Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބޮޑު ފިނޮޅު ހަމަނުޖެހުމާ ގުޅިގެން 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

ބ ބޮޑު ފިނޮޅުގައި މަސައްކަތް ކުރަމުންދާ 203 ބިދޭސީންގެ ތެރެއިން އެރަށުގެ މަސައްކަތް ކުރަމުން ދިޔަ ދިވެހިންތަކެއް ރަހީނުކުރި ކަމުގެ މައްްސަލައިގައި 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ތުޅާދޫ ގައި މަސައްކަަތް ކުރާ ފުލުހުން އެރަށް ދިއުމން ބިދޭސީންވަނީ ފުލުހުންނަށް އޮށްގަލާއި ދަނޑިބުރިތަށް އުކައި ހަމަލާދީފައި ކަމަށެވެ. އެ ހަމަލާތަކުގެ ސަބަބުން ފުލުހެއްގެ ބޯ ފަޅައިގެން ވަނީ ގޮސްފަ އެވެ. އަދި އިތުރު ފުލުހެއްގެ އިނގިލި ބިދިގެން ގޮސްފައިވާއިރު އޮޕަރޭޝަންގައި ބައިވެރިވި ގިނަ ފުލުހުންނަށް ވަނީ އަނިޔާވެފަ އެވެ.
ހަމަނުޖެހުން ކޮންޓްރޯލްކޮށް ރަހީނު ކުރި ދިވެހިން ސަލާމަތް ކުރުމަށް ރޭ ފުލުހުންވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.އެ އޮޕަރޭޝަންގައި ފުލުހުންގެ ސްޕެޝަން އޮޕަަރޭޝަން (އެސްއޯ) ފުލުހުންގެ ތެރޭގައި ހިމެނޭ ޕަބްލިކް އޯޑާ ރެސްޕޮންސް ޔުނިޓްވެސް ވަނީ ބައިވެރިވެފަ އެވެ. އަދި އިތުރު އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސިފައިން ވެސް ވަނީ ބައިވެރިވެފަ އެވެ.
ރޭ ދަންވރު 1:00 ޖެހިއިރު ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމަށް މާލެއިން ވަނީ ގިނަ އަދެއްގެ ސިފައިންނާއި ފުލުހުން ތުޅާދޫއަށް ގޮސްފަ އެވެ. ސަލާމަތީ ބާރުތަކުގެ ޓީމަށް ތުޅާދޫއަށް ދެވިފައިވަނީ ފަތިހުގެ ވަގުތެއްގަ އެވެ. މި އޮޕަރޭޝަންގައި ރ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ރާއްޖޭގައި ހުންނަ ބަންގަލްދޭޝްގެ އެމްބަސީގެ ޑިޕްލޮމޭޓުންގެ އެހީތެރިކަމާއެކު ވަނީ ދިވެހިން ރަހީނު ކޮށްގެން އުޅޭ ބިދޭސީންނަށް މަޝްވަރާކޮށް ސުލްހަވެރިވާން އެދިފަ އެވެ. ކުރި މަަޝްވަރާތަކުގެ ނަތިއްޖާއެއްގެ ގޮތުން މިއަދު ހެނދުނު ބިދޭސީންގެ ކޮންޓްރޯލް ފުލުހުން ވަނީ ހޯދައިފަ އެވެ. އަދި ރަހީނު ކޮށްގެން ގެންގުޅުނު ދިވެހިން ސަލާމަތްކޮށް ރަށުތެރޭ ބަލައި ފާސްކޮށްފަ އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ބޮޑު ފިނޮޅަކީ ށ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނިން ރިޒޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ރަށެކެވެ. ދިވެހިން ރަހީނު ކޮށްފައިވަނީ ވެސް ރިޒާ ކުންފުނީގެ މުވައްޒަފުންނެވެ.
މިކަމާ ގުޅިގެން ރިޒާ ވިދާޅުވެފައިވަނީ ބިދޭސީން ދިވެހިން ރަހީނު ކޮށްފައިވަނީ ހަތަރު މަސްދުވަހުގެ މުޒާރަ ޖަމާވެފައި ނުވުމުން ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބިދޭސިން ހަމަނުޖެހުން ހިންގަންއުޅޭ ކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަން ހިއްސާ ކުރުމުގެ ގޮތުން ފުލުހުންނަށް ރިޒާ ފޮނުވި ސިޓީއަށް ޖަވާބު ފުލުހުނެއް ނުދެ އެވެ.
މި ލިއުމާއި ގުޅޭ