ހިޔާ މަޝްރޫޢާ ގުޅިފައިވާ ރައީސް ޔާމީނުގެ ތަޞައްވުރު ކުރީގެ ޗީފް އޮފް ސްޓާފް ވިދާޅުވެދެއްވައިފި

އާމިނަތު ޝިމާ 8 ޖޫން 2020 17:23
Flowers
ހިޔާ މަޝްރޫޢުގެ ފުލެޓުތައް

ހިޔާ މަޝްރޫޢާމެދު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ގެންގުޅުއްވި ތަޞައްވުރަކީ ކޮބައިކަން އެމަނިކުފާނުގެ ޗީފް އޮފް ސްޓާފުގެ ގޮތުގައި މަސައްކަތްކުރެއްވި އަޙްމަދު މުޞްޠަފާ ވިދާޅުވެދެއްވައިފިއެވެ. 

މުޞްޠަފާ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ 500 އަކަފޫޓުގެ އެޕާޓުމެންޓެއް ރައީސް ޔާމީން މަހެއްގެ މައްޗަށް 5،000 ރުފިޔާއަށް ދިނުމަށް ނިންމެވީ އެމިންވަރަށް އެޕާޓުމެންޓު ލިބުމުން މިހާރު މަހެއްގެ މައްޗަށް 20،000 ރުފިޔާއާ ގާތް ޢަދަދަކަށް ޚަރަދުކޮށްގެން އެއަށްވުރެ ދަތި ތަންތަނުގައި ދިރިއުޅޭ ފަރާތްކަށް، ބޮޑު ލުއެއް ލިބޭނެތީ ކަމުގައެވެ. އަދި އެފަރާތްތަކަށް ސަލާމަތްކުރެވޭ ފައިސާއިން އިތުރު ކަންކަމަށް ހޭދަކުރާނެ ބާރު ނުވަތަ ޕާޗޭސިން ޕަވަރ ލިބޭނެ ކަމަށެވެ. 

މުޞްޠަފާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިވަގުތު މާލެއިން އެއް ކޮޓަރީގެ 200 އަކަފޫޓުގެ ތަނެއްވެސް ލިބެނީ 10،000 ރުފިޔާއަށްވުރެ އަގު ބޮޑުކޮށެވެ. އެހެންކަމުން 500 އަކަފޫޓުގެ ތަނެއް 5،000 ރުފިޔާއަށް ލިބުމަކީ މިހާރު ބާޒާރުގައި އެބޮޑުމިނުގެ އެޕާޓުމެންޓު ލިބޭ އަގަށްވުރެ ދެގުނަ އަގުހެޔޮވުން ކަމުގައި މުޞްޠަފާ ފާހަަގަކުރެއްވިއެވެ. 

އަދި މިސާލެއްގެ ގޮތުން މިހާރު 20،000 އަށް އެޕާޓުމެންޓު ކުއްޔަށް ހިފައިގެން އުޅޭ ޢާއިލާއަކަށް 5،000 ރުފިޔާއަށް ތަނެއް ކުއްޔަށް ލިބުމަކީ އާމްދަނީގެ ތެރެއިން 15،000 ސަލާމަތްކުރެވި އިތުރު ކަންކަމަށް ހޭދަކުރެވޭނެ ކަމެއް ކަމުގައި މުޞްޠަފާ ވިދާޅުވިއެވެ. 

މުޞްޠަފާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ ތަޞައްވުރަކީ އެއީއެވެ. މީހުން ބޯހިޔާވަހިކަމަށް ހޭދަކުރާ މިންވަރު ކުޑަކޮށް އިތުރު ކަންކަމަށް ހޭދަކުރާ ފައިސާގެ ޢަދަދު އިތުރުވުމެވެ. މީހުންނަށް އާމްދަނީން ސަލާމަތްކޮށްދެއްވާ ފައިސާ އެމީހުން އިޤުތިޞާދުގައި ހޭދަކުރުމުން އިޤުތިޞާދު ރަނގަޅުވެ ދައުރުކުރާ ފައިސާ އިތުރުވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވިކަމަށް މުޞްޠަފާ ވިދާޅުވިއެވެ. 

