ދޮންބިލަތް ހަލީމް އިހާނެތި ބަސްތަކެއް ރައީސް މައުމޫނަށް އަމާޒުކޮށްފި

އިބްރާހިމް އާދަމް 15 ޖޫން 2020 10:26
Flowers
ރައްޔިތުން މަޖިލިހުގެ ބިލެއްދޫ ދާއިރާ މެންބަރު އަޙްމަދު ޙަލީމް

ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިންގެ ތެރެއިން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް ނިސްބަތްކޮށް ރައްޔިތުން މަޖިލިހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް) ވަރަށް އިހާނެތި ބަސްތަކެއް ވިދާޅުވެއްޖެއެވެ. 

ޙަލީމް މިފަދައިން ވާހަކަދެއްކެވީ މަޖިލިހުގައި ހުށަހެޅިފައިވާ ކުއްލި މައްސަލައަކާ ގުޅިގެން ވާހަކަދައްކަވަމުންނެވެ. އެއީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކަށް އެމްޑީޕީ އެކްޓިވިސްޓަކު ހަމަލާދިން ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެން މަޖިލިހަށް ހުށަހެޅުނު ކުއްލި މައްސަލާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ޙަލީމް ވިދާޅުވީ އެންމެ ފުރަތަމަ ޑޮކްޓަރުކަން ޙާޞިލުކުރެއްވި ބޭފުޅަކީ ވަޙީދު ކަމުގައިވާތީ އެމަނިކުފާނު ވެރިކަންކުރައްވަން ޖެހިވަޑައިގަންނަވާ ކަމުގައި ޤަބޫލުކުރައްވައިގެން އެކަމަށް މަސައްކަތްކުރެއްވި ކަމުގައެވެ. 

އަދި އޭގެ އިތުރަށް އެގޮތަށް ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވީ ވެންޓިލޭޓަރުގައި އޮންނަވައިގެންވެސް ޕާޓީ ހައްދަވައިގެން އުޅުއްވާ ބޭފުޅުންނާ ގުޅިވަޑައިގެން ކަމުގައި ޙަލީމް ވިދާޅުވިއެވެ. "ޢިއްޒަތްތެރި ރައީސަށް އެނގިވަޑައިގަންނަވާނެ މިރާއްޖޭގައި ވެންޓިލޭޓަރުގައި އޮވެގެންވެސް ވެރިކަންކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އިއްޔެގަ ބަޔާން ނެރުއްވި. އަޅުގަނޑަށް ހީވަނީ އޭގެ ތެރެއިން އެއް ބޭފުޅަކު އޮންނަވާނީ ވެންޓިލޭޓަރުގައި ހެން. އަމިއްލަ ޙާލުގައި ހިންގަވާފައި ނޫޅުއްވޭ ބޭފުޅުން އެބަ ބަޔާން ނެރުއްވާ" ޙަލީމް ވިދާޅުވިއެވެ. 

އިއްޔެ ރައީސް ޑރ.ވަޙީދުގެ ދެމަފިރިކަނބަލުން ކަސްރަތުކުރެއްވުމަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް އެދެމަފިރިކަނބަލުންނާ ދިމާކޮށް ހަޑިހުތުރު ބަހުން މުޚާޠަބުކުރި މައްސަލާގައި އެކަން ކުށްވެރިކުރައްވައި މިސަރުކާރު ހިންގާ އިއްތިޙާދުގެ ބައިވެރިޔެއް ކަމުގައިވާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ޕާޓީ، އެމްއާރުއެމުންވަނީ ބަޔާނެއް ނެރެފައެވެ. އަދި ރައީސް މައުމޫނު އަމިއްލަފުޅަށް ކުރެއްވި ޓުވީޓެއްގައިވެސް އެޢަމަލު ކުށްވެރިކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ސަމަރޭ
ދޮންބިލަތް އަހުމަދު ވެންޓިލޭޓަރުގަ އޮންނަންޖހޭ ދުވަހަކަށް މަމިހުރީ ކެތްމަދުވެފަ. އެކަމަށް އެދި ދުޢާވެސް ކުރާނަން.
ދިލް ކޮކީ
ކަލޭތިހެން ފެލިފެލި ހުންނަން ޖެހޭނީ އޮންނާނީ ތިރީސް އަހަރު ވެރިކަން ކޮއްފަ ދެން ލަ ލާ
ދިލް ކޮކީ
މާދަން ކަލޭވެސް ވެންޓިލޭޓަރ އޮންނަން ޖެހިދާނެ!! އިރާދަކުރެއްވީޔާ ރައީސް މައުމޫނުގެ ހާލު ރަނގަޅު ނޫނީ ގުއްދޫސް މާކަޅޭ ކިޔާ މީހަކު ވެންޓިލެޓަރު އޮތީ ތޯއްޗެއް
ދޮން ފޯއް
ގުއްދޫސް ކަޅޭކިޔާ މީހަކު ވެންޓިލޭޓަރު ބޭނުން ކުރާނެ އެކަން މިޙަރުވެސް ފެންނަކަހަލަ
ާަަިިއަރާއިރު
ބަލަ ވެންޓިލޭޓަރުގަ އޮވެގެންވެސް ކަލޭމެން ވެރިކަމަށް ގެނައުމައް ބުރަމަސައްކަތް ތަކެއް ކޮއްދެއްވި މިއަދު އެކަން ހަދާން ނެތި ބޭނުން އެއްޗެއް ކިޔާ ތީ ހަމަ ފައްކާ ރުޑިއެއް🤬
ދޮންފޯތް
މީނަ ތެޔޮބިޑި ބޮއިގެން ފޮޓޯ ވެއްޓިފަ މަގުމަތީ ހުއްޓައި ރައީސް މައުމޫނުގެ ވެރިކަމުގަ ޖަލަށް ލީމަ އެކަމުގެ ހަސަދަ ފިލުވާލީ ހެންހީވޭ. ހަމައިގަ ހުރިހެނެއް ވެސް ހީއެއް ނުވޭ..
ޜޯމިރުސް
ކަލޭވެންޓިލޭޓަރުގެ އެހީގައި އޮވެ މިދުނިޔެއިން ނިމިދިއުމަށް ރައްބުލްކާއިނާތު އަމުރުކުރައްވާހުށީ ވާށޭ. ޢެނިމުނީ. ފައިސާޔާ ބޮޑު އަނގައޮވެގެން ކުޅެވޭނީ ފުޓުބޯޅަ. ދުންޔާ މައުމޫން ދެކެހިތާވިކަން ކަލޭ ދުލުން ބުނަންކެރުނުނަމަ މައުނޫނު އެކަމެއް އިންކާރެއް ނުކުރައްވާނެ. އެހެންމީހަކު ގެންދިޔާމަ އެދުވަހުއްސުރެ ހިތުގަ ޖެހުނުވަރު އަދިކިރިޔާ މިހާމަވީ. ޓޫލޭޓް... ސުއްޓާއެއް ހޯދާ ދަމާލަން
ޙާތްތެރި
ދިވެހި ރައްޔިތުން މިކަހަލަ ކަނޑުކޮހުން ހޮވުމަށް ގައުމު ތަރައްގީ ކުރާ ވަގަކު ހުރުން މާރަނގަޅު.