ކޮވިޑު-19 ގެ ސަބަބުން ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަތައް ކުރިމަތިވެދާނެ: ދިރާސާ

އިބްރާހިމް އާދަމް 1 ޖުލައި 2020 08:21
Flowers

ކޮވިޑު-19 ގެ ސަބަބުން ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ރަޝިޔާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

ރަޝިޔާގައި ކޮވިޑު-19 ޖެހުނު މީހުންގެ މެދުގައި ކުރެވުނު ދިރާސާއަކަށް ބިނާކޮށް އެ ޤައުމުގެ ސިއްހީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ކޮވިޑު-19 ގެ ސަބަބުން ފިރިހެނުންގެ ދަރިފަނީގެ ފެންވަރު ދަށްވާކަމަށެވެ. 

މިގޮތުން އެ ދިރާސާއިން ދައްކާގޮތުގައި، ކޮވިޑު-19 ޖެހުނު މީހުންގެ ތެރެއިން 38 އިންސައްތަ މީހުންގެ ދަރި ފަނީގޭ ފެންވަރު ވަނީ ދަށްވެފައެވެ. ރަޝިޔާގެ އިތުރުން ބައެއް އެހެން ޤައުމުތަކުގައިވެސް ހެދުނު ދިރާސާތަކުން ދައްކާ ގޮތުން ކޮރޯނާ ވައިރަސް ފިރިހެނުންގެ ދަރިފަނީގެ ބާރު ދަށްކުރެއެެވެ. ނަމަވެސް މިގޮތަށް ދިމާވަނީ ބައެއް މީހުންނަށެވެ. 

އެމެރިކާ އަދި ޗައިނާގެ ފަރާތްތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާ އަކުން ދައްކާ ގޮތުންވެސް، ފިރިހެނުންގެ ދަރިފަނި އުފައްދާ ސެލްތަކަށް ކޮރޯނާ ވައިރަސް ހަމަލާދެއެވެ. އަދި އެ ސެލްތަކުން އުފައްދަން ޖެހޭ ސީމެން ނު އުފެއްދޭ ކަމަށްވެސް ދިރާސާގައި ދައްކައެވެ. 

ކޮވިޑު-19 އިން އެންމެ ބޮޑަށް އަސަރު ކުރަނީ ނޭވާލާ ނިޒާމަށް ކަމުގައި ވީނަމަވެސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް އެ ވައިރަސް ގެއްލުން ދޭކަމަށް މިހާރު ވަނީ ހޯދިފައެވެ. މިގޮތުން ސިކުނޑި އާއި، ކިޑްނީ އަދި ހިތަށްވެސް މި ވައިރަސް ހަމަލާދެއެވެ. 

ކިޔުންތެރިންގެ ހިޔާލު