މުޞްޠަފާ އިތުރަށް ސަރުކާރަށް ކުރިމަތިކުރެއްވި ސުވާލަކީ ހިޔާ ފުލެޓުތައް ކުޑަވެގެން އެތަންތަން ލިބިފައިވާ އެއްވެސް މީހެއް ދޫކޮށްލިތޯ ކުރެއްވި ސުވާލެވެ. އަދި އެ ސުވާލުގެ ޖަވާބުގައި މުޞްޠަފާ ވިދާޅުވީ ހިޔާ މަޝްރޫޢު ފުލެޓުތައް ލިބުމުން އަތްމަތި ތަނަވަސްވާނެ މިންވަރު މީހުންނަށް ވިސްނޭތީ މީހުން އެތަންތަން ދޫކޮށްލަން ބޭނުންނުވާ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު
ނާއިފް
އެމްޑީޕީ މީހުން ފްލެޓަށް ވަންނަން ލަދުގަންނަން ޖެހޭނެ މިހުރިހާ އެއްޗެއް ކިޔަމުން.
ރައްޔިތުމީހާ
ތިތަންތަން ބޮޑެތި ވާވަރަކަށް އަގުވެސް ބޮޑުވާނެ. އޭރުން ތަން ތަނަވަސް ވީމަ އަނެއްކާވެސް މަހުޖަނުންތައް ތިތަނާ ދިމާކުރާނީ. އެއަށްވުރެ އެމީހުން ބޭނުން ނުވާނެކަހަލަ ގޮތަކަށް ހެދީމަ ނިކަމެތި މީހާ ބޭނުންވާރޭޓުގައި ތަން ދެވޭނެ. މިހާރުވެސް ގެދޮރު ހުންނަމީހުން ތަނެއްގަ ވިއްކާ ހުރިހާ ފްލެޓްތައް ގަންނަނީ. ޔާމީނުގެ ވިސްނުން ވަރަށް ރަނގަޅު މިކަމުގަ. އަޅުގަނޑު އަޑުއެހިން ޔާމީނުގެ ކެބިނެޓުގެ ބޭފުޅަަަަކު ވެރިކަމުގެ ދުވަސްވަރު 2018 ގެ މެދެއްހިސާބުގަ ވިދާޅުވިއަޑު ކުރިޔަށް އޮތް 5 އަހަރުތެރޭގަ އިރާދަކުރެއްވިއްޔާ ރާއްޖޭގައި ތިމަންގެ އަމިއްލަ ހިޔާވަހިކަމެއް ނެތޭ ބުނެވޭނެ 18 އަހަރު ފުރިފައިވާ ދިވެހިރައްޔިތަކު ނުހުންނާނެއޭ. އެއީއޭ ތަޞައްވުރަކީ. އެހިސާބަށް ދާއިރު ޞިއްޙީ ކަންކަން އޮންނާނީ ފުރިހަމަ ވެފައިކަމަށާާާާއި ޟަރޫރީ ކަންކަން ފުރިހަމަވީމާ ދެން އެހެން ކަންކަން ކުރަން ފަސޭހަ ވާނެކަމަށް. ޔާމީންމެންގެ އެންމެެ ބޮޑު މައްސަލައަކީ ފުރިހަމަ ތަޞައްވުރެއް އޮވެ ރައްޔިތުންނާ ހަމައަށް އެ ހުށަހަޅައިނުދެވުން. މިހާރު ތަޞައްވުރު އާންމުކޮށް ކިޔަން ފެށީީ އަދިކިރިޔާ.
ދދދދ
ބަރާބަރު! މަގޭ ކޮތަރުކޮށި މަށަށް ދީ! ފޭރިގަންނާނީކީ ނޫން.
ދިފާއު
ދެން މީގެ ކުރިން އެޅި ފުލެޓުތައް ދީގެން އެމީހުން އަތުން ހުރިހާ ފައިސާއެއް ޚަރަދު ކުރަނީ ފުލެޓަށްތަ؟ ދެންތިބީ ތިހީކުރަނީ މޮޔައިން ކަމަށްތަ؟