Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފަށްކެނޑުމާއި މެދު ނަޝީދު ދެއްކެވި ވާހަކަފުޅާމެދު ޢިލްމުވެރިންގެ ކަނބޮޑުވުުން

މިއަދުގެ މަޖިލިސް ނިންމަވާލައްވަމުން ފަށް ކެނޑުމާއި ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަ ފުޅާ މެދު ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މިއަދުގެ ޚަބަރު ތަކުގައި ރިޕޯރޓްކުރި، ގއ ކޮލަމާފުށިގައި ފަށް ކަނޑަން އިން މީހަކު ވަރި ނުކުރާ ވާހަކައަށް ރިޢާޔަތްކޮށް ނަޝީދު ވިދާޅުވީ އެއީ އެއްބަސްވުމަކާއި ޚިލާފުވުން ކަމަށެވެ.
މިކަމަށް ރައްދުދެއްވައި ޝެއިޚް އާދަމް ނިޝާމް ވިދާޅުވެފައިވަނީ ފަށްކެނޑުމަށް ކުރެވޭ ކައިވެނީގެ އަގުދުތަކަކީ ބާތިލް އަގުދުތަކެއް ކަމަށާއި، އަދި ހަމަ އެހެންމެ ފަށް ކެނޑުމަށް އިން މީހާގެ ކައިރިން ވަރިވެގެން ކުރީގެ ފިރިމީހާއާއި ކުރާ ކައިވެނީގެ އަގުދު ވެސް ސައްހަ ނުވާނޭ ކަމަށެވެ.
އަދި އެގޮތަށް ފަށް ކެނޑުމަށް އިންނަ މީހާ އާއި އެ މީހަކަށްޓަކައި އެ ފަށް ކަނޑައިދެވޭ މީހާއަށްވެސް ލަޢުނަތް ލައްވާނޭކަން ނަބިއްޔާގެ އިރުޝާދުން އެނގެން އޮތްކަމަށެވެ.
މިއަދު މަޖިލިސް ނިންމާލަމުން ނަޝީދު ދެއްކި ވާހަކައަކީ ދީނީ ގޮތުން އެކަން އޮޅޭގޮތަށް ދައްކާފައިވާ ވާހަކައެއް ކަމަށާއި އަދި އެފަދަ ހައިބަތު ހުރި ބޭފުޅަކު އެގޮތަށް ވާހަކަ ދެއްކުން އެހެން ބައެއް ޢިލްމު ވެރިން ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