Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަނެއްކާވެސް ޗައިނާގެ އިތުރު އެހީތަކެއް ރާއްޖެއަށް ލިބިއްޖެ

ކޮވިޑު-19 އާއި ގުޅިގެން ޗައިނާގެ އިތުރު އެހީތަކެއް ރާއްޖެއަށް ލިބިއްޖެއެވެ.
ޗައިނާ އިން މިއަދު ފޮނުވި އެހީގެ ސާމާނުގެ ތަފްސީލު ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ހޮންގް ވަނީ ހާމަކުރައްވާފައެވެ.
މިގޮތުން މިއަދު ލިބުނު އެހީގެ ތެރޭގައި ހިމެނެނީ 5000 ފޭސް މާސްކާއި، 50،000 ސާރޖިކަލް މާސްކާއި، 5000 ކަވަރއޯލް އާއި، 5000 ގޮގުލްސްއެވެ.
މީގެ ކުރިންވެސް ޗައިނާއިން ވަނީ ގިނަ އަދަދަކަށް އެހީގެ ސާމާނު ރާއްޖެއަށް ފޮނުވާފައެވެ. ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޗައިނާއިން ކަން ފާހަގަކުރެވެއެވެ.
މިގޮތުން ހުޅުމާލޭގައި ބައެއް ފެސިލީޓިސް އެޅުމަށްވެސް ޗައިނާއިން ވަނީ އެހީތެރިވެފައެވެ.
މި ލިއުމާއި ގުޅޭ