މުޒާހަރާ ކުރާނެ ކަމުގެ އިންޒާރާއި އެކު ކަރަންޓު ބިލް ކުޑަކުރަން ސްޓެލްކޯއިން ނިންމައިފި

އައިޝަތު ހަނާ 2 ޖުލައި 2020 18:31
Flowers
ރައީސް ސޯލިހް އަދި ސްޓްލްކޯގެ އެމްޑީ މުޣުނީ

މުޒާހަރާ ކުރާނެ ކަމުގެ އިންޒާރާއި އެކު ކަރަންޓު ބިލް ކުޑަކުރަން ސްޓެލްކޯއިން ނިންމައިފިއެވެ. 

ދާދި ދެންމެ އަކު ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯ އިން ވަނީ ޖޫން މަހުގެ ކަރަންޓު ބިލުންވެސް 40 އިންސައްތަ ކަނޑާލަން ނިންމާފައިވާ ކަމަށެވެ. 

ޖޫން މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ވަރަށް ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުކޮށް 2000 ރުފިޔާ އަރާ ބައެއް ގެތަކަށް މިދިޔަ މަހުގެ ބިލް ގައި 4000 ރުފިޔާ އަރާފައި ހުއްޓެވެ. ސްޓްލެކް އިން އެންމެ ފުރަތަމަ ބުނެފައިވަނީ އެއީ ސަބްސިޑީއަށް ވާ ފައިސާ ހިމަނާފައި ނުވުމުން އިތުރުވި އިތުރުވުމެއް ކަމަށެވެ. ނަމަވެސް ކޮވިޑު-19 ގެ ކުރިންވެސް ކަރަންޓި ބިލު ބޮޑު ނުވާވަރަށް ވެފައި ވުމުން އެކަން ބައެއް ފަރާތްތަކުން ފާހަގަ ކުރުމުން ސްޓެލްކޯ އިން ވަނީ އެކަން ބަލަމުންދާކަމަށް ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
علي وحيد
ތިކަމުން ވެސް ތިއެނގުނީ ކަރަންޓްބިލުންވެސް ތިކުރީ ވައްކަން ކަން މުޒާހަރާ ކުރާނެކަމުގެ އިންޒާރުއެކު ވައްކަން ކުރިކަމަށް އެއްބަސްވެ ކަރަންޓް ބިލުން ވަގައްނެގި ލާރިކޮޅު ދޭމް އެއްބަސްވި