އެސްޓީއޯގެ ކާގޯ ބޯޓުގެ އޮޕަރޭޝަންސް އިން އެތައް މިލިއަން ރުފިޔާގެ ގެއްލުން!

އިބްރާހިމް އާދަމް 4 ޖޫން 2020 23:38
Flowers
އެސްޓީއޯ އިން ގެނައި އެމްވީ އައިބީރިއަން އެކްސްޕްރެސްގެ

މިދިޔަ އޭޕްރިލް މަހުގެ 5 ވަނަ ދުވަހު ރާއްޖެއަށް ގެނައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުޏި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އެސްޓީއޯ އަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވަމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެމްވީ އައިބީރިއަން އެކްސްޕްރެސްގެ ނަމުން ނަން ދީފައިވާ މިބޯޓަކީ އެމްއެސްއެސް އިން 1 އަހަރު ދުވަހަށް ނޯވޭ އިން ކުއްޔަށް ހޯދާފައިވާ ބޯޓެކެވެ. މިހާތަނަށް މި ބޯޓު ލަންކާ އާއި ރާއްޖެއާއި ދެމެދު 5 ވަރަކަށް ދަތުރުކޮށްފައިވާއިރު ކޮންމެ ފަހަރުކުވެސް ބޯޓު އަންނަނީ ގާތް ގަނޑަކަށް ހުހަށެވެ. އެއް ފަހަރާ 20 ފޫޓުގެ 700 ކޮންޓެއިނަރުގެ އުފުލޭ ޖާގައިގެ މި ބޯޓުން އެވަރެޖްކޮށް މިހާތަނަށް  ކޮންމެ ދަތުރެއްގައި ގެންނަނީ 53 ކޮންޓެއިނަރުކަމަށް މައުލޫމާތު ލިބެއެވެ. 

އެންމެ ފަހުން މި ބޯޓު ރާއްޖެއަށް ބަނދަރުކުރިއިރުވެސް ބޯޓުގައި ހުރީ ވަރަށް މަދު އަދަދެއްގެ ކޮންޓެއިނަރެވެ.

މިހާ މަދުން މި ބޯޓުން މުދާ އުފުލަމުން ދާތީ، ދަތުރު ހަރަދުވެސް ކަވަރު ނުވާކަމަށް، ނަން ހާމަނުކުރަން ޝަރުތުކޮށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވިއެވެ. 

މި ބޯޓަށް ގެއްލުން ވަމުން ދިޔަނަމަވެސް އަދިވެސް އިތުރު ބޯޓުތައް މިއަހަރު ތެރޭގައި ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް މީގެ ކުރިން އެސްޓީއޯއިން ހާމަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޢެކޮއި
ކިތައްމެވަރަކައް ގެއްލުންވިއަސް ވިއަފާރިކުރަމުން އެބަގެންދަވައެވެ އެސްޓިއޯއަކީ ސަރުކާރު
ތަރިކަ
އެސްޓީއޯއަކީ އެތަނުގެ ވެރިން މުއްސަނދިކަން ހޯދާ ވިޔަފާރި ފުޅާކުރަން އޮންނަ ޓޫލްއެއް. އެންމެފަހުން ތިޔައެސްޓީއޯ ދަވާލައިގެން މުއްސަނދިވީ އާދަމް އާޒިމް. އާރުސީއެންސީގެ ސައިޓުތަކަށް ކޮންސްޓްރަކްޝަން ސައިޓުތަކަށް ތަކެތި ގެންގޮސް އޮއްސާލީކިހިނެއްކަން އެންމެ ރަނގަޅަށް އެނގޭނެ ރަމްޒީ ފަހަތުލައިގެން ކޮންމެ ކުންފުންޏަކަށް ދާއިރު ދާންޖެހެނީ އެހެންވެ ކަމުގައިވެސް ވެދާނެ.
ނާސިރު
ކޮންމެ ސަރުކާރެއް ކުރިއަސް މިއީ ކޮންމެހެންވެސް ކުރިއަރުވަން ޖެހޭ ސިނާއަތެއް. އުންމީދަކީ ޕީޕީއެމް ގެ ސަރުކާރެއްގައި މިކަން މިއަށްވުރެން ހަރުދަނާ ކޮށް ކޮށްދިނުން.
ވަހީދު
ވިޔަފާރީގެ ވަރަށް މުހިއްމު އެއްޗެއް މާކެޓަކީ. 50 ކޮންޓައިނަރ ދަތުރަކަށް ލިބޭ ތަނެއްގައި ދުއްވަން 700 ކޮންޓައިރުގެ ބޯޓެއް ގެނައިމަ ލިބޭ ގެއްލުމުގެ ވާހަކަ މިއޮތީ ޚަބަރުގައި. ޕީޕީއެމް އެމްޑީޕީގެ ވާހަކައެއް ނޫން.
ސަންޕާޅޯ
ސަރުކާރު ހިންގަން ތިބީ ޕާޓޭމެންނާއި އެކު އުޅުނު ކުދިން ކޮޅެއް. އެމީހުންނަކަށް ތިކަން ކުރަން ނޭނގޭނެ.
ވިޔަފާރިވެރިޔެއް
މިއީ ހަބަރެއްވެސް ނޫން އެކަމަކު 2 ނޫހަކު ހަމަ މިވާހަކަ ލިިިޔެފި. ބުނަން މި އުޅެނީ ސަރުކާރުން ބޯޓު ދުއްވިޔަކަ ނުދޭނެޔޭ. ތިޔަ މަސައްކަތް ހުއްޓުވާނެޔޭ ބަޔަކު. އެޓް އެނީ ކޮސްޓް. ހިތްވަރު ކޮށްލަދެއްވާށޭ ސަރުކާރުން މަސައްކަތް ކުރިޔަށް ގެންގޮސްދެއްވާށޭ
ނުރަބޯ
ތިޔަހުންނަނީ ކޮރަޕްޓް ސަރުކާރެއްގައި ކުރެވޭނެ ކަން ކަމެއް ނޫން.....!!