Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޝިޔާމަށް ހަމަލާދިން މައްސަލަ މަޖިލިހުގެ ކޮމިޓީން ބެލުމަކީ ފުލުހުންނަށް ނުފޫޒުފޯރުވުން: ޑރ.ޖަމީލް

ޖޫން މަހުގެ 1 ވަނަ ދުވަހު ދަންވަރު ބޭއްވި ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އެމްޑީޕީ މެންބަރުން ހަމަލާދިން މައްސަލަ މަޖިލިހުގެ ކޮމިިޓީއަކުން ބެލުމަކީ ފުލުހުންގެ ތެރެއަށް ނުފޫޒު ފޯރުވުން ކަމުގައި ކުރީގެ ނައިބުރައީސް ޑރ.ޖަމީލް ވިދާޅުވެއްޖެއެވެ.
Speaker @MohamedNasheed’s tyranny continues after violent crime against MP @Shiyamaldives on the floor on the Speaker’s orders. Trying to have a Majlis committee investigate the matter is an attempt to influence police probe. @IPUparliament @EU_Maldives @USAmbSLM @UKinMaldives pic.twitter.com/XVYahjnNSC— Mohamed Jameel Ahmed (@MJameelAhmed) June 15, 2020

އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމަށް ހަމަލާދީ އެމަނިކުފާނާ މާރާމާރީ ހިންގާފައިވަނީ އެމްޑީޕީގެ މެންބަރުންނެވެ. އެއީ އެރޭގެ މަޖިލިހުގެ ޖަލްސާއަކީ ޣައިރު ޤާނޫނީ ޖަލްސާއެއް ކަމުގައި ވިދާޅުވެ ނިޒާމީ ނުކުތާއެއް ނެންގެވުމުން، ޤަވާޢިދުގައި ކަންކުރުމަށް ބުނެފައި އޮންނަ އުޞޫލުތަކާ ޚިލާފަށް ޝިޔާމުގެ ނަން މަޖިލިހުގެ ރިޔާސަތުން އިއްވެވުމުން ނުކުމެވަޑައިނުގެން މަޑުކުރެއްވުމުން މަޖިލިހުގެ އެމްޑީޕީ މެންބަރުން އެމަނިކުފާނު ގަދަކަމުން މަޖިލިހުގެ ތަޅުމުން ބޭރުކުރުމުގެ ތެރޭގައެވެ.
މެންބަރު ޝިޔާމު މަޖިލިހުގެ ތަޅުމުން ބޭރުކުރުމަށް މަސައްކަތްކޮށްފައިވަނީ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަންގަވައިގެން އެމަނިކުފާނުގެ އަމުރުފުޅާ އެއްގޮތަށް ކަމުގައި އިދިކޮޅު މެންބަރުން ބުނެފައިވެއެވެ. އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ.ޖަމީލު ވިދާޅުވެފައިވަނީ ޝިޔާމަށް މަޖިލިހުގެ ތަޅުމުގައި އަނިޔާވެރި ހަމަލާތަކެއް ދިނުމަށްފަހު މިހާރުވެސް މަޖިލިހުގެ ރައީސް ރައީސް ނަޝީދުގެ ޚުދުމުޚުތާރުކަން ކުރިއަށް އެބަދާ ކަމުގައެވެ.
އަދި އޭގެ އިތުރަށް ޖަމީލު ވިދާޅުވީ ޝިޔާމަށް ހަމަލާދިން މައްސަލަ މަޖިލިހުގެ ކޮމިޓީއަކުން ބެލުމަކީ ފުލުހުންގެ އިޚުތިޞާޞުގެ ތެރެއަށް ވަދެ ފުލުހުންގެ ތަޙުޤީޤަށް ނުފޫޒު ފޯރުވާން މަސައްކަތްކުރުން ކަމުގައެވެ.
މި ލިއުމާއި ގުޅޭ