ރޭޕާ ދެކޮޅަށް ތެދުވި މުޒާހަރާވެރިން ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި

ހަޔާ ޔޫސުފް 29 ޖޫން 2020 18:52
Flowers
ފޮޓޯ:އަވަސް

ރޭޕުކުރުމާ ދެކޮޅަށް މުޒާހަރާކުރި މުޒާހަރާވެރިންނާ ދެކޮޅަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފިއެވެ. 

ފުލުހުން މުޒާހަރާވެރިންނާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވަނީ މުޒާހަރާ ނިމުނު ފަހުންނެވެ. އަދި މިއަދުގެ މުޒާހަރާއަކީ ގައިދުރުކުރުމާއެކު، ކުރިއަށް ގެންދިޔަ ސުލްހަވެރި މުޒާހަރާއެކެވެ. 

މިމުޒާހަރާއަކީ، ދިވެހިރާއްޖޭގައި ހިނގާ ޖިންސީ އަނިޔާގެ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމަށް ކުރިއަށް ގެންގޮސްފައިވާ މުޒާހަރާއެކެވެެ. މިމުޒާހަރާއަކީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ ދެ މީހަކު، ކުށުގެ ވެށިން ހައްޔަރުކުރުމަށްފަހު ދޫކޮށްލި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ. 

މުޒާހަރާވެރިންވަނީ "ޝާހީ" ޢާއިލާތަކަށް ނިސްބަތްވާ މީހުން ހިމާޔަތްނުކުރުމަށާއި އެފަދަ މީހުންނާމެދު ތުހުމަތުވާ މައްސަލަތައްވެސް ތަފާތުކުރުމެއް ނެތި ތަހުޤީޤުކުރުމަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލާފައެވެ.

މިއަދު ބާއްވާ މުޒާހަރާއަކީ މިމަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕުކުރަން އުޅުނު ކަމުގައި ތުހުމަތުވާ ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކުރުމަށްފަހު ދޫކޮށްލުމާ ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.

މުޒާހަރާވެރިންވަނީ ސީޕީ ހަމީދާއި ފުލުހުންގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވައިލުމުގެ އިތުރަށް، މަޖިލިހާއި ފުލުހުން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށާއި، ހެކި ފޮރުވުމަށް ޖާގަ ނުދިނުމަށް ގޮވާލާ އަޑު އުފުލާފައެވެ. އަދި ރޭޕުކުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގުކުރުމަށްވެސް މުޒާހަރާވެރިންވަނީ ގޮވާލާފައެވެ.

އަދި މިކަމުގައި ޒިންމާ އުފުލާނީ ކާކުތޯވެސް މުޒާހަރާވެރިން ވަނީ ސުވާލު އުފައްދާފައެވެ. އަދި ޖިންސީ ގޯނާގެ މައްސަލާގައި ތުހުމަތުވާ މީހުން ދޫކޮށްނުލުމަށާއި އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށްވެސް މިއަދުގެ މުޒާހަރާގައި މުޒާހަރާވެރިން ގޮވާލާފައިވެއެވެ.

ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕުކުރަން އުޅުނުކަމަށް ތުހުމަތުވާ ދެމީހުން ހައްޔަރުކުރުމަށްފަހު ފުލުހުން ދޫކޮށްލީ އެދެމީހުން ބަންދުގައި ބޭތިއްބޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމުގައި ބުނެއެވެ. މިއަދު މިހާރު ނޫހަށް ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމުގައި ބުނެވޭ އަންހެން މީހާ ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ އޭނާ ރޭޕުކޮށްފައިނުވާ ކަމުގައެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ ގުނަވަންތަކުގައި ބީހި އަތްލުމުން ދެވަނަ ފަހަރަށްވެސް އެކަންކޮށްފާނެ ކަމަށް ހީވެ މޫދަށް ފުންމައިލި ކަމުގައި އޭނާ ބުނެފައިވެއެވެ.

އަދި އޭގެ އިތުރަށް ބޯޑަރުތައް ހުޅުވައިލުމާއެކު ރާއްޖެއިން ފުރައިގެން އަނބުރާ ޤައުމަށް އޭނާގެ ދަރިފުޅު ކައިރިއަށް ދާން ނިންމާފައިވާ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ. އަދި އޭގެ އިތުރަށް މިމައްސަލާގައި ތުހުމަތުވާ ދެ މީހުންގެ މައްޗަށް ދަޢުވާކުރަން އޭނާ ބޭނުންނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު
ޓަކި މޫނާ
ހީވާގޮތުން ތިއޮތީ ތި އަންހެން ކުއްޖާޔަށް ފައިސާ ދީފަ. އެހެން ހަބަރު ތަކުން އެ އަންހެން މީހާ ކިޔާދިން ގޮތުގަ އޭނަ ހަމަ ރަނގަޅަށްވެސް ރޭޕް ކުރިކަމަށް ބުނި. ރޭޕް ކުރިފަހުން މޫދައް ފުންމާލި ކަމަށް ބުނީވެސް. ނުބައެއް އެބަ އުޅޭ.
ކިނބޫ
ރޭޕަށްވުރެ މުޒާހިރާ ނުރައްކާ ވެއްޖެ!
ނުބައެއް އެބަ އުޅޭ
ބަލަ އޭނަ އެހެން ނޫހަކަށް ދިން އިންޓަވިއުއެއްގަ އޭނާ ރޭޕް ކުރިކަމަށް ބުނޭ. ކުޑަކަމުދިޔައިރު ލޭ އައި ވާހަކަ ވެސް ބުނި. ކަލޭނެން ހާދަ ކަމެއް ފޮރުވަން އުޅޭ ހެން ހީވެޔޭ
އަހަރެންގެ ހިޔާލު
ތިވާނީ ބިރުދެއްކީ ކަމަށް... އަޅާލާނެ މީހެއް ނެތްތާކު ބިރުދައްކާ އިންޒާރު ދެންޔާ ތިހެންވެސް ބުނެފާނެ.... މިގައުމު ހަލާކުވެ ނިމިއްޖެ... މާތް ﷲ ފޮނުވާފާނެ ގަދަ ފަދަ އަޒާބަކަށް ބިރުވެތިވާކަށްވެސް އަދިވެސް ނުވަނީ ކަންނޭގެ... މިހެންވާނީ ކޮންމެ ކަމެއްވެސް ހުދޫދުން ބޭރުވީމަ... މޮޅުކޮށްލަން ގެނައީ ޑިމޮކްރެސީ... މިހާރު އެންމެން މިތިބީ ދި މޯ ކްރެޒީ ވެފަ... ވަކި އެމްޑީޕީ މީހުނަށް ބުނާ ބަހެއް ނޫންމީ... މިޤައުމުގަ ގޯސް ކަންކަމަށް ހިތްވަރުދޭ ކޮންމެ މީހަކަށް ބުނާއެއްޗެއްމިއީ... ވަގުތު އޮތްވާ މިކަންކަން އިސްލާހު ކުރަން އެބަޖެހޭ... ކޮންމެ މީހަކު ކުރިޔަސް އިސްލާމް ދީން އޮތް ގޮތަށް ރޭޕް ކުރާމީހުނަށް އަދަބު ދޭންވީ... އޭރުން އިސާހިތަކު މިޤައުމު މިކަމުން މިންޖުވެދާނެ...