ހިޔާ ފެލްޓުތައް ނިމިފައި ހުންނަ އިރު ހުންނާނެ ގޮތުގެ ކުރެހުންތަކެއް!

އިބްރާހިމް އާދަމް 27 ޖޫން 2020 20:19
Flowers

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި ހިޔާ ފްލެޓުތައް ނިމިފައި ހުންނައިރު ހުންނާނެ ގޮތުގެ ކުރެހުންތަކެއް ރާއްޖޭގެ ސިވިލް އިންޖިނިއަރަކު ތައްޔާރުކޮށްފިއެވެ.

މިފަދަ ކުރެހުންތަކެއް އޭނާ ތައްޔާރުކޮށްފައިވަނީ، އެ ފްލެޓުތަކުގެ ޖާގަ ވަރަށް ކުޑަ ކަމަށާއި، ކޮޓަރިތަކުގައި އެނދެއް ވެއްދޭނެ ޖާގަވެސް ނެތްކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ. 

"އަސްލު ބޭނުންވީ ދައްކާލަން، ފިނިޝިން މަސައްކަތް ނިމިފައި ހުންނައިރު ހުންނާނެ ގޮތް. ގިނަ މީހުންނަށް ތަސައްވަރު ކުރަން އުނދަގޫވާނެ ހުސް ކޮޓަރިއެއްގެ ފޮޓޯ ދައްކާލީމަ" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ހިޔާ ފްލެޓުތަކުގެ ފްލޯ ޕްލޭން ބަލައިގެން އޭގައި ހުރި މިނަށެވެ. އެ ކުރެހުންތަކުން ހިޔާ ފްލެޓެއްގެ ސިޓިން ރޫމާއި، ދެ ކޮޓަރި ހުންނާނެ ގޮތް ފެނެއެވެ. އެއް ކޮޓަރީގައި ޑަބަލް އެނދެއް ބަހައްޓާފައި ހުންނައިރު އަނެއް ކޮޓަރީގައި ހުންނަނީ ބަންކު ބެޑް ތަކެކެވެ. 

އަދިސިޓިންރޫމުގައި ސޯފާ ސެޓާއި، ކާ މޭޒު އަދި ބަދިގޭގެ ކަބަޑު ސެޓު ބެހެއްޓުމުން ހުންނާނެގޮތްވެސް ކުރެހުންތަކުންފެނެއެވެ. 


