Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކުޑަ ކުއްޖެއް ރޭޕުކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖެއް ރޭޕުކުރި ކަމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
މިހާދިސާ ހިނގާފައިވަނީ ސެޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލާގައި ރޭޕުކޮށްފައިވަނީ 17 އަހަރުގެ ކުއްޖެއް ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ފުހަށް ހުށައަޅާފައިވަނީ އެރަށުގެ ޞިއްހީ މަރުކަޒުން ކަމުގައިވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލަ ތަހުގީގުކުރަމުންދަނީ ކުޑަ ކުއްޖަކު ރޭޕުކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ކްރައިމް އެގައިންސްޓް ޗިލްޑްރެން ޑިޕާޓުމެންޓުގެ ތަހުގީގު ޓީމާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ބައެއް ނޫސްތަކުން ބުނެފަިއވާ ގޮތުގައި އެކުއްޖާއަކީ ކޯޓުން ބޭރުން މީހަކާ ކާވެނިކޮށްގެން އުޅުނު ކުއްޖެއް ކަމުގައެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރުކޮށްދީފައިނުވެއެވެ. އެކަމުގައި ތުހުމަތުވަނީ ހައްދުފަހަނަ އެޅި މީހުންނަށް ކަމުގައި ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
މިމައްސަލަ ފެންމަތިވެފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕުކުރި މައްސަލަ ފެންމަތިވެފައިވާ ދުވަހެއްގައެވެ.
މި ލިއުމާއި ގުޅޭ