"ނަޝީދު ދައްކާ ވާހަކައަކަށް ފަރުވާލެއް ނެތް، އިމްރާން ވަކިނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ"

އިބްރާހިމް އާދަމް 6 ޖޫން 2020 20:30
Flowers
އިމްރާން އަދި ރައީސް ސޯލިހް

އަދާލަތު ޕާޓީއަށް ފާޑު ވިދާޅުވެ ރައްޔިތުންގެ މަޖިލީހު ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަށް ފަރުވާލެއް ނެތްކަމަށް އަދާލަތު ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނަން ހާމަ ނުކުރެއްވުމަށް ޝަރުތުކޮށް "ދިޔަރެސް" އާއި ވާހަކަދެއްކި އަދާލަތު ޕާޓީގެ އިސް ފަރާތަކުން ވިދާޅުވިގޮތުގައި ރައީސް ނަޝީދު މިހާރު ދައްކަވާ ވާހަކަތަކަށް އެ ޕާޓީއިން މާބޮޑު ސަމާލުކަމެއް ނުދޭކަމަށެވެ. އަދި ހޯމް މިނިސްޓާރު އިމްރާންއަށް ރައީސް ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު އިންޒާރު ދެއްވި ނަމަވެސް، އިމްރާން މަޤާމުން ވަކިނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވާފައި ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ، ޝެއިހްއަކީ (އިމްރާން) މި ސަރުކާރުގެ މައި އެއް ތަނބު. ރައީސް ވެސް ދެކިވަޑައިގަންނަވަނީ އެގޮތަށް. އެހެން ކަމުން މަޤާމުން ވަކިކޮށްފާނެ ކަމުގެ ބިރެއް ނެތް" އެބޭފުޅާ ވިދާޅުވިއެވެ. 

މީގެ އިތުރުން އެ ބޭފުޅާ ވިދާޅުވީ، އެ ޕާޓީން ރިޔާސީ އިންތިހާބުގައި އެއްބަސްވީ ރައީސް ސޯލިހާއި އެކު މަސައްކަތް ކުރުމަށާއި އެކަމުގެ މަތީގައި ދެމި ތިބޭނެ ކަމަށްވިދާޅުވެފައެވެ. 

"ރައީސް ނަޝީދު މަންޒަރަށް ވަޑައިގަތީ މާފަހުން ނޫންތޯ؟ އަޅުގަނޑުމެން އެއްބަސް ވެފައިވާނީ ރައީސް ސޯލިހާއި އެކު މަސައްކަތް ކުރެއްވުމަށް. އެގޮތުގައި ކުރައަށް މިދަނީ" 

އެމްޑީޕީގެ ފާޑުކިޔުން އިމްރާން އަށް އަމާޒުވީ މަޖިލީހުގައި ހިންގި ހަމަނުޖެހުމުގެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވުމުންނެވެ. އޭގެ ފަހުން ކުރިން ޖެންޑާ މިނިސްޓަރު ކަމުގަިއ ހުންނެވި ޝިދާތާ ޝަރީފުވެސް ވަނީ އެމްޑީޕީއަށް ފާޑުކިޔާ ޓުވީޓު ކުރައްވާފައެވެ. އަދި އެމްޑީޕީއަށް އަދާލަތު ޕާޓީ ފެންނަނީ އިންތިހާބުތައް ޖެހުމުންކަމަށް ވިދާޅުވިއެވެ.

