ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕުކުރުމާ ގުޅިގެން މުނައްވަރު ކަންބޮޑުވުން ފާޅުކުރައްވައިފި

ޙުސައިން އަފްޝަން 5 ޖޫން 2020 15:41
Flowers
ކުރީގެ މާލީ ވަޒީރު އަޙްމަދު މުނައްވަރު

ފާއިތުވި އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން 800 މިލިއަން ރުފިޔާ ޕްރިންޓުކޮށް އިޤުތިޞާދަށް ނެރެފައިވުމަކީ މުސްތަޤުބަލާމެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ކުރީގެ މާލީވަޒީރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. 

މާލީ ވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން އެމްއެމްއޭގައިވެސް ގިނަ ދުވަސްތަކެއްގައި މަސައްކަތްކުރެއްވި މުނައްވަރު މިފަދައިން ވިދާޅުވީ ފޭސްބުކުގައި އޭނާ ލިޔުއްވި ސްޓޭޓަސްއެއްގައެވެ. މުނައްވަރު ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ސަރުކާރުން ފާއިތުވި އޭޕްރީލު މަހުގެ ތެރޭގައި 800 މިލިއަން ރުފިޔާ ޕުރިންޓުކޮށްފައިވެއެވެ. ޕުރިންޓުކުރުން ކަމުގައި އެވިދާޅުވަނީ އެމްއެމްއޭއިން ސަރުކާރަށް 800 މިލިއަން ރުފިޔާ ނަގައި އިޤުތިޞާދަށް ނެރުމަށް އިޝާރާތްކުރައްވައެވެ. 

މުނައްވަރު އިތުރަށް ވިދާޅުވީ 800 މިލިއަން ރުފިޔާ ސަރުކާރުން ނެގީ މުވައްޒަފުންގެ މުސާރަތައް ދިނުމަށް ކަމުގައި ލަފާކުރެއްވޭ ކަމުގައެވެ. އަދި މިގޮތަށް ފައިސާ ނެރެފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފާއިތުވި މާޗު މަހުގައި 21 އިންސައްތަ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ކަންވެސް މުނައްވަރު ފާހަގަކުރެއްވިއެވެ. 

އަދި އިޤުތިޞާދުގައި ދައުރުކުރާ ދިވެހި ފައިސާގެ ޢަދަދު 4.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަން މުނައްވަރު ފާހަގަކުރެއްވިއެވެ. އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު 12% އިތުރު ޢަދަދެއް ކަމުގައިވެސް މުނައްވަރު ފާހަގަކުރެއްވިއެވެ. އޭގެ އިތުރަށް މުނައްވަރު ވިދާޅުވީ އިޤުތިޞާދަށް ބޭރު ފައިސާ ވަންނަ ކަމުގައިވާނަމަ ދިވެހި ފައިސާ ދައުރުކުރާ މިންވަރު އިތުރުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މިހާރު ބޭރު ފައިސާ ވަންނަ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު، 3% މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ހަމައެހެންމެ ފަސޭހަކަމާއެކު ނަޤުދު ފައިސާއަށް ބަދަލުކުރެވޭ ގޮތަށް ހުރި ހަރުމުދަލާއި ތަކެތިވެސް ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް މަދުވެފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނައީ ގިނަ ދުވަހުން ރައްކާކޮށްފައިހުރި ފައިސާ ކަމުގައިވެސް މުނައްވަރު ފާހަގަކުރެއްވިއެވެ. 

އިޤުތިޞާދު އަލުން ފަށައިގަތުން އަވަސް ނުކުރެވުނުނަމަ، އަދި ދައުލަތުގެ ޚަރަދުތައް އަލުން ތަރުތީބުނުކުރެވިއްޖެނަމަ ކުރިއަށް އޮތީ ވަރަށް ކަންބޮޑުވާންޖެހޭ ދުވަސްތަކެއް ކަމުގައިވެސް ކުރީގެ މާލީ ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
ކިނބޫ
މުނައްވަރު ދަންނަވަންތޯ އެތާ އެހެރީ ހުރިގޮތަށް ހުރި އާވާރާއެއް. އޭނަ ގާތު އަޅުގަނޑު މި ބުނަނީ ރާޓީވީއަށް އަރާ އަނގަ ގަޅނ ދާށޭ ކަލޭފަކީރަށް ވާވަރުގެ ކަމެއް އެނޫނީ ނެތޭ ތިމާގެ ވަރުން އުޅެން އުޅޭށޭ. ކައި ހުސްވީމަވެސް ދާން ނޭނގި ޗާޕު ޖަހައިގެންވެސް ކެވޭތޯ އެބަލަނީ. ބަންނަހާ ބޯޓުތަކާ ގަންނަހާ ބިންތަކާ ހުޅުވާހާ ގެސްޓްހައުސްތައް ދެކިބަލަ ވަގުކަލޭގެ.
ނކއ
މިވެރިކައް ވެއްޓޭނެ މިރިޔާވެސް ގުޑުވާލާފިޔާ އެވަރަށް ބަލިކަށިވެއްޖެ މިހާރު