ކޮވިޑު-19 އަށް ޓެސްޓު ކުރަން ބޭނުން ކުރާ މެޝިނުގައި މައްސަލަ ޖެހިފައިވާކަމަށް ސަރުކާރުން އެއްބަސްވެއްޖެ

މަރިޔަމް ލީނާ 6 ޖޫން 2020 22:21
Flowers

ކޮވިޑު-19 އަށް ޓެސްޓު ކުރަން ބޭނުން ކުރާ މެޝިނުގައި މައްސަލަ ޖެހިފައިވާކަމަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މިގޮތުން މަބްރޫކް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗް ލެބޯޓަރީގައި ހުރި އެއް އެކްސްޓްރެކްޝަން މެޝިނުގައި މައްސަލައެއް ޖެހިފައިވާކަމަށެވެ. އަދި އެ މެޝިން މައްސަލަ ޖެހުމާއި ގުޅިގެން އައިޖީއެމްއެޗްގެ ޓެސްޓިން ކެޕޭސިޓީ މިހާރު ހުރީ ގާތްގަނޑަކަށް 400 ގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ މެޝިން ރަނގަޅު ކުރުމަށް ބޭނުންވާ ބައިތައް އޯޑަރު ކުރުމުގެ މަސައްކަތް މިހާރު އައިޖީއެމްއެޗް އިން ކުރަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި މެޝިން ހަލާކުވި ހަބަރު މީސްމީޑިއާގައި ފެތުރެމުންދާތާ 3 ދުވަސް ވެފަވާއިރު ސަރުކާރުން އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ. އަދި ފާއިތުވި 4 ވަރަކަށް ދުވަހު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދުވެސް ވަނީ ވަރަށް މަދުވެފައެވެ. ގިނަ ބަޔަކު އޭރުވެސް ދިޔައީ ޕޮޒިޓިވް ވި މީހުންގެ އަދަދު މަދުވީ ޓެސްޓު ކުރެވޭ މިންވަރު މަދުވީމައިތޯ ސުވާލު އުފައްދަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު