އަލީ ޒައިދަށް ބޭރު ޤައުމެއްގެ ސަރުކާރުން މަހަކު 800 ޑޮލަރުގެ މުސާރައެއް!

ޖާއިޝް ތައުފީޤް 29 ޖޫން 2020 13:18
Flowers
އަލީ ޒައިދު. ފޮޓޯ:ޓުވިޓަރ

މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ ލެކްޗަރާއެއްގެ މަޤާމުގައި ހުންނަވާ އަލީ ޒައިދަށް ބޭރު ޤައުމެއްގެ ސަރުކާރުން މަހަކު 800 ޑޮލަރުގެ މުސާރައެއް ލިބޭކަމަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

އަލީ ޒައިދު ހިމެނެނީ ދީނީ ތައުލީމް އުނގެނިފައި ތިބި ބޭފުޅުންގެ ތެރެއިން މިހާރުގެ ސަރުކާރުގެ ދިފާއުގައި ޓުވިޓަރގައި ވާހަކަދައްކަވާ މަދު ބޭފުޅުންގެ ތެރޭގައެވެ. މިގޮތުން އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމްއެންޔޫ ގެ ވަޒީފާއިން ލިބޭ ލާރީގެ އިތުރަށް ބައި ރުފިޔާވެސް އެއްވެސް ސަރުކާރަކުން ނުލިިބޭ ކަމަށެވެ. އަދި ލާރިއަކަށް ނުވިކޭނެކަމަށް އަލީ ޒައިދު ވިދާޅުވިއެވެ. އަދި އެބޭފުޅާ ހިޔާ ފްލެޓުގެ ލިފްޓާ ބެހޭގޮތުން އަމިއްލަ ހިޔާލެއް ފާހަގަކޮށްލި ކަމަށްޓަކައި ބުހުތާނު ވާހަކަތައް ބައެއް މީހުން ފަތުރަމުންދާ ކަމަށް ޒައިދު ވިދާޅުވިއެވެ.



އެއްވެސް ސަރުކާރަކުން އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ޒައިދު ވިދާޅުވި ނަމަވެސް، "ދިޔަރެސް" އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭރު ޤައުމަކުން އަލީ ޒައިދަށް ކޮންމެ މަހަކު 800 ޑޮލަރު ލިބެއެވެ. އަދި މި ފައިސާ މިގޮތަށް ލިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށް މައުލޫމާތު ލިބެއެވެ. އަލީ ޒައިދުގެ އިތުރުންވެސް ރާއްޖޭގެ ބައެއް އެހެން ބޭފުޅުންނަށްވެސް އެ ޤައުމުން އެގޮތަށް މުސާރަ ލިބެއެވެ.

