Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ހުއްދަ ދެވޭނީ ވިސާ އޮންނަކަން ކަށަވަރުކޮށްފި: ޝިފާ

ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ތަކަށް ހުއްދަ ދެވޭނީ ވޯކް ވިސާ އޮންނަ ފަރާތް ތަކަށް ކަމަށް މާލޭ މޭޔަރ ޝިފާ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޝިފާ ވިދާޅުވެފައިވަނީ ރިސޯޓު ހަދާށާއި ކޮންސްޓްރަކްޝަންގެ ބޮޑެތި ޕްރޮޖެކްޓް ތަކަށް މީހުން ގެނެސް މުސާރަ ނުދީ ދޫކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި މިއީ ހައްލު ކުރަންޖެހިފައިވާ ބޮޑު މައްސަލައެއް ކަމުގައެވެ.
މިމޭރުމުން ޝިފާ ޓުވީޓު ކުރައްވާފައިވަނީ އިއްޔެ ބ.ބޮޑުފިނޮޅުގައި ތަރަށްޤީ ކުރަމުން ދިޔަ ރިސޯޓުގެ ބިދޭސީ މުވައްޒަވުން ތަކެއް، އެތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން ތަކެއް ރަހީނުކޮށް މުޒާހަރާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.އެ މުވައްޒަފުން މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދޭތާ 7 މަސް ވެފައިވާތީ ކަމަށް ވެއެވެ.
މި ގޮތަށް މުވައްޒަފުންނަށް މުސާރަ ނުދެވުމުން އެ މުވައްޒަފުން މާލޭ ތެރެއަށް ދޫކޮށްލާކަން ފާހަގަ ވެފައިވާ ކަމަށް އެކޮނޮމިކް މިނިސްޓްރީއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިދިޔަ 3 މަހު ޤަވައިދާއި ޚިލާފަށް އުޅުނު ބިދޭސީން ފާހަގަ ކޮށް އޭގެ ތެރެއިން ބައެއް މީހުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.
ފަހަކަށް އައިސް ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަތައް ވަނީ އާންމު ވެފައެވެ. އަދި ހުޅުމާލޭގައާއި ތިލަފުށިގައި ތިބި ބިދޭސީންތަކެއް ވަނީ އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ.
މި ލިއުމާއި ގުޅޭ