Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަޖިލިސް ކޮމިޓީތަކުގެ ރިޕޯޓުތަކުގެ ޚުލާޞާއެއް ރައީސް ޞާލިހަށް އަރުވައިފި

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޖިލިހުން ދެކޭ ގޮތް ބަޔާންކޮށް ސަރުކާރަށް ލަފާއެއް ދިނުމަށް މަޖިލިހަށް ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލިހުގެ ކޮމިޓީތަކުން ތައްޔާރުކުރި ރިޕޯޓުތަކުގައި އެކުލެވޭ ހުށަހެޅުންތަކާއި ނަތީޖާތަކުގެ ޚުލާޞާއެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.
ރައްޔިތުން މަޖިލިހުގެ ފަރާތުން މިޚުލާޞާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވީ ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މިރިޕޯޓު އަރުވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮތް ބައްދަލުވުމެއްގައެވެ.
މަޖިލިހުގެ 13 ކޮމިޓީއަކަށް މައްސަލަ ހުށެހެޅީ އެމައްސަލަ މަޖިލިހުގައި ފުޅާ ދާއިރާއެއްގައި ދިރާސާކުރެވިފައިވެއެވެ. އަދި މަޖިލިހުގެ ކޮންމެ ކޮމިޓީއަކުންވެސް އެކޮމިޓީއެއްގެ ދާއިރާގެ ތެރޭގައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަަވަޅުތައް ދިރާސާކޮށް ކޮމިޓީއަށް ފެންނަ ގޮތްތައް ބަޔާންކޮށް ހުށަހެޅުންތައް ހިމަނައި ފާހަގަކުރެވުނު ނުކުތާތަކަށް އަލިއަޅުވައިލާ ރިޕޯޓުތައް ތައްޔާރުކޮށްފައިވެއެވެ.
ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ކުރިން ވިދާޅުވީ ހުރިހާ ރިޕޯޓެއް އެއްކޮށްލުމަށްފަހު ފޮތެއްގެ ގޮތުގައި ޝާއިޢުކުރައްވާނެ ކަމުގައެވެ. ނަމަވެސް މިއަދު އޮތް މަޖިލިހުގެ ޖަލްސާގައި އެމަނިކުފާނު އިޢުލާނުކުރައްވާފައިވަނީ ކޮމިޓީތަކުގެ ރިޕޯޓުތައް ޚުލާޞާކޮށް އެއް ރިޕޯޓަށް ގެންނަވައި އެރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އަރުވާނެ ކަމުގައެވެ.
ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ރައްޔިތުން މަޖިލިހުގެ ރައީސް އަރިހުގައި މަޖިލިހުގެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިއުމާއި ގުޅޭ