ޓެސްޓު ނުހަދާ ކަރަންޓީނުން ދޫކޮށްލަނީ

މަރިޔަމް ލީނާ 6 ޖޫން 2020 22:41
Flowers

ކޮވިޑު-19 އާއި ގުޅިގެން ކަރަންޓީނު ކުރެވޭ ފަރާތްތައް ދޫކޮށްލާއިރު ދެން ޓެސްޓު ނުހަދާނެ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

މިގޮތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، ދެން ކަރަންޓީނުން ދޫކޮށްލާއިރު ޕީސީއާރު ޓެސްޓު ނުހަދާނެކަމަށެވެ. ނަމަވެސް ދިފާއީ ނިޒާމު ދަށް މީހުން މީގެއިން އިސްތިސްނާވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ޕީސީއާރު ޕޮޒިޓިވް ކަމަށް އެބަ ދައްކާ ހަތަރު ފަސް ހަތަރު ހަފުތާ ފަހުން ވެސް. ފަހުގެ ދިރާސާތަކުން މި ދައްކަނީ އިންފެކްޓިވް މީހެއް ނޫން ކަމަށް. މެއި 27 ގައި ޑަބްލިޔުއެޗްއޯ އިން މި ބުނަނީ 10 ދުވަސް ފަހުން ދޫކޮށްލެވޭނެ ކަމަށް ޓެސްޓް ނުހަދާ ވެސް. މާނައަކީ 10 ދުވަސް ފަހުން ބައްޔެއް ނާރާނެއޭ. ރާއްޖޭގައި މިހާރު މިއޮންނަނީ އަލާމާތްތައް ނެތްތާ 14 ދުވަސް ފަހުން ދޫކޮށްލާ ގޮތަށް" ޑރ.ނަޒްލާ ވިދާޅުވިއެވެ. 

ޓެސްޓު ނުހަދާ ދޫކޮށްލަން ނިންމާފައިވާއިރު އައިޖީއެމްއެޗްގައި ކޮވިޑު-19 އަށް ޓެސްޓު ކުރަން ބޭނުން ކުރާ އެއް މެޝިން ވަނީ މިހާރު ހަލާކުވެފައިކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ބަންގާޅީ
ބަންގާޅީ ދައިތަ ކިޔާ އެކައްޗެއްވެސް ހަމަނުޖެހޭނެ. ތިއީ ސިއްހީ ދާއިރާޔަށްވެސް އޮތް ބޮޑު ހުތުރެއް.