Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެގާރަ އަހަރުގެ އަންހެން ކުއްޖާ ރޭޕުކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި

ޢުމުރުން އެގާރަ އަހަރުގެ އަންހެން ކުއްޖެއް ގެސްޓު ހައުސަށް ގެންގޮސް ރޭޕުކުރި ކަމަށް ތުހުމަތުކުރެވޭ މީހާ 7 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.
ފާއިތުވި ބުދަ ދުވަހުގެ މާލޭގެ ގެސްޓު ހައުސަކަށް އަންހެން ކުއްޖަކު ގެންގޮސް ރޭޕުކުރި ކަމުގެ ތުހުމަތާ ގުޅިގެން ހައްޔަރުކުރި މީހާ ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ބަންދަށް 7 ދުވަހުގެ މުއްދަތު އިތުރުކޮށްފިއެވެ. "މިހާރު" ނޫހުން ބުނެފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ.ބާރަށު، އަނީސް ޙިލްމީ ކަމުގައެވެ.
ފުލުހުންގެ ކޮމިޝަނަރު މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މިމައްސަލާގައި ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް އެދިފައިވާ ކަމުގައެވެ. ނަމަވެސް އޭނާ މިއަދު މުއްދަތު ޝަރީޢަތަށް ހާޒިރުކޮށް ޖަހާފައިވަނީ 7 ދުވަހެވެ.
ކުޑަކުއްޖާގެ ރޭޕްގެ މައްސަލަ ބަލަމުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ރޭޕްކުރީ އެ ކުއްޖާ މަގުމައްޗަށް ނުކުތް ތަނުން، މަގުމަތީގައި ހުރި މީހަކު އެ ކުއްޖާ ގެސްޓް ހައުސްއަކަށް ގެންގޮސްނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައެވެ.
މި ލިއުމާއި ގުޅޭ