އެކަމާއި ކޯފާ އިސްވެރި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޯލިޝަނުގައި އޮންނަން ބޭނުން ކަމުގައިވާނަމަ އެ ޕާޓީގެ ޗެއަރޕާސަން ދައްކަވާ ވާހަކަތަކަށް އަދާލަތު ޕާޓީން އަޑު އަހަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އަދާލަތު ޕާޓީއަށް މެމްބަރުން ހޯދުމަށް އެމަނިކުފާނު އަމިއްލައަށްވެސް ފޯމު ފުރާދީފައި ހުންނާނެކަމަށް ނަޝީދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
މަލަސް
އިތުބާރުނެތްކަމުގެ ވޯޓް ނެގީމަ ވަކިކުރަންޖެހޭނީ
ބުއްޅަބޭ
ތީ އަހަރުމެން މިދައްކާވާހަކަ، ސަރުކާރު ހިންގަނީ ބޮޑުވަޒީރުގެ މަޖިލީހުން ، ވޯޓަށްނަގާފަ ބޭރުކޮށްފާނެ!
ކިނބޫ
އިބްރާހިމްބެ ވެއްޓިދާނެތީ ގަންނާކުރައްވާ ބިރުން ކަމަރު ބާރު ކޮށްގެން އެހުންނަނީ.
ޏ
މަޖްލިހުގަ ހިގާދިއަ ކަންކަން ބަލަން ރައިސުގެ އެއްބާރުލުން ޟޭހުއިމްރާނަށް ދީ ހިތްވަރުދެވޭނަމަ ރައިސްގެއިހްލާސްތެރިކަމެއްހުރީ އީވާމެންނަކީ ރައިސްގެ ތިމާގެމީހުން އަޑުގަދަކުރަމުން ރައްޔިތުންމަޖްލިހަށް ވެއްދި މެންބަރުން ނެރެންއީވާއަށް ގޮވުނު ގޮތެއް މަޖްލިހުގެ މެންބަރެއްގަ ކޮޅުފައިން ޖެހުނު ގޮތެއް ތަހްގީގު ކުރެވެންޖެހޭނެ ކޮއްޕާގަޅުވަމުން އެތައްބަޔަކު އެންމެ އެއްޕީއަކަށް ދިމާކޮއްލެވުނު ގޮތެއް ތަހްގީގު ކުރެވެންޖެހޭނެ ރައިސްގެ ތިމާގެމިހަކަށް އީވާވީތީ ރައިސްގެ ޕާޓީ މީހުނަށްވީތީ ރައިސަށް ތިކަމުގަ އެއްބާރުމެއް ނުދޭނެ މަގާމުން ވަކި ނުކުރިއަސް . މަސްވެރިންގެ ދަރިންނަށް ވެފަ ރިސޯޓް ގެ އޯނަރ އިންގެ ދަރިންނަށް ވިއަސް ރައްޔިތުންވެއްދި އެމްޕީނަށް މެޖޯރިޓީ އޮތީތީ ބާރެއް ނުދެއްކޭނެ .. ރުއްގިނަ ވެގެން ތިބައެއްގެ އަޑު ގަދަވިއަސް . ތިމައްސަލަ ތަހްގީގު ކުރެވެންޖެހޭނެ .
ާަަަވީޑިއޯބެލިމީހާ
މަޖިލީސްމެމްބަރުޙުސެއިންއިވާގައިގައަތްދިއްކޮއްހިފީކީއްކުރަންތޯހުސައިންކައިރީގައިއަހާބަލަ
ދޮންހަސަނު
މިހާރު މިވާގޮތުން އަޅުގަނޑު އޮޅިއްޖެ
އަހުމަދު އަޝްރަފް
ތިކަމެއް ތިގޮތަށްވާނެ ކަމަކަށް ނުބެލެވޭ، އަންނިއާ އިބޫއާ އެއީ އެކަށްޗެއް އަދާލަތު އިސްވެރިންނަށް އަދިވެސް ނޭނގޭތޯ އިބޫއަކީ އެހާ މަކަރުވެރި ބޭފުޅެއްކަން
ތަރަބެ
މަޖިލީހުން ވަޒީރުން ވަކިކުރެވޭކަން ތިޔަ ބުނާ މީހަކަށް ނޭނގޭތަ؟
ފާރިހަތު ޖަލީލް
ޝެއިޚަކީ ކެމްޕެއިނެއްގަ މަސައްކަތް ކުރަން ރަގަޅު މީހެއް. ޢެކަމަކު ޕަބްލިކް ބަލައިނުގަނޭ. އަދާލަތަކީ ވޯޓުން ބަލާއިރު އެހާ ސްޓްރޯންގް ބައެއް ނޫން.