މިގޮތުން ޑރ.މުހައްމަދު އިޔާޒު އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށްވެސް މިގޮތަށް ބޭރު ޤައުމަކުން މުސާރަ ލިބޭ ކަމަށްވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޑރ ފާސިދު
ފަސާދަ އުފައްދަން ތިކަހަލަ ފިނޑި ހަބަރު ނުލިޔޭ. މުސާރަ ލިބޭކަން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެނގެންޏާ އެ ލިބޭ ގައުމަކާ ސަބަބެއްވެސް އެނގޭނެއްނު
ސަލާމް
ސައުދީ ސަރުކާރުން
ޒަކް
މީ މީހުން ހަބަރު ލިޔާ ގޮތްތަށް؟ ހެކި ސާބިތު ކޮއްފަ ހަބަރު ލިޔާނީ!
އެދުރު
ތަންކޮޅެއް ބޮޑަށް ކަންނޭގެ މިހާރު ތި ޒާތީ ވެވެނީ ދިޔަރެސް އަށްވެސް. ޒައިދުގެ ސިޔާސީ ވިސްނުމާ އަހަރެން ވެސް ދެކޮޅު ، ނަމަވެސް ތިބުނާ ލާރި އަކީ ހަމައެކަނި ޒައިދަށް ނުވަތަ އިޔާޒާ ޢަލީ ޒާހިރަށް ލިބޭ އެއްޗެއް ނޫންކަމާ ، މި ސަރުކާރާ ސިޔާސީ ގޮތުން ދެކޮޅު ޕީޕީއެމް އަށް ތާއީދު ކުރައްވާ ބައެއް ޢިލްމުވެރިންނަށް ވެސް ލިބޭ ފައިސާއެއްކަން ދިޔަރެސް އަށް ވެސް ހަމަ ރަގަޅަށް އެނގޭނެ.
ނަނާ
ކޮބާ ޕްރޫފް
އައި
މި ސަރުކާރަށް ތާޢީދު ކުރުމަށް ބާ؟؟؟؟
އަހުމަދު
ކޮން ގައުމެއްކަން ވެސް ބުނެލި ނަމަ.
ދޮންއަލީ
ކޮބާތަ ތިބުނާ އިތުބާރު ހުރިފަރާތާކީ. ނިކަން ހާމަކޮށްބަލަ؟
ދިޔަރެސް
ކީއްވެ ކޮން ޤައުމެއްކަން ލިޔުމުގައި ބުނެނުދެވުނީ؟ އައި ޑޯންޓް ލައިކް ޓޫ ގުޑް ޓު ބީ ޓްރޫ ސްޓޯރީސް. ދުނިޔޭގެ ބޮޑެތި ނޫސްތަކުން މިކަހަލަ ވާހަކަ ދައްކަނީ ޓްވީޓް ގަނޑަކުން ލިޔުމުގެ ސައްޙަކަން ގެއްލުވާ ނުލެވޭ ވަރަށް ހެއްކާއި އެކު.
ޒައިދު
ޖިހާދަށް ކުދިން ރެކުރޫޓު ކުރަނީނޫންބާ
މޯޑު
ތިޔައީ ކޮން ޤައުމަކުން ލިބޭ އެއްޗެއްކަން ކީއްވެބާ ނުބުނެވެނީ ހަމަ އެއްޗެއް ލިޔެލިޔަކަސް ނުވާނެ ދޯ ކޮންމެސްކަހަލަ ފެކްޓެއް ވެސް އޮންނާންވާނެދޯ މިހާރު އޭނަ އެބުނި އެއްޗެކޭ މީގަ މިބުނި އެއްޗެކޭ ކޮބާތަފާތަކީ؟ ކާކުގެ ބަހެއް ގަބޫލުކުރަންވީ؟ ގައިމުވެސް އެމީހަކަށް ލިބެންޏާ ވެސް އެމީހަކަށް އެންމެ ބޮޑަށް އެނގޭނީ. ދެން އެ ބަސް ދޮގުކުރަންޏާ ބޭނުންވާނެ ދޯ ތި ބުނާއެއްޗެއްގެ ހެތްކެއްވެސް
ނަންނު
ދިވެހި ސަރުކާރުން ހިންގާ ގައުމެއްތަ އެއީ ޝެއިޚް ބުނި އެއްޗެއް ނޭނގެންޏާ ޚަބަރު ނުލިޔޭ
ޗާލީ 13
ހެހެހެ، ހާދަ ހެއްވާ ދޯ، ތިވަރަށް އެގެންޏާ ގައުމުގެ ނަންވެސް ބުނަންވީނުން، މޮޅެތި ވާހަކަ ދައްކާ މީހުންގެ އަގުވައްޓަން ނޫޅޭ
ޑެނިލް
ޑިޔަރެއްސަށްވެސް ފަސާދައުފައްދަން 6 މިލިޔަން ޑޮލަރު ލިބޭ،
ޘާބިތު
ވަރަށް ތާއިދު
ޢަޒާނު
ބުނަން ރަނގަޅު ވާހަކައެއް! ތާކުން ތާކު ނުޖެހޭ ޚަބަރު ލިޔެގެން ކަލޭމެނަށް ކޮން މޮޅެއް އޮތީ؟ ފިތުނަ އުފެއްދުން ނޫން ކަމެއް ނުކުރާތި! އަދި ދުވަހެއް އެބަ އޮތް!
ދިޔަރެސް
މީ ފިތުނަ އުފައްދަން ލިޔެފައިވާ ލިޔުމެއް... މީގަ އެއްވެސް ޙުއްޖަތެއް ދެއްކިފަކާއެއް ނެތް... ދެން ލިޔާނެ ޚަބަރެއް ނެތީމަ ކޮންމެސް ހަޑިއެއް ހާވަނީ 👎👎👎
ޢަލީ ޒައިދު
އަޅުގަނޑަށް އެއްޗެއްލިބުނިއްޔާ ކީއްތަވީ. އަޅުގަނޑު ދެންނެވީ އެވެސް ސަރުކާރަކުން ނުލިބޭވާހަކަ. އެހެނވީމާ އޮޅުވާނުލައްވާ.
ފާތުމަ
އަމައްޔާތް.....މީމީހުން ހަބަރު ލިޔާގޮތް؟؟؟ ކޮން ގައުމެއް؟ކަހީނުންދައްކާކަހަލަ ވާހަކަ އުތަ؟
ފާތުން
ނުބެހޭ ކަންކަމާ ނުބެހިތިބެބަލަ
ތޯޑޭ
ޚަބަރު ފުރިހަމައެއް ނުވޭ. ފަސްކާފު ހަމަވަން ވާނެ ހާއްސަކޮށް މޮފަދަ ވާހަކަ އަކަށް
އަންތަރީސް
މި ލިޔުމުގެ މަގްސަދަކީ ކޮބައިތޯ. އެބޭފުޅާއަށް ލިބޭ ފައިސީ އަކީ ހަރާމް އެއްޗަކަށް ނުވަންޔާ، ތި ބޭފުޅުންގެ އޮތީ ކޮން މައްސަލައެއްތޯ؟