ހިޔާ ފްލެޓުގެ ސައިޒަކީ 575 އަކަފޫޓެވެ. މިއީ މާލޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓުތަކުގެ އެވަރެޖް ސައިޒެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މި ފްލެޓުތައް ދޫކުރަން ނިންމީ 5600 ރުފިޔާ މަހު ކުލީގެ ގޮތުގައި ނަގާ 20 އަހަރުން އަމިއްލަ ކުރެވޭ ގޮތަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ވަނީ 11،000 އަށް ކުލި ބޮޑުކުރަން ނިންމާފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ލޮލް
މޮޅުގޮތް ހޯދަން ވެރިކަމަށް ގެނައީމަ ވަރަށް ތާހިރު ވެއްޖެއެއްނު.!!!! ދެންވެސް ތިގަމާރު ކަންމަަތީ ތިބޭ.. މިސަރުކާރުން ކޮންމެ މީހަކަށް ލަގްޒަރީ ފްލެޓެއް ދޭނެޔޭ ހިތާ. 😂😂
ޔައު
އާނއެކޭ
ފުލެޓް
މި ސަރުކާރުން ރައްޔިތުންނައް ރަންްއިލޮސިން ކަދުރުކާންދޭނެ ވަރައް ރަނގަޅައް
ޚަމެދު
ދޯ
😅😅
ވވ.ސަޅި
ހާނި
ކުރެހި ފަރަަތަށް ގުޅޭނެ ނަމްބަރެެއްވެސް ދިންނަމަ ދޯ ހެހެ
ބޮޑުބެ
ބިމުގެ ޖާގަ އޮވެ ތިޔަހެން ކުޑަ ގޮޅިއެއް ހަދަން ވެދާނެތަ؟ މާލޭގަ މީހުން އުޅެނީ އުޅެން ހެޔޮވާވަރުގެ ތަންތާކު ނޫނޭ! ދިވެހިންނަށް ކުލުނެއް ހުރެގެން ހަދާފަ ހުރި ތަނެކޭ ބުނެވޭކަށް ނެތް.
ގަނޑުވަރު
ފުލެޓެއް ކަމަށް ގަނޑުވަރެއް ދިނަސް ފާޑު ކިޔާނެ. ސަބަބު ސާފު. ސިޔާސީފި ކުރު..
ލޮލޯ
ބިމުހެ ޖާގަ އޮވެ، އެހެން ހެދީމަ ކަޑަ. ނަމަވެސް، މިހާރު އެއޮތީ ހަދާފައެއްނު. އިބޫއަށް މީގެ ސޯޝަލް ހައުސިން ފޯރުކޮށްދެވެންދެން އަނގަމަޑުން ލައިގެން ހުރެބަލަ. ކޮންމެ މަހަކު މުސާރައިން 15،000 ރުފިޔާއަށް ކުލި ދައްކަ ދައްކާ މަ މިހުންނަން ޖެހެނީ.
ޚުލި
ބިމުގެ ޖާގަ އޮވެ ބޮޑު ކޮން ހެދީމަ ކޮންތާކު އެޖެހުނީ. މިހާރު ކުޑަފެމިލީއަ ކަށް ފިރިމީހާ އެ ކަނި ލާރިހޯދިޔަސް އުޅެވޭނެ. ދަރިން އު ކާލާފަ ވަޒީފާއަށް ނުދިޔަސް. ބޮޑު ކޮން ހެދީމަ 11000 ދައްކަންޖެހުނަސް ބޮޑު. ކޮންމެ ދެމަފިރިޔަ ކަށް ތިވަރު ތަނެއް އޯ ކޭ ނުވާންވީ ސަބަބެއްނެތް. ޢާނ. ށިޓިންގރޫމްގަ ނިދާފަ ކޮޓަރި ކުއްޔަށް ދޭން އުނދަގޫވެދާނެ. ބޮޑުތަން ބޭނުންވާމީހުނަށް ފެންވަރުގެ ތަންތަން ހަދަން ބިންދީފައެހުރީ.
ކާފަ
ދިވެހިންނަށް ކުލުނެއް ހުރެގެން ކުލި ބޮޑު ކުރަނީ އެ؟؟؟
ބަރޫ
ކަލޭމެން ކުދިން ކޮމެންޓް ކުރުމުގެ ކުރިން އެހެން ގައުމުތަކުގަ ހުންނަ ސޯޝަލް ހައުސިންގ ތައް ބަލާފަ އެއްޗެއް ކިޔާނީ އޯކޭ
ކިނބޫ
ރީނދޫ ގުންޑާއިންނާއި އެމީހުންނާ ބައިވެރި ވެގެން އަތްޖަހާ ބަޔަކު ތިބިއްޔާ ކޮނޑުހުޅުން ނެއްޓެންދެން އަތްޖަހާފަ ބަހައްޓާ.
