ކަރަންޓު ބިލު ބޮޑުކުރިއަސް ނެތް ފައިސާއެއް ރައްޔިތުންނަށް ނުދެއްކޭނެ: އާދަމް ޝަރީފު

ޙުސައިން އަފްޝަން 2 ޖުލައި 2020 11:56
Flowers
ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު

ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމުން އަރައިނުގަނެވެނީސް ކަރަންޓު ބިލު ބޮޑުކުރިއަސް ރައްޔިތުން އަތުގައި ނެތް ފައިސާއެއް ނުދެއްކޭނެ ކަމުގައި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

އާދަމް ޝަރީފު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޖޫން މަހުގެ ކަރަންޓު ބިލު ލިބުނުއިރު އާދަޔާ ޚިލާފަށް ބިލު ބޮޑުވެފައިވާތީ ގިނަ ބައެއް ދަނީ މީސްމީޑިޔާގައި އެކަމުގެ ނުތަނަވަސްކަން ފާޅުކޮށް ޝަކުވާކުރަމުންނެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ޖޫން މަހުގެ ބިލު ބޮޑުވެފައިވަނީ ސަރުކާރުން ދެމުން އައި ސަބްސިޑީ ނުދޭތީއެވެ. 

ސަރުކާރުން ނިންމާފައިވަނީ މާޗު، އޭޕްރީލް އަދި މޭ ތިން މަހުގެ ކަރަންޓު ބިލުން 40% އުނިކޮށްދީފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ ފުރަބަންދުގައި މީހުން ގޭގައި ތިބޭ މިންވަރު އިތުރުވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވި ކަމުގައެވެ. އެހެންނަމަވެސް ކަރަންޓު ބިލު ބޮޑުނުވީ ސަރުކާރުން ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވުމުން ކަމަށްވެސް ސްޓެލްކޯއިން "މިހާރު" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. 

ނަމަވެސް ސަބްސިޑީއާއި ޑިސްކައުންޓު އުނިކުރި ނަމަވެސް ބިލު މިހާ ބޮޑުވެގެން ނުވާނެ ކަމުގައި ގިނަ ބަޔަކު މީސް މީޑިޔާގައި ފާހަގަކޮށްފައިވެއެވެ. ބިލު ބޮޑުވި މައްސަލަ ބެއްލެވުމަށް މަޖިލިހަށް ަމިލިހުގެ ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލް ނަސީމް ހުށަހަޅުއްވާފައިވެއެވެ. 

ބިލު ބޮޑުވުމާ ގުޅިގެން ކުރެއްވި ޓުވީޓުގައި އާދަމް ޝަރީފުވަނީ އިޤުތިޞާދު ހަމައަކަށް އެޅެންދެން ކުރިންވެސް ސަރުކާރުން ދެމުން އައި ސަބްސިޑީތައް ދިނުމަށް ގޮވާލައްވާފައެވެ. އަދި މިހާތަނަށް ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ތަނަވަސްވެފައިނުވާ ކަމުގައިވެސް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
އައި
އެއްމަހު އަނދުން އަޅުވާފަ ރައްޔިތުން ކަންކަށީ ޖެހީ..