މިނިސްޓަރު އިމްރާންއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް!

އިބްރާހިމް އާދަމް 5 ޖޫން 2020 23:45
Flowers
މިނިސްޓަރު އިމްރާން އަދި ރައީސް ސޯލިހް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

މިގޮތުން މުސްތަފާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، ދީނީ ގޮތުން ހައްދުފަހަނައެޅި 1400 މީހުން ލާނެ ޖަލެއް ހެދުމަކީ ސިއްރެކޭ ކިޔާފައި، މާފުއްޓާއި ތިލަފުށީގައި ޖަލެއް އަޅަން ބެޗް ކޮންސްޓްރަކްޝަން އާއި ވަނީ ހަވާލުކުރެވިފައި ކަމަށާއި، އެއަށް ފަހު މިނިސްޓަރު އިމްރާން ހުޅުމާލޭގެ ބީޓެކް އިން އެޕާޓްމެންޓް އެއް ބައްލަވައިގެންފައިވާ ކަމަށެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލު އެޅުމަށް ބެޗް ކޮންސްޓްރަކްޝަން އާއި ހަވާލު ކުރެވުނީ ބިޑު ކުރުމަކާއި ނުލައެވެ. އަދި އޭގެ އެއްވެސް މައުލޫމާތެއް ހޯމް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.މީގެ އިތުރުން މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވަނީ، ކޮރަޕްޝަން މުޅި ޤައުމަށް އާންމުވެ ދައުލަތުގެ ވަޒީރުން 10، 12 މިލިއަން އަށް ޕެންޓް ހައުސް ތަކާ ރިސޯޓުތަކާ ސަފާރީތައް ގަންނަމުން ދާއިރު ރައީސް ސޯލިހް ވެރިކަމުގެ ތަހުތުގައި ވެޑުވިފައި އިންނަވަނީ މި ކަންކަން ކުރާކަން ނޭނގިގެން ނޫން ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ގިނަ ވަޒީރުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ނަމަވެސް އޭގެ އެއްވެސް މައްސަލައެއް އަދި މިހާތަނަށް ބެލިފައި ނުވާކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ދދދދދ
އެވެސް ވަގެއް؟ ރައީސް ޔާމީން ތަފާތީ އެހެންވެ. ކޮންމެ މީހަކަސް މައްސަލަ ބަލަން ފަހަކަށް ނުޖެހޭ. ތަފާތެއްނު ދޯ؟
ހުކުމް
ޔާމީނަކީވެސް ވަގެއް އެވަގު ހީކުރީ އެހެންމީހުން ޖަލައް ލާފަތިމާއައް ގޭގަ އޮވެވޭނެ ކަމައް😅