ޝިދާތާގެ ބަހުގެ ހަމަލާތަކެއް ޖީހާންއަށް!

އިބްރާހިމް އާދަމް 28 ޖޫން 2020 16:35
Flowers
ޝިދާތާ ޝަރީފު. ފޮޓޯ:އަވަސް

ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ޖީހާން މަހްމޫދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިގޮތުން ޝިދާތާ ފޭސްބުކްގައި އާންކު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ އެކަމަނާގެ ވަޒީރު ކަމުގައި ކުޑަކުދިންނާއި އަންހެނުންނާއި އިންސާނީ ކަރާމާތާއި ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީ ކުރުވުމަގައި މަޖިލީހުގެ ޖެންޑަަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ދެފައި އެއްތާ ނުޖަހާކަމަށެވެ.

"5 ފެބްރުއަރީގައި އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި މިފަދަ މައްސަލަ ތަކުގައި މެމްބްރުންގެ އުދާސްތަކާއި ރުޅިވެރިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލިތަން ފެނިގެން ދިޔަ. އޭރު ކަން ބޮޑުވުން ފާޅުކުރި މައްސަލައިގެ ހިމެނޭ ޑިސްއެބިލިޓީ އެންބެސެޑަރުވެސް ދޫވެއްޖެ. އެފަދަ އެތައް މަސައްލައެއް މައްސަލަޔަކަށް ނުވެ ހިނގައްޖެ" ޝިދާތާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިދާތާ ވިދާޅުވީ މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ޤާނޫނު އަރާހަމަ ނުކުރެވިގެން އުޅޭ ވާހަކަކަމަށާއި، ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަހަށް ނުވެގެން ދޫވެގެންދާ ވާހަކަ ކަމަށެވެ.

