ޗާޓަރު ފުލައިޓެއްގައި ރިހާކުރި ގެންދިޔަ ވާހަކައަކީ ދޮގެއް: މާރިޔާ

ހަޔާ ޔޫސުފް 29 ޖޫން 2020 17:01
Flowers
އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ

ކިޔަވާ ވިދާޅުވާން އިނގިރޭސިވިލާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ހުންނެވިއިރު އެކަމަނާއަށް ޗާޓަރު ފުލައިޓެއްގައި ރިހާކުރު ފުޅިއެއް ގެންގޮސްދިން ވާހަކަ އެފްޕީއައިޑީ ޚިޔާނަތުގެ ތަހުޤީޤު ރިޕޯޓުގައި އޮތްކަމަށް ކިޔާ ކަމުގައި އަދުރޭ ވިދާޅުވި ވާހަކަ މާރިޔާ ދޮގުކުރައްވައިފިއެވެ. 

މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިން ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ އެފްޕީއައިޑީގެ ޚިޔާނާތާ ގުޅޭ ގޮތުން އެއިރު މަޖިލިހުން އެކުލަވައިލި ރިޕޯޓުގައި، ފުލައިޓެއް ޗާޓަރުކޮށްގެން މާރިޔާއަށް ރިހާކުރު ފުޅިއެއް ގެންދިޔަ ވާހަކައެއް އޮތް ކަމުގައި ކިޔާ ކަމަށެވެ. 

އެފްޕީއައިޑީ ރިޕޯޓު ފެނިއްޖެއްޔާ އެދުވަސްވަރު އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވާން ތިއްބެވި ބޭފުޅުންނަށް ރިހާކުރު ފުޅިއެއް ހިފައިގެން ދަތުރުކޮށްފައިވާ ވާހަކަވެސް އެރިޕޯޓުގައި އޮންނާނެ ކަމަށް ކިޔާ ކަމަށާއި، މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެއިރު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް އެމްޑީޕީން ތުހުމަތުކުރާ 800 މިލިއަންޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައާ ގުޅޭ ރިޕޯޓެއް ހޯދުމަށް މަޖިލިހަށް ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާ މެންބަރު މުޙައްމަދު ފަލާޙުގެ ބޭބެ މާކުން ސައްތާރަކީ އެފްޕީއައިޑީ ވައްކަމުގައި އިސްކޮށް ހުންނެވި ބޭފުޅާ ކަމުގައާއި، އޭނާ އެއިރު ކާވެނިކުރައްވައިގެން އުޅުއްވީ މާރިޔާއާ ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ. އަދި ފުލައިޓު ޗާޓަރުކޮށްގެން ރިހާކުރު ފުޅިއެއް އިނގިރޭސިވިލާތަށް ފޮނުވި ވާހަކަ އެފްޕީޑީ ޚިޔާނާތުގެ ރިޕޯޓުގައި އޮންނަ ކަމަށް ކިޔާ ކަމުގައި އޭނާ ވިދާޅުވިއެވެ. 

މިވާހަތައް ދިޔަރެސް ނޫހުގައި ޝާއިޢުކުރުމުން އެޚަބަރު ރިޓުވީޓުގައި ކުރައްވައި މާރިޔާ ވިދާޅުވެފައިވަނީ ރިހާކުރު ފުޅިއެއް ޗާޓަރުކުރި ފުލައިޓެއްގައި ފޮނުވި ވާހަކަ އެފްޕީއައިޑީގެ ރިޕޯޓުގައި އޮތްކަމަށް ބުނެ ދައްކާ ވާހަކަތަކަކީ "ހަމަ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު" ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު
ހަސަންފުޅު
ޑިފެންސް މިނިސްޓަރުކަމާ ހަވާލުވިފަހުން، އިނގިރޭސިވިލާތުން ގަނެފައިހުރި ހެދުން ބޮޑުވެގެން އަދި ދަރިންނަށް ހަދިޔާވެސް ދައުލަތުގެ ރަސްމީ މުވައްޒަފުން ރަސްމީ ދަތުރުތަކުގައި މާރިޔާ އެބަހުރި ފޮނުވާފައި! ފޮރިން މިނިސްޓްރީގެ ކިތައް މުވައްޒަފުންނަށް އެގޮތަށް އެއްޗެތިގެންދަން މަޖުބޫރުކުރުވީ!
ކިނބޫ
ނުވާނެ ދޮގަކަށް. އެފްޕީއައިޑީ ދަވާލި ވާހަކައަކީވެސް ދޮގެކޭ ބުނޭ. ވަގު އެއްޗިހި ކައިކައި ޖަހާ ސިފަ ދެކިބަލަ.
ސޭކު
ކަލޭ ތެދެއްހަދާނެތަ؟ ޓިވާހަކަވެސް އޮޅުވައިލީ. ރިހާކުރުފުޅި ބަލައިދިޔައީ ލަންޑަނަށް އަމިއްލަ ޖެޓުގަ. ޢޭރު އެފެންވަރުގަ އުޅުނީ އެންމެންނަށް އެނގޭ ބޮޑު ވަގަކާ އިނދެގެން އުޅުނުއިރު. ޢެފައިސާއިން ކިޔެވީވެސް. ގޯތި އެހެންކުދިންވެސް
އަހަންމަދު
އެމްޑީޕީ ކޮންމެ ސަރުކާރެއްގައި ޢާއިލާގެ މީހުންނަށް ބޮޑެތި މަގާމުތައް ހަމަ ޖެހިގެންދޭ. ގާތްތިމާގެ މީހުންނަށް ނާއިބުކަން ފަދަ މަގާމުތައް ހަމަ ޖެހިގެން ދޭ. ދާދި ފަހަކުން ރާއް ޖޭގައި އޮޕަރޭޓް ކުރި އަމިއްލަ އެއަރލައިން އުފެދުނު ގޮތުގެ ވާހަކައާއި އަބޫދާބީއަށް ގޮސް ބޭއްވި ރަސްމީ ބައްދަލުވުންތަކުގައި އަމިއްލަ ދަރިން ބައިވެރިކުރުން ފަދަ އަމަލުތަކަށް ކިޔަނީ ނަޒާހަތް ތެރިކަންތޯ. ލ.އަތޮޅުގައި ކިތައް ގޯތި އޮވޭތޯ. ކޮންމެ މީހަކުވެސް ބޭނުންވަނީ ރައްޔިތުން ލޮލުގައި އަދުން އަޅުވައިގެން، މާ ރައްޔިތުންނައިގެން އުޅޭ މީހެއްކަން ދައްކައިގެން ބާރާ ނުފޫޒު ހޯދައިގެން ރައްޔިތުންގެ ބައިތުލްމާލު ބޭނުންކޮޑްގެން ތިމާއަށާއި ތިމާގެ ޢާއިލީ މީހުންނަށް ފުދުންތެރިކަމާއި މުއްސަނދިކަން ހޯދައި ދިނުން