ާއަހަރެން
ތިޔައްވުރެ ރީއްޗަށް ޑިޒައިން ކުރެވޭނެ. ހެޔޮނުވާނެ މީގެ ފަހުން ތްރީޑީ ނަހަދާތި ތިހެދި މީހަކު. އާކިޓެކްޓަކަށް ދީބަ!
ކިނބޫ
ޖީވަން ޝާހިދު ކުއްޔަށް ދީފަ ހުރި ގޮޅިތައް ފޮޓޯ ނަގާފަ ޖަހާދީބަލަ ހެޔޮނުވާނެ. އާދައިގެ އާންމު މީހުން ކުއްޔަށްދޭ ތަންތަންވެސް އެއަށްވުރެ ސަހަލު.
ބުއްޅަބެ
ދިވެހިރާއްޖޭ ގެ ސަރަހައްދުގެ 99 އިން ސައްތައަ ކީ ކަނޑު. ދެންތިޔަބުނާ ޖާގަ އޮތް ތަނެއްނޭގެ.
ލައިޝާ
ބިމުގެ ޖާގައިގެ ވާހަކައެއް ނޫން މިއީ އަސްލު. މިއީ ހަދާ ނިމިފައި ހުރި ތަނެއްގެ ވާހަކަ. ސްލޯލިހަށް މިއަށްވުރެ ރަނގަޅު ސޯޝަލް ހައުސިން ފޯރުކޮށްދެވެންދެން، އިތުރު ނެހެދުން ރަނގަޅުވާނީ. ކޮންމެ މަހަކު ލިބޭ މުސާރަ މާލޭގެ މިއަށްވުރެން ކުޑަ ވައިވެސް ލިބޭނެ ގޮތެއް ނެތް ތަނަކަށް ދެއްކުމަށްވުރެން، މިތަނަށް ކުޑަ އަގެއްގަ ދީ، މުސާރާއިގެ އެއްބައި ފޮރުވާ، ފިނި ވައި ޖެހުން މާ ހިތްހަމަ ޖެހޭ.
ބަޖިޔާ
ފިތިބާރުވެގެން ނޭވާނުލާދޯ ތިބެންޖެހޭނީ. ނޭވާ ލާންވީމަ ކުޑަދޮރުން ބޭރަށް ބޯދިގުކޮށްފަ ދޯ ލާންވީ. ދިޔަރެސް އިން ކިތައްމެ ޑިޒައިންތަކެއް ހަދާފަލިޔަސް އެތަންބޮޑެއްނުވާނެ.
ފަރީޝާ
ލޮކްޑައުންގަ އުޅޭތާ މިހާރު 3 މަސް މިވަނީ. މަ މާލޭގައި 14500 އަށްދޭ، ތަނެއްގައި މިއުޅެނީ، އެއްވެސް ވައިޖެހޭ ކުޑަ ދޮރެއް ނުހުރޭ!!!!! ވައި ލިބެން ހަދާފަ ހުންނަ 2 ވައިގޮޅީގައި އެހެން ފްލޯގަ އުޅޭ މީހުން އެސީ. ވައިގޮޅީގެ ދޮރު ހުޅުވާލާއިރަށް އަންނަނީ އެއޭސީތަކުގެ ހޫނު ހޫނު ވައި. މާލޭގެ ގެތަކަކީ އަސްލު އިންސާނިއްޔަތާއިވެސް ހިލާފަށް ހަދާފަ ހުންނަ ތަންތަން. ----- ހިޔާ ފްލެޓް ކުޑަވިޔަސް، މާލެގެ ކުއްޔަށް ހިފަންޖެހޭ ތަންތަނުގެ ނިސްބަތުން، އެތައް ގުނަ ބޮޑުވެފަ ކުލި ކުޑަ. އަދި ކޮންމެ ކޮޓަރިއެއްގައި ބޭރަށް ވާ ގޮތަށް އެބަހުރި ކުޑަ ދޮރު. އެއީ ވަރަށް ބޮޑު މިންވަރު.
ޚުލި
ޜާއްޖޭގެ އެވްރެޖް ނިސްބަތަ ކީ 2 ކިޑްސް. 4 މީހުނަށް 6000 ދީގެން އުޅން އައުލާ ކަންބޮޑު 18000 އަށް 2 ރޫމް ތަނެއްނަގާފަ 1 ކޮޓަރި ރެންޓްކ ކުރޔމަށްވުރެ. މިހާރު 18000 ކުލި 2 ކޮޓަރިއަށްދޭން 2 މީހުން ލާރިހޯދުމުގަ، ދަރިން އުޅެނެގޮތަކަސް އުޅެންވީ. ނޯ ޗޮއިސް. މަށަށްދީ ތިދެ ކޮޓަރި. ވ އުފާވާނެ ގޭގަ އިނދެވެންޔާ
ލޮލު ބޭސް
ތި ފުލެޓުތައް ބޭނުންވާ މީހުނައްދީ... ލަގްޒަރީ އެޕާޓްމަންބޭނުން މީހުނައް އެބުނާތަނެއް ފެންނާނީ ފައިގެ ފުންނާބުން