"އޭރު އަޅުގަޑުގެ އޮފީސް ދޮށުގަ މުޒާހިރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް. މީޑިއާ ތަކުގަ މި ވާހަކަތައް ކެކެނީ ވަރަށް ހޫނު މަޑުކޮށް. އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާމީހުން ޝިދާތާގެ އިސްތިއުފާއާ އެކު ނިދިއްޖެ" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ހެޔޮ ނިޔަތުގައި އެދުވަހުވެސް ތެދުވެ ތިބިނަމަ މިއަދުވެސް އެ މަންޒަރު އެގޮތަށް ފެނުނީސް ކަމަށާއި މުޖުތަމައުގެ އެފަދަ މައްސަލަތަކަކީ ވަކި މީހަކު ފުނޑާލަން ނުވަތަ ސިޔާސީ ގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިނދަކު ހަޤީޤީ ހެޔޮ ބަދަލެއް ނާންނާނެކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު
ރާނީ
ކަމަނާ ހިތާމަ ނުކުރައްވާ. ކަމަނަގެ އަތުން ފޭހުނު އިލޮށި ކަމަނަގެ ލޮލަށް ހެރިފަ ތިއޮތީ. އިޚްލާސްތެރި ބައެއް ނޫންކަން އެނގުނު އިރު ވަގުތު ފާއިތުވެއްޖެ. މިނިސްޓަރުކަން ނިގުޅައިގަތީމާ ތިގޮތަށް ބަހުގެ ހަމަލާ ތިދެއްވަނީވެސް. އެމަގާމުގަ ހުރިނަމަ ސަނާ ކިޔާނީ. ދެން ހުރީ ހޯމް މިނިސްޓަރު ނިގޫފިތިފަ. އެސޮރު ނިގޫ ބުރިކޮށްލާ ދުވަހަކު ޝުކުރުގެ ސަޖިދަ ޖަހާނަން އިންޝާﷲ
ނާމަން
ތިކަހަލަ ބީތާއިން މިޤަުމުގައި އުޅޭތީ މައްސަލަޔަކީ.
ސސ
އިންޝާﷲ!
ބަކުރުބޭ
މާ ފުއްޕާއިފަ އުޅެންޏާ ތަހުގީގަށް ހުރަސްއެޅޭފަދަ ވާހަކަތައް ފަތުރާކަމުގެ ދައުވާކުރަން ޖެހިދާނެ. ޕީޖީއަށްވެސް އަންގައިފިން. މިމައްސަލަ މަޖިލީހުގެ 250 ނަންބަރު ކޮމެޓީން ބަލައިފަ ފުލުހުންނަށް އަންގަންދެން މައިތިރިވެބަލަ؟
މުރާދުބޭ
ކަމަނާފާނަށް ވިސްނިވަޑައިގަތްއިރު ކަމަނާފާނު އިންނެވީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި! ކަމަނާފާނު ހަނދުމަފުޅުހުންނަވާނެ! އެމްޑީޕީގެ މެޖޯރިޓީ މަޖްލިސް ލިބުނު 2008 ވަނައަހަރު ރައީސްމައުމޫނާއި ވާދަކުރެއްވައިގެން ވަތަންއެދޭގޮތަށް މިނަމުގައި ފަހުވަގުތު ނިކުތް ކޯލިޝަނުން އިންތިޚާބުކުރި ސަރުކާރަށް. އޭރުގައިވެސް ފެނުނީ މަޖްލީހުގެ އެމްޑީޕީގެ މެމްބަރުން ކޮޅަކާ ރައީސުގެ އެޑްވައިޒަރާ ހޮނޑާގުރާދުއެއްތޯ ރަށެއްގައި ބަނގުރާ ހިއްޕަވަން ތިއްބަވަނިކޮށް ފުލުހުން އެބޭކަލުން ގެންދިޔައީ! ހަމަހެއަކު ނެތް. ދެން އެންމެފުރަތަމަ އޮތް މަޖްލީސް ޖަލްސާއިންވެއްޖެ އެބެއިކަލުން ބަނދުނުކުރެވޭ ގޮތެއް ނިންމަން. އެކަމަށްފަހު އެބޭކަލުންގެ މައްސަލަ ބެލިގެންނުވާނެ ޤާނޫނެއް ފާސްކުރަން. އެއިރުގަ ޑީއާރޕީ އޮތީ މަޖްލީހުގައި މައިނޯރިޓީއަށް ބަދަލުވެފައި. އެމްޑީޕީއިން މެމްބަރުން ގަންނަމުންގޮސް. ކޮންމެއަކަސް އެކަމެއް ނުބެލުނު. މިހިސާބުން ވިސްނަވާ އެމްޑީޕީގެ މެމްބަރަކަށް ކުށެއް ނުކުރެވޭނެ. އެމީހުން ކުށްވެރިވާ ޤާނޫނެއް ނާންނާނެ އެމީހުންގެ މުޑުދާރު ސަރުކާރެއްގައި ބާރުއޮތީ އެމީހުން ގޮށްމުށްތެރޭ. ހިތާމަަޔަކީ ކަމަނާފާނަށް ވެސް އެއަށް އިޖާބަދެވުނީމާ. ދެން ނެތްދެއްކޭނެ ވާހަކައެއް.
އާޖު
ދައްކަވާނެ ތަނެއް ދައްކަވާފަ ގެންދަވާނީ.މިގައުމުގައި އޮތީ ބޮޱުންނަށް ބޮޱުގޮއި
Sameera Hassan
ވަރައް ބޮޑު ތެދުވެރި ވާހަކަ ތަކެއް. ކޮބާ މީސްތަކުން ހަަރުގަ ތި ތިބީ ކީއްވެ ނިކުންނަންވި މަޖިލާސް ކައިރިއަށް
ބަނބުކެޔޮ
ދިވެހި ކާފަރުން ތެޅިފޮޅެނި އިރުއަރާއޮތް ސެކަންވެސް ނޭނގޭ ކާފަރު އާލާތް ގަޑު މީގެ ކުރިން ބޮއިކެޓު ކުރީ ޓުވަރިޒަން މިހާރު ބޮއްވަ ނީ މުޅިރާއްޖެ ބުޅާމަސް ގަޑު ފެނު މުން ވީހެން ވަގު ބުޅާ ތައް ސަރުކާރުފެނުމުން ހޭ ކެނޑި ފޮޅެނި މީ ހަގިތެކެވެ
ދޮގެއްތަ؟
ވަޒީރުކަމުން ބޭރުކުރީމަ އޭގެ ރުޅި ތީ. މަގާމުގަ ހުރިނަމަ އެމީހުން ދިފާއު ކުރީހީ އަނގައައްޕަޗި ވެސް.