ޖުލައި އެކަކުން ފެށިގެން ކޮރޯނާވައިރަހާ ދެކޮޅަށްކުރާ މަސައްކަތުގެ އައު މަރުހަލާއެއް ފެށޭނެ: ރައީސް

ޙުސައިން އަފްޝަން 29 ޖޫން 2020 20:06
Flowers
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮރޯނާ ވައިރަހާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގެ އައު މަރުހަލާއެއް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިޙު މިފަދައިން ވިދާޅުވީ މިއަދު އެމަނިކުފާނު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ކުރެއްވި ޒިޔާރަތެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖުލައި އެއްވަނަ ދުވަހު ފެށޭ އައު މަރުހަލާގައި މިހާރު އެންއީއޯސީއިން ކުރަމުންދާ މަސައްކަތްތައް ހަވާލުވެގެންދާނީ ހެލްތު މިނިސްޓްރީއާ ކަމުގައެވެ. 

މިއަދު ރައީސް ސޯލިހު އެންއީއޯސީއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. އަދި އެންއީއޯސީގެ އެތެރޭގައި ތަފާތު އެކި މަސައްކަތްކުރާ ތަފާތު ޑިވިޝަންތަކަށް ވަޑައިގެން އެތަންތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އެމަނިކުފާނުގެ ނަންފުޅުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ. 

އައި އެންއީއޯސީއަކީ ސަރުކާރުގެ ތަފާތު މުއައްސަސާތައް އެކުލަވައިގެން މިހާތަނަށް ހިންގި އެންމެ ބޮޑު މަރުކަޒު ކަމުގައި ރައީށް ފާހަގަކުރެއްވިއެވެ. އަދި ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިލާންޖެހުނު ގޮންޖެހުންތަކުގެ ބޮޑުކަމާއި ކުރިން އެފަދަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިނުވާކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. 

އަދި ޞިއްޙީ މާހިރުންގެ ލަފާގެ މަތިން ސަރުކާރުން ކުރި މަސައްކަތުން ސިއްހީ ބޮޑު ކާރިސާއެއް މެދުވެރިނުވެ އާބާދީގެ ބޮޑު ބައެއް ވައިރަހުން ސަލާމަތްކުރެވުނު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އަލަށް ފެށިގެން އަންނަ މަރުހަލާއަށް ގެންދިއުމަކީ ޤައުމު އައު ޢާންމު ހާލަތަކަށް ގެންދިއުމަށް ސަރުކާރުން ގެންގުޅޭ އިސްތިރާޖިޔާގެ ބައެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް މަރުހަލާގައިވެސް ވަބާއިން މުޅިން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުމާއި ބުރަ މަސައްކަތް ބޭނުންވާނެ ކަމުގައި ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
ވަރަބިދުނުކޮތަރު
އެންމެ 2000މީހުންނަށް ވީ ކަމެއް މިވަރުގެ ބޮޑު ކަމެއް ނުވެއެ ކިޔާފޮނި ކަޑާކަށް ހުރިހާކަމެއްވެސް ކުރީ ބޭރުން އެހީ ހޯދަން އަރާއެންމެ ފުރަތަމަ ގައުމުގެ ބައިތުލްމާލުބަހާހުސްކޮއްފަ ފޮނި ކެޑީ ކަމަކާޖެހެއިރަށް ފިލަން ބޭރަށް ކަޑައިލާ . ގިނަމީހުން މަސައްކަތް ކުރީ ހިލޭ ސާބަހައްސޭޙްހަސީނާ ގެ ރައްޔިތުން ގިނަވީ ނަ ޑޮކްޓަރުން ނާ ކާތަކެތި ބޭހުން އަމިއްލަ ރައްޔިތުން ނަށް އެހީ ފޮނުވި .އިންޑިޔާއިންނެގީ ލޯނު ކަޑަ ބޭސްކޮޅެއްވެސް ބޮޑު އަގުގަ ވިއްކީ . ޗައިނާއިން އެހީ ހޯދި ދިވެހިރައްޔިތުން ބިކަވެ ހާލުގަ ޖެހުނު އެތައް އާއިލާ އެއް އަތްމަތިދަތިވެ ހާލުގަ ޖެހުނު މާލެ ގަ ދިރިއުޅޭ ރައްޔިތުން ކުލި ދެއްކޭނެ ފަދަ ނެތި އަމިއްލަ ރަށަށް ހިޖްރަ ނުކުރެވި މަގުމަތިވާން ޖެހުނު ސަލާޖަހާމީހުން ގިނަވި ސޭޙް ހަސީނާ ކާބޯތަކެތި ފޮނުވުމުންވެސް ބަގްލަދޭސް ރައްޔިތުން ސަލާންޖަހަން ޖެހޭ ހާލަތައް ވެއްޓި މަގުމަތިވި . ރައްޔިތަކަށް ކަމެއް ކޮއްދޭން މާސްކު ގަޑެއް ހާހިސާބު ވެސް ނުދެވުނު އިރު ގުދަނެއް ހޮހަޅައެއްކަމަށް ވިދާޅުވި ދަރުމަވަންތަ ހޮސްޕިޓަލް ރަނަށް ބަދަޅުވި 17ވަނަ ފަންގި ފިލާވަރު ނެތި ދެއިރު ދެދަޅަޔަށް 17ވަނަ ފަންގި ފިލާގެ ވާހަކަ ދެކެވުނު . ފުރަތަ އެހީ ދެވުނީވެސް އެއިމާރުގެ އެފަންގި ފިލާ ހިކްމަތްތެރި ރައިސަކު އަޅުއްވާފަ ހުރީތީ މަޝުކުރު އަދާކުރާނީ ރައިސް ޔާމީނަށް . މިހާލަތަށް ވައްޓާލީމަ މަޢާފެއްނެތް . .

ކިނބޫ
ރޭޕިސްޓުންގެ މަރުހަލާ ދޯ؟ މީ ލަދެއްވެސް ގަންނަ ސޮރެއް ނޫނޭ. އާއިލާ މީހުންނަށް ރާ ބޯން ދީގެން ރޭޕް ކުރުވަނީ!