Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްއާރުއެމް އިން ކުއްލި ބައްދަލުވުމެއް ބާއްވައިފި

ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ހިންގާ ކޮމިޓީއިން ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވީ އޮންލައިންކޮށެވެ. ރައީސް މައުމޫން ވަނީ މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު ދަންނަވައި ބައްދަލަވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ.
އެމްއާރުއެމްއިން މިފަދަ ބައްދަލުވުމެއް ބޭއްވި އިރު އެ ޕާޓީގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި އާތިފާ ޝަކޫރު ވަނި މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ބައެއް މަސްދަރު ތަކުން ބުނާގޮތުން އެ މަޤާމަށް ދެން ވަޑައިގަންނަވާނީ ރައީސް މައުމޫން ގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫންއެވެ. ނަމަވެސް އެމްއާރުއެމްއިން މިކަމާއި މެދު އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ.
އާތިފާ އިސްތިއުފާ ދެއްވާފައިވާއިރު، ރައީސް ނަޝީދު ދަނީ އެ މަޤާމަށް މާލޭގެ މޭޔަރު ޝިފާ ގެނައުމަށް މަސައްކަތް ކުރައްވަމުން ކަމަށް މައުލޫމާތުލިބެއެވެ.
މި ލިއުމާއި ގުޅޭ