާހީމް
އެވާހަކަދޯ ލިޔެފަ އެ އޮތީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވެސް އަންނި އަކީ މީހުނަށް އޮޅުވާލަން ދޮގުހަދަން އެއްވަނަ
ދޫނި ރާއްޖެ
ކަޑަ ކޮމެންޓެއް...ރިޕޯޓްރަގަޅު..އެއީ ހުސް މަކަރު...
މުހައްމަދު
މި ދެން އެހާވަރުގެ ކޮމެންޓެއްތައް ނުޖަހަން.
ސާރާ
ސާބަހޭ އަޒާން ޖައްބާރު އަންނިގެ ޖަންގިޔާވެސް ބޭލޭނެ ތިކަހަލަ ޚަބަރުގެނެސް ދެންޏާ
ފައްޓަރުބައި
މި އަންނި ގެ ނުބައި ނުލަފާކަމާ ޖައްބާރުކަން ގަޓުރައީސް ޔާމީނަށްވުރެ އެއްމެ ތަންފުކެއްވެސް ދެރައެއް ނޫންދޯ.
ސިއްރު
ތިޔާކަން ތިގޮތަށް އޮތީވިއްޔަ އެ ސިއްރު ފާޅުކޮށްގެން ނުވާނެއެއްނު! ތިޔަ ހެއްދެވީ ވަރަށް ބޮޑު ގޯހެއް! އެމަނިކިފާނު ޒުވާންދުވަސްވަރުން ފެށިގެން ބިނާކުރި ކިއްލާ ވިއްޔަ ތިޔަ ފުޑާލީ! ހެޔޮނުވާނެއެނުދޯ!
ވަސީމު ކުމާރީ
ނަޝީދު ގާތު އެއިނީ އިގިރޭސި ވިލާތު މީހެއްތަ؟
ޜަށުމީހާ
ނަށީދު މިގަައުމުގެ ހަލާކު، ބޮޑުޙާއިނެ ބަކަރީގެ މުޅި އާއިލާ ވެގެން ގައުމު ހުސްކުރަނީ.
ނަސްރު
މިވެސް ނޫހެއްދޯ، ކޮމެންޓް ކުރާއިރު މީހުނަށް މުޚާތަބުކޮށް ބަކައްޓަށް އޫރަށް ގޮވާފަ ލިއުނަސް އެ ކޮމެންޓެއް މިތާ އެބަ ގެނެސްދޭ، އުއްމީދު ކުރަން ބޮނޑިއެއް ބޯނެކަމަށް
އަހުމަދު
ނަސީދުގެ އާއިލާއަކީ ކުރިން ވަރަށް ތަނަވަސް ބަޔެއް އަދި ލައިލާ އަކީވެސް ތަނަވަސް މީހެއް ނަމަވެސް މިމީހުންގެ އަމިއްލަ މަސައްކަތްތައް ކުރަމުންދާ ބަޔެއްކަން އެންމެންވެސް ދަނޭދޯ، ދެންކޮބާ މައްސަލަޔަކީ؟
ޢަސްލު
ދިޔަރެސް.ކުޑަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަހަޖަމް.ޕލޒ
Solah
ނަޝިދު ޢާއިލާ ތަނަވަސްވި ގޮތް އެނގޭތަ؟ ނަޝިދުގެ ބަފާ މައިޓް ކުންފުނި ކިޔާ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއްގެ ލާރިގަނޑު ކާލައިގެން މުއްސަނދިވީ.މިކަން އޮންނާނެ ޝަރީޢަތަށް ސާބިތުވެފައި. ލައލާގެ ބައްޕަ މުއްސަނދީ ކުރީގައި ސަރުކާރުން ވިޔަފާރި ކުރަމުން ގެންދިޔަ އެމް.ޖީ.ބީ.އެސް ނަންބަރެއްގެ (ފިހާރައެއްގެ) މެނޭޖަރަކަށް ހުރެ އެތަނުގެ ލާރިގަނޑު ކާލައިގެން. އެ މައްސަލަ ވެސް ސާބިތުވެގެން އެ ފިހާރައިގެ މެނޭޖަރުކަމުން ރައީސް ނާޞިރު އޭނާ ވަކިކުރެއްވީ. މިއީ ތިޔަބުނާ މީހުން މުއްސަނދިވި ގޮތަކީ. އެކަމަކު އެހެން މީހުނާ ދިމާއަށް ވަގަށް ގޮވަނީ.
Solah
ނަޝިދު ޢާއިލާ ތަނަވަސްވި ގޮތް އެނގޭތަ؟ ނަޝިދުގެ ބަފާ މައިޓް ކުންފުނި ކިޔާ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއްގެ ލާރިގަނޑު ކާލައިގެން މުއްސަނދިވީ.މިކަން އޮންނާނެ ޝަރީޢަތަށް ސާބިތުވެފައި. ލައލާގެ ބައްޕަ މުއްސަނދީ ކުރީގައި ސަރުކާރުން ވިޔަފާރި ކުރަމުން ގެންދިޔަ އެމް.ޖީ.ބީ.އެސް ނަންބަރެއްގެ (ފިހާރައެއްގެ) މެނޭޖަރަކަށް ހުރެ އެތަނުގެ ލާރިގަނޑު ކާލައިގެން. އެ މައްސަލަ ވެސް ސާބިތުވެގެން އެ ފިހާރައިގެ މެނޭޖަރުކަމުން ރައީސް ނާޞިރު އޭނާ ވަކިކުރެއްވީ. މިއީ ތިޔަބުނާ މީހުން މުއްސަނދިވި ގޮތަކީ. އެކަމަކު އެހެން މީހުނާ ދިމާއަށް ވަގަށް ގޮވަނީ.
