ޖިންސީ ގޯނާ ކުރި މީހުންނަށް ދައުވާ ކުރާކަށް ބޭނުމެއް ނޫން: ކެންޔާ އަންހެން މީހާ

އިބްރާހިމް އާދަމް 29 ޖޫން 2020 15:56
Flowers
ޖިންސީ ގޯނާ ލިބުނު އަންހެން މީހާ. ފޮޓޯ:މިހާރު

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާ، އެކަން ކުރި މީހުންނާއި ދެކޮޅަށް ދައުވާ ކުރަން ބޭނުން ނުވާކަމަށް ބުނެފައިވާކަމަށް "މިހާރު" ނޫހުން ރިޕޯޓުކޮށްފިއެވެ.

"މިހާރު" ނޫހުގައި ބުނެފައިވާ ގޮތުގައި އެ ނޫހުން އޭނައާއި އިންޓަވިއު ކުރުމުން، އޭނާ ވަނީ، އެކަން ކުރި މީހުންނަށް ދައުވާ ކުރަން ބޭނުން ނުވާކަމަށް ބުނެފައެވެ. އަދި އެކަން ހިނގީ މަސްތުގެ ހާލަތުގައި ތިއްބާކަމުން ދައުވާ ކުރަން ބޭނުން ނުވާކަމަށް އޭނާ ބުނެފައިވާ ކަމަށް މިހާރު ނޫހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ނޫހުގައި ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ ރޭޕްކުރި ކަމަށް "މެންދުރުއޮންލައިން" ނޫހުގައި ލިޔެފައިވަނީ ދޮގެކެވެ. ނަމަވެސް އޭނާގެ އުރަމަތީގައި އަދި ފޫކޮޅުގައި އަތްލި ކަމަށާއި ދެވަނަ ފަހަރު އެގޮތަށް ކަންތައް ކުރަން އުޅުމުން މޫދަށް ފުންމާލީ ކަމަށް އޭނާ ބުންޏެވެ. އަދި އެކަން ކުރި މީހާ، އެއީ އޭނާގެ ބޯޓުކަމަށާއި ބޭނުން ކަމެއް ކުރެވިދާނެ ކަމަށްވެސް ބުނިކަމަށް އެ އަންހެން މީހާ އާއި ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވެއެވެ. 

އެ އަންހެން މީހާ އިތުރަށް ބުނެފައިވާ ގޮތުގައި އެ ސަފާރީގައި ތިބެ އޭނާ އާއި އެހެނިހެން މީހުންވެސް ވަނީ ބަނގުރާ ބޮއެފައެވެ. އެމީހާ ބުނެފައިވާ ގޮތުގައި އޭނާ މޫދަށް ފުންމާލުމުން އޭނާ ޑިންގީއަކަށް ނެގީ އެ ދެމީހުން ކަމަށާއި އެމީހުން އޭނާ ގޮވައިގެން ޖެޓީއަށް ދިޔަކަމަށެވެ. އަދި އެތަނުން ފުލުހުން ފެނިގެން ފުލުހުންނާއި އެ ވާހަކަ ހިއްސާ ކުރީ ކޮންމެހެން އެމީހުން މައްޗަށް ދައުވާ ކުރާކަށް ނޫން ކަމަށާއި، ހަމައެކަނި ގެއަށް ދާންވެގެން ފުލުހުންގެ އެހީއަށް އެދުނީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަދި މި މައްސަލަ އޮއްބާލަން އެއްވެސް ފައިސާއެއްވެސް ލިބިފައި ނުވާކަމަށް އޭނާ ބުނިކަމަށް މިހާރު ނޫހުން ރިޕޯޓުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ހަމަ މިހާރު
ކިހާމަޖާ،
ޚިއްސި
ގުލާބީ މާ ފުޅު ލިބޭނީ ގުލާނު ވެވިގެންނޭ
ހާން
ތިއޮތީ ރަގަނޅަށް ވެސް ބިރުދައްކާާ އެމީހާއަށް ހަދާނެ ހަތެރެއްޗެއް ހަދާފަ. މިއޮތީވާ ޤައުމެއް
ޢަބުދުﷲ
އޭނަ ދައުވާ ކުރަން ބޭނުން ނުވިއަސް ޖިނާއީ ކުށެއްކޮށްފީޔާ ދައުވާ ކުރަން ޖެހޭނެ. އަދި ސަފާރީގަ ދިވެހިން ބަނގުރާ ބުއި މައްސަލަ ވަކިން ބަލާ ފިޔަވަޅު އަޅަން ޖެހޭނެ.
Sameera Hassan
ސަޅި. އެގޭ ތިހެން ވާނެެެެކަން. އެމީހުން ފައިގަ ތަޅާކުޅެނިކޮން މޫދަށް ވއްޓުނީ.
ޙަސަން ފުތު
ޖިނާއީ ކުއް ބަލާކަށް ނޫން ވީކީ؟ ބަނގުރާ ބުއި މައްސަލަ ބަލަންވީ؟
ކިނބޫ
ޖިނާއީ މައްސަލައެއް ފުލުހަށް ހުށަހެޅުމަށްފަހު ދައުވާ ކުރާނީތޯ ނުކުރާނީތޯ ނިންމަން ޖެހެނީ ދައުލަތުންނެއް ނޫންތަ؟ އެނގޭ މީހަކު ބުނެދީބަލަ މިކަން އޮންނަ ގޮތް.
ނަޖުދާ
ބޭރު މީހަކަށް ވާތީ އަމުދުން ކަޅު މީހެއްވީމަ މިހާރު ތިދައްކާ ވާހަކަ ދިވެހިން ގަބޫލެއް ނުކުރޭ.