ސްކޫލް ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް މެދުކަނޑާލައިފި

މަރިޔަމް ލީނާ 16 ޖޫން 2020 08:17
Flowers
ސްކޫލް ދަރިވަރުން ނާސްތާ ކުރަނީ. ފޮޓޯ: އަވަސް

ސްކޫލް ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް މެދުކަނޑާލަން ސަރުކާރުން ނިންމައިފިއެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ވައުދެކެވެ. ފުރަތަމަ މަދު ސްކޫލްތަކެއްގައި އެ ޕްރޮގްރާމް އިފްތިތާހު ކުރުމަށްފަހު މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން 203 ސްކޫލެއްގައި ނާސްތާ ދޭންފެށިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެކި ފަރާތްތަކަށް ވިޔަފާރި އުސޫލުން އެކަން ކުރަން ހަވާލުކޮށްގެންނެވެ.

ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގައި ކިޔަވާ ދިނުން މެދު ކަނޑާލާފައިވާއިރު ސަރުކާރުން ދަނީ ބަލި ނެތް ރަށްރަށުގައި އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލްތައް ހުޅުވަން މަސައްކަތް ކުރަމުންނެވެ. ނާސްތާ ޕްރޮގްރާމް މެދުކަނޑާލަން އުޅޭކަން އިއުލާން ކުރައްވަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މިދުވަސްވަރު، ގެއިން ރަނގަޅަށް ނާސްތާކޮށްގެން ދިޔުން ރަނގަޅުކަމަށެވެ. އަދި ދަރިވަރުން އަމިއްލައަށް ގެއިން ފެންފުޅި ގެންދަންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

"ސުކޫލަށް ދަރިވަރުން ފޮނުވާއިރު ގެއިން ކައިގެން ދާ ގޮތަކަށް މިހާރު ހަމަޖެހިފައި އޮތީ، އެއީ ކޮވިޑްގެ ކުރިން ސުކޫލްތަކުން ދެމުން އައި ނާސްތާ މި ދުވަސްކޮޅު މެދުކަނޑާލުމުން ގެއިން ރަނގަޅަށް އެއްޗެއް ކައިގެން ދިއުން އެއީ ވަރަށް މުހިންމު ކަމެއް. އަދި ގެއިން ބޯނެ ފެންވެސް ހިފައިން ދިއުން މުހިންމު،"

ނާސްތާ ޕްރޮގްރާމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރާއިރު، ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ވިޔަފާރި އުސޫލުން އެ މަސައްކަތް ކުރަން ގިނަ ރަށްރަށުގައި ހަވާލުކޮށްފައިވަނީ އެ ރަށްރަށުގެ އެމްޑީޕީ އެކްޓިވިސްޓުންގެ ކުންފުނިތަކަށެވެ. 

ކިޔުންތެރިންގެ ހިޔާލު