ޢަސްލު
ހޯޅިވާހަކަ. އައްނި އެއީ މޭނެން.
ސަޢީދު
އަހަރެން ތާއީދު ކުރަނީ އެމް.ޑީ.ޕީ.އަށް ދަންނަން1979ވަނަ އަހުންފެށިގެންވެސް ނަށީދުގެ ކަންތައް ވަރައްގާތުން ހެނދުނު ކަޅުސަޔާ މަޑުފާރޮއްޓާ ކައިގެންބޮޑުވިދަރިއެއް ނަޝީދުއަކީ އޭރުވެސް ޕައްޕަފައިސާގެންގުޅުއްވާ ނަމަވެސް އެއްވެސް ކިބުރުވެރިސިފައެއްނުހުރޭ ވާހަކަދެއްކުންއެއްމެންހަމަހަމަކުރާނެ ވަކިމީހަކީތިމާކައިރީނިކަމެތިމީހެކޭހީނުކުރައްވާ ސިޔާސީބޭނުމަށްތިޔަލިއުއްވި ވާހަކައައް ތާއީދުކުރާކަންކަންވެސް އެބަހުރި ނަމަވެސް ނަޝީދުއާއި ޔާމީނު އާއި އެއްވަރުނުކުރެވޭނެ ޔާމީނު މުއަސަދިވީ ވައްކަންކޮއްގެން މަޝީދުއައްލާރިލިބުނީ ބައްޕަ ފަރާތުން ނާއި އަނބިކަނބަލުން ގެ ފަރާތުން ވަރަށް ސާފުކޮށް އަހަރެންދަންނަން
ރަނގަޅަށް ލިޔެބަލަ
ޔާމީނާ ހަމަ ހަމަ ކުރާ ވާހަކަ ކޮންތާކުން އައީ. ނަސީދުގެ ޕަބްލިކް އިމެޖް އެއީ މުޅިން ހަދައިގެން އުޅޭ އެއްޗެއްކަމާ، އެއީ ބޮޑު ފައިސާވެރިއެއްނަމަވެސް ރައްޔިތުންނަށް އެކަން ފާޑަކަށް ސިއްރުކޮށްގެން އުޅޭވާހަކަ ދޯ އާޓިކްލްގަ އޮތީ. ވަރަށް ސަލާން، ރީނދޫގޭ ސައީދުއަށް
ފަޔާ
ކުޅަދާނަ ލީޑަރެއް
ރަނގަޅަށް ލިޔެބަލަ
ކުޅަދާނަކަމުން އެވަރުން ލިބުނުވެރިކަން ކުރަން ނޭނގިގެން އިސްތިއުފާދީފަ ފިލީ. ލޮލް
އެނޯނިމަސް
އަތައް ދެފޮތި ފައިސާ އަރާއިރަށް މަހުޖަނުވެގެން ނޫޅުނިއްޔާ ނުވޭތަ؟ ތި އާޓިކަލް ކިޔާލީމަ މަ ވީ ނަޝީދު ދެކެ އިތުރަށް ލޯބި. މުއްސަނދިކަން ލިބިހުރެވެސް ބޮޑާ ކަމެއް ނެއްކަން ހާމަވީ. ދެން މި ކޮމެންޓް ދިރުވާލާ!!
ފުރިހަމަ ނަން
ދެން ލޮލުގަ އަނދުން އެޅުވިފަ ހުރިވަރުން އެހެން ގޮތަކަށް އެކައްޗެއްވެސް ނުފެންނާނެ. ގައުމު ފުނޑާލާއިރުވެސް ހެވިފަ ހުރޭ
ދޯ
އެހެންވީމަ ނަޝީދު މުއްސަނދިވީ ވައްކަން ކޮއްގެނެއްނޫންތާދޯ. މަ ހީކޮށްގެން މިހުރީ އެވެސް ޔާމިނުހެން ކަޅުފައިސާ ދޮވެގެން ވަގުފައިސާއިން މުއްސަނދި ވިމީހެއް ކަމަށް.
ދޮންއައްލިދީދީގެ ހަސަންދީދީ
ނަށީދު އާއެކު މިހިރީ އެތްކަލަ އެޓުޥީޓު ކުރާ އަހުމަދު އެލެކުސްތަ
ބަކުރުބެ
ހޫނ، އަނބި ދަރި ފިރިންގެ މާލީ ބަޔާން ހާމަކުރާތަން މާޒީގަ ފެނިފެނި އަހަރުމެން މިތިބީ ޅިނދުގަ ގޮށްލާފަ.
މަ
ފުރިހަމަ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއިނގޭ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި
އެއްކަލަ ގޮލާ
ތިއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް.
ކޮތަރު
ނަޝީދު އެއްވެސް އިރަކުނުބުނޭ ތިމަންނަމީ މެދިފަންތީގެ މީހެކޭ. ނަމަވެސް ނަޝީދުގެ އުޅުން ހުންނަނީ މެދުފަންތީގެ މީހުނާގާތް. މެދުފަންތީގެ ދިރިއުޅުމެއް. މިލިއުމުން ނަޝީދުއާދޭތެރޭ ނަފުރަތުއުފައްދަން މަސައްކަތްކޮށްފައިވާކަންހާމަވޭ.
ާލަތިފު
why did YAG support Alia ?