Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ތެޔޮ އުފައްދާ މިންވަރު ރެކޯޑު މިންވަރަކަށް ދަށްކުރަން އޯޕެކުން ނިންމައިފި

ތެޔޮ އުފައްދާ މިންވަރު ރެކޯޑު މިންވަރަކަށް ދަށްކުރަން އޯޕެކާއި ރަޝިޔާއިން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ، މީގެ ކުރިން އޯޕެކް ގެ ޤައުމުތަކާއި ރަޝިޔާއިން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމުން، ތެޔޮ ފީފާއެއްގެ އަގު 40 ޑޮލަރަށް އުފުލިފައިވަނިކޮށެވެ. މިހާރު އޯޕެކާއި ރަޝިޔާއިން ނިންމާފައިވަނީ ދުވާލަކު 10 މިލިއަން ފީފާ ތެޔޮ އުފެއްދުން މަދުކުރުމަށެވެ. އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމު ކަމަށްވާ ސައުދީ އަރަބިއްޔާ އާއި ރަޝިޔާއިން މީގެ ކުރިން ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރު ކުރުމުގެ ސަބަބުން މާޗު މަސް ތެރޭ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އެކަމާއި ގުޅިގެން ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް މަޝްވަރާ ކުރެވި ތެޔޮ އުފައްދާ މިންވަރު އޭޕްރިލް އިން ފެށިގެން ދަށްކުރެވުނެވެ.
އަދި ހުކުރު ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި އޭޕްރިލް މަހު އެއްބަސްވި ވަރަށްވުރެ ވެސް ބޮޑަށް ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އޯޕެކާއި ރަޝިޔާއިން ވަނީ އެއްބަސްވެފައެވެ. އަދި އެގޮތަށް ޖުލައި މަސް ނިމެންދެން ދަމަހައްޓާނެ ކަމަށް އޯޕެކުން ވަނީ ހާމަކޮށްފައެވެ.
ތެޔޮ އުފައްދާ މިންވަރު ދަށްކުރި ނަމަވެސް، އޯޕެކު ޤައުމުތަކުން މަސައްކަތް ކުރަނީ ތެލުގެ އަގު ކުއްލިއަކަށް މާ ބޮޑަށް މަތި ނުކުރުމަށެވެ. ސަބަބަކީ ކޮވިޑު-19 އާއި ގުޅިގެން ގިނަ ޤައުމުތަކަށް އިޤްތިސާދީ ކާރިސާތަކާއި ކުރިމަތިވެފައިވާތީއެވެ.
ކޮވިޑު-19 އާއި ގުޅިގެން ތެލުގެ ވިޔަފާރި ކުރާ ޤައުމުތަކަށްވެސް ވަނީ ތާރީހުގައިވެސް ދިމާނުވާފަދަ ބޮޑެތި ގެއްލުންތައްވެފައެވެ. ޤައުމުތައް ފުރަބަންދު ކުރުމުން ތެލަށް އޮންނަ ޑިމާންޑުވަރަށް ބޮޑަށް ކުޑަވެ ތެލުގެ އަގު ވެއްޓުނެވެ. ނަމަވެސް މިހާރު ޤައުމުތަކުން އިޤްތިސާދު ހުޅުވަމުން ދާއިރު ތެލަށް އޮންނަ ޑިމާންޑުވެސް ދަނީ އިތުރުވަމުންނެވެ.
މި ލިއުމާއި ގުޅޭ