Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޖިންސީ ކުށުގެ މައްސަލަތަކަކާ ގުޅޭ ލިޔެކިޔުން ހޯއްދަވަން ޕީޖީ ފުލުހުންނަށް އަމުރުކުރައްވައިފި

ޖިންސީ ކުށްތަކުގެ ތުހުމަތުގައި ހިންގޭ ތަޙުޤީޤުތަކާ ގުޅޭ ބައެއް މައްސަލަތަކާ ބެހޭ ލިޔެކިޔުންތައް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ފުލުހުންނަށް އަމުރުކުރައްވައިފިއެވެ.
މިފަދައިން ޕީޖީ ޝަމީމު ވިދާޅުވީ ޖެންޑާ މިނިސްޓްރީއާއި ޕީޖީ ގުޅިގެން ބޭއްވެވި ނޫސްވެރިން ބައްދަލުވުމުގައެވެ. އޭނާ ވިދާޅުވީ މިފަހަކަށް އައިސް ފެންމަތިވެފައިވާ ބައެއް ޖިންސީ ކުށްތަކުގެ މައްސަލަތައް އެކަށީގެންވާ ގޮތުގަިއ ފުލުހުން ތަހުގީގުނުކުރާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމުގައެވެ.
ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު އެމާއްދާގެ ދަށުން ޖިނާއީ ކުށެއްގެ ތުހުމަތުވެގެން ހިންގާ ޖިނާއީ ތަހުގީގުތައް ހިންގާގޮތް ބަލައި ތަހުގީގު ކުރިއަށް ގެންދަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ ޕީޖީގެ ޒިންމާއެކެވެ. އެކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ ޖިންސީ ގޯނާގެ ދެތިން މައްސަލައެއްގައި ޝައްކު އުފެދޭތީ އެމައްސަލަތައް ދިރާސާކުރުމަށް ނިންމަވާފައިވާ ކަމުގައެވެ.
"އެ މައްސަލަތައް ހިނގާދިޔަ ގޮތް އަޅުގަނޑު ބަލާނަން، ބަލާފަ އެކަމުގައި ގޯހެއް އުޅޭކަމަށްވަންޏާއި އަދި އެއްވެސް ކަހަލަ ނުފޫޒެއް އުޅޭކަމަށްވަންޏާއި އެކަން ރަނގަޅުކުރުމަށް ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑު ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.
އަދި މިފަދައިން ޝައްކު އުފެދިފައިވާ މައްސަލަތަކުގެ ލިޔެކިޔުންތައް ހޯދައި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެފަދަ މައްސަލަތަކުގައި
އޭގެ އިތުރުން ޝަމީމް ވިދާޅުވީ، މިއަދު އެކަމުގެ ލިޔުންތައް ފޮނުވައި ދިރާސާކުރަން ފެށުމަށް އަންގާނެ ކަމަށާއި އެގޮތުން ގާތްގަނޑަކަށް ދެ ހަފުތާގެ ތެރޭގައި އެކަން ބަލައި، ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