މާދަމާ ސަރުކާރު ހުޅުވޭނެކަމަށް ރައީސަށް ވިދާޅުވެވުނީ އޮޅިގެން؟

އިބްރާހިމް އާދަމް 30 ޖޫން 2020 18:00
Flowers
ރައީސް ސޯލިހް

1 ޖުލައި އިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު އިއުލާން ކުރައްވާފައި ވަނިކޮށް، މާދަމާ އޮފީސް ނުހުޅުވާ ކަމަށް ރައީސް އޮފީހުން އަނގައިފިއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މާދަމާ އިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައި، ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭގޮތުން ވިޔަފާރިތައް އަލުން ފެށުމުގެ ހުއްދަ ދޭނެ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން ފަހުން އަންގާފައިވާ ގޮތުގައި، ސަރުކާރުން ކޮންމެހެން ދެން ޖެހޭ ހިދުމަތްތައް ދިނުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު ޖުލައި 1 ވަނަ ދުވަހުން ފެށިގެން ދެވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ. 

އަދި އެ މުއްދަތުގައި އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. މި މުއްދަތުގެ ތެރޭގައި، ދައުލަތުގެ އިދާރާތަކުގެ އެންމެ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް އިދާރާތަކުން ދިނުމަށް ރައީސް އަންގަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. 

މީގެ އިތުރުން އޮފީސްތައް ހުޅުވި ނަމަވެސް ގޭގައި ތިބެގެން ދެވޭ ހިދުމަތްތަކާއި އޮންލައިންކޮށް ދެވޭ ހިދުމަތްތައް އެގޮތަށް ދިނުމަށްވެސް ރައީސް އޮފީހުން ވަނީ އިރުޝާދު ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ދަލް
ކިހޭ ދެރަ! ސަކަރާތް ނުޖަހޭ އިބުރޭ!
ކިނބޫ
މީނާ ހުންނަނީ ހަމައިގަތޯ ބަލަން އެބަޖެހޭނު. ނޫނީ ސިކުނޑީގެ ބަލި ބޮޑުވަނީތޯ ބަލާ އަވަސް ފަރުވާ ދޭން އެބަޖެހޭ. މީ އަހަރުމެންގެ ލޮބުވެތި ވެރިމީހާ ވިއްޔަ.
ސާއްތި
ތީ ދެން ބޮޑުވަރު މިހާރު އެންމެންނަށްވެސް އެނގޭނެ ތި ތިލަފަތް ހަމަ މިކަން. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