ރައީސް ނަޝީދަށް އަމާޒުކުރައްވައި ޣައްސާން ބަހުގެ ހަމަލާއެއް ދެއްވައިފި

ޙުސައިން އަފްޝަން 15 ޖޫން 2020 13:28
Flowers
ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫން

ހުތުރު އިބާރާތްތަކުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ޑރ.ވަޙީދަށް ނިސްބަތްކުރައްވައި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ދަރިކަނބަލުން ޓުވީޓުކުރެއްވުމުން ބައްޕާފުޅުގެ ދިފާޢުގައި، ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫން ޓުވީޓުކުރައްވައިފިއެވެ. 

ރައީސް މައުމޫނާއި ރައީސް ނަޝީދަކީ މިހާރު މިއޮތް ސަރުކާރު ވެރިކަމަށް ގެންނެވުމުގެ މޭސްތެރިންނެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫނު އެމަނިކުފާނުގެ ބައްޕާފުޅުގެ ދިފާޢުގައި ޓުވީޓުކުރެއްވީ ރައީސް ނަޝީދުގެ ދަރިކަނބަލުން ވަރަށް ހުތުރު ޢިބާރާތްތަކުން ރައީސް މައުމޫނާ މުޚާޠަބުކުރައްވައި ޓުވީޓެއް ކުރެއްވުމާ ގުޅިގެންނެވެ. 

ޣައްސާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބުނަން ބޭނުންވާ އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން މެދުވެރިކޮށް ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތެއް ކަމުގައެވެ. އަދި ޣައްސާނުގެ ބައްޕާފުޅު އަތުޖެހުމަށްފަހު ޑރ.ވަޙީދު އަތުޖެއްހިއްޖެނަމައޭ ވިދާޅުވެ ރައީސް ނަޝީދުގެ ދަރިކަނބަލުން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ޣައްސާން ވިދާޅުވީ، ރައީސް މައުމޫނުގެ ކުރިފުޅުމައްޗަށް ވަޑައިގަތުން އެއްކިބާގައި ބޭއްވުމަށްފަހު، ޚިދުމަތުގައި ބައްޕާފުޅު ހިންގެވި މަގަކުންވެސް ނުހިނގޭނެ ކަމުގައެވެ. 

އަދި ޣައްސާނުގެ ޓުވީޓު ނިންމަވައިލައްވަމުން ވިދާޅުވެފައިވަނީ ބައްޕާފުޅަށާއި ޢާއިލާއަށް ޢާއިލާއިން ބޭރުން ދޭ ކޮންމެ ހަމަލާއަކުން ދިފާޢުކުރައްވާނެ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙިކުމަތު
ހަގީގަތުގައި މައުމޫންގެ ދަރިންގެ ތެރެއިން ސިޔާސީ ބުރަދަނެއް ހުރީ މި ދަރިގައިގަ. މިއީ މައުމޫނުފަދަ ހިކުމަތްތެރިއެއް
ދިލްކޮކީ
ސާބަހޭ ދަރިޔާ
ދިލްކޮކީ
ސާބަހޭ ދަރިޔާ
ހަލީ
ތީ ވަރަށް ބޮޑު ތެދެއް. އަދި އަޚްލާޤީ ގޮތުން ބެލިނަމަވެސް ނަޝީދު ހުންނާނީ މާފަހަތުގަ.
ޢަލީ
ސާބަހޭ ދަރިޔާ. ދިވެހި ސިފައިންނާ ފުލުހުން މިތިބޭ ބުރަދަނެއް ނެތް ބާޣީ ޢާއިލާއާއި ކުރިމަތިލުމަށް ތައްޔާރަށް