Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮންމެ ދުވަހަކަށް އެމްސީ ހަދަން ޖެހުން ވާނީ ބޮޑު ތަކުލީފަކަށް، އުސޫލުތައް ބަދަލުކުރަންވީ މިޒަމާނަށް: ޣައްސާން

ބަލިވެގެން ވަޒީފާ އަށް ނުދެވޭ ކޮންމެ ދުވަހަކު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭގޮތަށް ވަޒީފާގެ ޤާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާތީ އެކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ފާޑުވިދާޅުވެއްޖެއެވެ.
މިގޮތުން ޣައްސާން ވިދާޅުވީ، ކުއެންޓިފައި ކުރެވޭ ބައްޔެއް ވެގެން ނޫންނަސް، ސަލާމް ބުނަން ޖެހިދާނެކަން ވަޒީފާ އަދާ ކުރާ އެންމެން ދަންނާނެކަމަށެވެ. އަދި ކޮންމެ ދުވަހަކަށް އެމްސީ އެއް ހަދަން ޖެހުން ވާނީ ބޮޑު ތަކުލީފަކަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.
"ކޮންމެ ދުވަހަކަށް އެމްސީއެއް ހަދަން ޖެހުން ވާނީ ބޮޑު ތަކުލީފަކަށް. އެފިޝިއެންސްީ ދައްވާ ކަމަކަށް" ޣައްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ޣައްސާން ވިދާޅުވީ ޤައުމު ދާންވީ ކުރިއަށް ކަމަށާއި އުސޫލުތައް ބަދަލު ކުރަންވާނީ މި ޒަމާނަށް ފެތޭގޮތަށް ކަމަށެވެ. އަދި އުސޫލުތައް ހަދަންވާނީ 1800 ވަނަ އަހަރަކަށް ނޫންކަމަށް ޣައްސާން ވިދާޅުވިއެވެ.
މި އިސްލާހާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
މި ލިއުމާއި ގުޅޭ