Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސަރުކާރުން ދަތުރުތަކަށް 49.1 މިލިއަން ރުފިޔާ ހަރަދުކޮށްފި

ސަރުކާރުން ދަތުރުފަތުރު ކުރުމުގެ ހަރަދަށް 49.1 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ދައުލަތުގެ މާލީ ހިސާބުތަކުންނެވެ. މިގޮތުން 1 ޖެނުއަރީ 2020 އިން ފެށިގެން 11 ޖޫން ގެ ނިޔަލަށް ދަތުރުތަކަށް ސަރުކާރުން ވަނީ 49.1 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މަދު އަދަދެކެވެ. މިގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 82.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެެވެ. ސަރުކާރުން މި އަހަރު ދަތުރުތަކަށް 237.8 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.
މިދިޔަ އަހަރުވެސް ދަތުރުތަކަށް ކަނޑައެޅި ބަޖެޓު ހުސްވެ ބަޖެޓުގެ ބޭރުންވެސ ދަތުރުތަކަށް ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ. މިއަހަރު ބޮޑު ބަޖެޓެއް ދަތުރުތަކަށް ކަނޑައަޅާފައިވީ ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއަށް ބޭރުގެ ފްލައިޓުތައް އައުން ވަނީ އެއްކޮށް ހުއްޓާލާފައެވެ. އެހެން ކަމުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ފުރުސަތު އެއްކޮށް ހެން ވަނީ ބަންދުވެފައެވެ.
ސަރުކާރުން އަބަދުވެސް ބުނަމުންދަނީ ސަރުކާރުގެ އިސް އޮފިޝަލުން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނީ ރާއްޖެއަށް އެހީ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އަދި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ ވަރަށް މަދު މިންވަރެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