Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކައުންސިލްތަކާއި އެލްޖީއޭ އުވައިލުމަށް ޤަރާރެއް މަޖިލިހަށް ހުށަހަޅުއްވައިފި

ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އިތުރުން ކައުންސިލުތަކުގެ ކަންކަން ބަލަހައްޓަން އެކުލަވާލާފައިވާ ލޯކަލް ގަވާމެންޓު އޮތޯރިޓީ އުވައިލުމަށް މަޖިލިހަށް ޤަރާރެއް ހުށަހަޅައިފިއެވެ.
މަޖިލިހަށް މިޤަރާރު ހުށަހަޅުއްވާފައިވަނީ ރައްޔިތުން މަޖިލިހުގެ ކާށިދޫ ދާއިރާ މެންބަރު ޢަބްދުﷲ ޖާބިރެވެ. މިއަދު އޮތް ރައްޔިތުން މަޖިލިހުގައި މިޤަރާރުގެ ފުރަތަމަ އިއްވުން މަޖިލިހުގެ ރައީސް ރައީސް ނަޝީދުވަނީ އިއްވަވާފައެވެ. މިޤަރާރުގެ ފުރަތަމަ އިއްވުން އިއްވުމާއެކު، މިޤަރާރަކީ މަޖިލިހަށް ހުށަނޭޅޭނެ ޤަރާރެއް ކަމުގައި ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި ފާހަގަކުރެއްވިއެވެ.
އެގޮތުން ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވީ މިޤަރާރަކީ ރައްޔިތުން މަޖިލިހަށް ހުށަހެޅޭނެ ޤަރާރެއް ނޫން ކަމަށާއި އެޤަަރާރަކީ ޤާނޫނު އަސާސީއާ ޚިލާފު ޤަރާރެއް ކަމުގައެވެ. ނަމަވެސް ރައްޔިތުން މަޖިލިހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެފައިވަނީ މިޤަރާރުގައި ހުރި ވާހަކަތަކާ އެއްބަސްނުވި ނަމަވެސް މިއީ ޤާނޫނު އަސާސީއާ ޚިލާފު ޤަރާރެއް ކަމުގައި ނުބުނެވޭނެ ކަމުގައެވެ.
އެގޮތުން އީވާ ފާހަގަކުރެއްވީ މަޖިލިހުގައި ނުދެއްކޭނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ވާހަކަ ކަމުގައެވެ. އަދި ޤާނޫނު އަސާސީގައި އޮންނަނީ ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ވާހަކަ ކަމަށެވެ. އަދި އެލްޖީއޭ ފަދަ މުއައްސަސާތަކަކީ ޤާނޫނުން އުފައްދާފައިވާ މުއައްސަސާތަކެއް ކަމުގައިވެސް އީވާ ވިދާޅުވިއެވެ.
ރައްޔިތުން މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވީ މިޤަރާރު ކުރިންވެސް ފެނުނު ކަމުގައެވެ. އަދި ޤާނޫނު އަސާސީ އުވައިލުމުގެ ވާހަކަވެސް ދެއްކޭނެ ކަމުގައެވެ. އަދި މަޖިލިސް މެންބަރަކު އަވަހާރަކޮށްލުމުގެ ވާހަކަވެސް މަޖިލިހުގައި ދެއްކޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